Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ.ދޮންފަނު

ދޮންފަނު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާ ކުރަނީ

ދޮންފަނު ރައްޔިތުން ބިން ހިއްކުން ކުރިޔަށް ގެންގޮސް ދިނުމަށް އެދި ކަނޑުމަތީ މުޒާހަރާ ކުރަން ވަނީ ފަށާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 13:52
ބ. ދޮންފަނު ރައްޔިތުން ކަނޑުމަތީގައި ކުރާ މުޒާހަރާގެ ތެރެއިން: މި މުޒާހަރާތައް ސިލްސިލާކޮށް ކުރިޔަށް ގެންދާނޭ ކަމަށް އެ ރަށުގެ ރައްޔިތުން ބުނޭ

ބ. ދޮންފަނު ރައްޔިތުން ކަނޑުމަތީގައި ކުރާ މުޒާހަރާގެ ތެރެއިން: މި މުޒާހަރާތައް ސިލްސިލާކޮށް ކުރިޔަށް ގެންދާނޭ ކަމަށް އެ ރަށުގެ ރައްޔިތުން ބުނޭ

ބ. ދޮންފަނުގެ ބިން ހިއްކުމަށް ރައްޔިތުން ބޭނުންވާކަންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އަންގަން، އެ ރަށު ރައްޔިތުން ހުކުރު ދުވަހު ކަނޑުމަތީ މުޒާހަރާކުރަން ފަށައިފި އެވެ.

ދޮންފަނު ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ފަހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ރަށް ނުހިއްކަން ނިންމަވައިފައެވެ. މުއިއްޒު މި ގޮތައް ނިންމެވީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ގެންދަނިކޮށްނެވެ.

Advertisement - newsAdvertisement

ބިން ހިއްކުން ކުރިއަށް ނުގެންދާ ގޮތައް ނިންމެވީ ދޮންފަނު ރައްޔިތުން އެދިގެން ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ދޮންފަނު ކައުންސިލުން ވަނީ ބުނެފައެވެ.

އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެ ރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ، ސަރުކާރުގެ ނިންމުން ބަދަލު ކުރަންދެން އެ ރަށު ރައްޔިތުން ސުލްހަވެރި އިހުތިޖާޖުތައް ކަނޑުމަތީ ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން، އެ މުޒާހަރާ ކުރިއަށް ގެންދަނީ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކަމަށް އިރުޝާދު ވިދާޅުވި އެވެ.

އެ ރަށުގެ ރައްޔިތުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ވެސް މުޒާހަރާކޮށްފަ އެވެ. އެ ދުވަހު ވެސް މުޒާހަރާގެ ބައިވެރިން އެއް އަޑަކުން ގޮވާލަމުން ގެންދިޔައީ ރައީސް މުއިއްޒުގެ އެ ނިންމުން ބަދަލުކުރައްވައި، ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައިދެއްވައި ބިންހިއްކުން އަވަސް ކުރުމަށެވެ.

ކައުންސިލްގެ ރައީސް އިރުޝާދު ވިދާޅުވީ، ބ. އަތޮޅުގެ އެއްވެސް ތަނަކަށް ގެއްލުމެއް ދިނުމަށް ދޮންފަނުގެ އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ކަމަށެވެ.

އެ ކައުންސިލުން މިހާރު ވަނީ ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި މުޒާހަރާކުރާ ވަގުތުތަކުގައި ފީނުމާއި ޑައިވްކުރުން މަނާކޮށްފައެވެ.

ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ބ.ދޮންފަނުރައީސް މުހައްމަދު މުއިއްޒުހަނިފަރުއަހުމަދު އިރުޝާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު