Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: އިންޓެލް ރިޕޯޓުތައް އެއްވެސް ގޮތަކަށް ބޭރުވެއްޖެނަމަ، ފިޔަވަޅު އަޅާނެ

10 މެއި ގެ އޮފީސް ބަންދުވުމުގެ ކުރިން ދިފާއީ ހެއްކާއި ހުށައެޅުންތައް ހުށައެޅުމަށް ދެންނެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2022 | އަންގާރަ 08:32
119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ނިމިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ މިހާރުވެސް ތަޙުޤީޤު ކުރިއަށްދާ ބޮޑު މައްސަލައެކެވެ.

Advertisement - newsAdvertisement

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުވާލިބޭ ފަރާތްތަކުގެ ވަކީލު ވަނީ ދިފާއީ ހެކި ހުށައެޅުމާއި، ހުށައެޅުންތަކަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިލައްވާފައެވެ. މިކަމާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ ދައުލަތާއި ދިފާއުގެ ފަރާތުން ދެކޭ ގޮތް އޮޅުންފިލުއްވާފައެވެ.

ދައުލަތުން ބުނި ގޮތުގައި މި މައްސަލައިގައި މިހާރު ދިފާއި ބިނާ ކުރެވޭ މިންވަރަށް، އެކަށީގެންވާ ވަގުތު ފޯރުކޮށްދެވިފައިވެއެވެ. އަދި ހެކިބަސް ނެގުމުގެ މަރުޙަލާ ލަސްވުމަކީ ހެކިބަސް ދޭން ތިބި ފަރާތްތައް ޙާދިސާ ހަނދާން ނެތުމާއި. އޮޅުން އެރުން ފަދަ ކަންކަން ދިމާވެ، ހެކިބަސް ނެގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެކަމާއި ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، ހެކިބަސް ނެގުން ލަސްވެގެން ދިއުމަކީ ދިފާއުގެ މަސްލަޙަތަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެގޮތުން ދައުވާ ލިބޭ ފަރާތްތައް މިހާރުވެސް ތިބީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށްވުމާއެކު، ދައުވާލިބޭ ފަރާތްތަކާ ބައްދަލުކުރެއްވުމުގައި ދަތިތަކެއް ދިމާވަމުންދާކަން ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބައްލަވާ ގާޒީ ދީބާނާޒްވެސް ވަނީ ބަންދުގައި ތިބި ފަރާތްތަކާ ބައްދަލުކުރުމުގައި ހުރި ދަތިތަކުގެ ވާހަކައަކީ ޝަރީއަތަށްވެސް އައު ވާހަކައެއް ނޫންކަން ފާހަގަކުރައްވައި، ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ލިބެންޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ. ގާޒީ ވަނީ 10 މެއި ގެ އޮފީސް ބަންދުވުމުގެ ކުރިން ދިފާއީ ހެއްކާއި ހުށައެޅުންތައް ހުށައެޅުމަށް ދަންނަވާފައެވެ.

އެއަށްފަހު، މި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލާއި ގުޅޭގޮތުންވެސް ގާޒީ ވަނީ ދެފަރާތާއި މަޝްވަރާ ކުރައްވައި، ތާވަލެއް އެކުލަވާލައްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވިއަޑުއެހުމުގައިތަޙުޤީީޤު ކުރިއަށްދާ ބައެއްގެ ވާހަކަތައް ހިމެނޭ އިންޓެލް ރިޕޯޓުތަކާއި ގުޅޭ ދިގު ބަހުސެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ދުވަހު ނިންމާފައިވަނީ އިންޓެލިޖެންސް ރިޕޯޓުތަކުގައި ހިމެނޭ ސިއްރު ކުރަންޖެހޭ މައުލޫމާތު ސިއްރު ކުރުމަށްފަހު ދިފާއަށް ރިޕޯޓު ދޫކުރުމާއި، ދިފާއުން މުޅި ރިޕޯޓު ބަލަން ބޭނުންވާނަމަ، ދައުލަތުން އެދިފައިވާ ގޮތަށް ކޯޓަށް އައިސް ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބެލޭނެ ގޮތް ހެދުމަށެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ދީބާނާޒް ވަނީ އެގޮތުގެ މަތިން ދިފާއަށް ރިޕޯޓު ދޫކުރި ނަމަވެސް، ދައުލަތުގެ ޝަރުތުތަކަށް ބޯލެނބުމަށް ހަނދުމަ ކޮށްދެއްވާފައެވެ. އެ ރިޕޯޓުތައް އެއްވެސް ގޮތަކަށް ބޭރުވެއްޖެނަމަ، ފިޔަވަޅު އަޅުއްވާނެކަންވެސް ގާޒީ ދީބާނާޒް ފާހަގަ ކުރެއްވިއެވެ.

ގާޒީ ވަނީ ދައުވާލިބޭ ފަރާތްތަކުގެ ވަކީލުންނާއި ދައުވާލިބޭ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް ދަންނަވާފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު