Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުންނަށް ޕްރޮމޯޝަން ނުދޭ މައްސަލަ

ޓީޗަރުންނަށް ޕްރޮމޯޝަން ނުދޭ މައްސަލައިގައި ކޯޓަށް

ކޮވިޑް-19އާއެކު ދިނުން މަޑުޖައްސާލި ޕްރޮމޯޝަންތައް އަދި ދޭން ފަށާފައެއް ނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އެޕްރީލު 2022 | އާދީއްތަ 09:29
ސްކޫލްތައް ހުޅުވުން

ސްކޫލްތައް ހުޅުވުން

ސިވިލް ސަރވިސްގައި މަސައްކަތްކުރާ ޓީޗަރުންނަށް ހައްގުވާ އެކި ޕްރޮމޯޝަންތަކާއި ހައްގުވާ މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ކޯޓަށް ދާން ނިންމައިފިއެވެ.

ކޮވިޑް-19ގެ ހާލަތަށްފަހު ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޕްރޮމޯޝަން ފަދަ އެކި ކުރިއެރުންތައް ދިނުން މަޑުޖައްސާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޓީޗަރސް އެސޯސިއޭޝަނުން ބުނީ ކޮވިޑް-19 އާއެކު މުވައްޒަފުންނަށް ކުރިއެރުންތައް ދިނުން މަޑުޖައްސާލި ނަމަވެސް ސަރުކާރުގެ އެހެން އިދާރާތަކަށް މި ޕްރޮމޯޝަންތައް ދޭން ފަށާފައިވާކަމަށެވެ.

ޕްރޮމޯޝަން ނުލިބުމުގެ ޝަކުވާ ގިނަ ޓީޗަރުން ކުރަމުން އަންނަކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ. އެހެންކަމުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ އެހީތެރިކަމާއެކު މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ޓީޗަރސް އެސޯސިއޭޝަނުން ބުނީ މި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ، ސިވިލް ސަރވިސް ކޮމިޝަން އަދި ޕޭ ކޮމިޝަނާވެސް ބައްދަލުކޮށްފައިވާކަމަށެވެ. އަދި ޓީޗަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާކަމަށާއި، ހައްލެއް ނުލިބޭނަމަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ހުށަހެޅުމަށް ޕަރމަނަންޓް ސެކެޓްރީ ވިދާޅުވި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ މި މައްސަލައިގައި އެއްވެސް ފަރާތަކުން ރަސްމީކޮށް ކޯޓަށް ދާން އުޅޭ ކަމެއް އެޑިއުކޭޝަން މިނިސްޓްރީއަށް އެނގިފައިނުވާކަމަށެވެ.

ކޮވިޑާއި ގުޅިގެން މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލާފައިވާކަން ފާހަގަކުރައްވައި އަހުމަދު އަލީ ވިދާޅުވީ އަލުން މި ކުރިއެރުންތައް ދިނުމުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާކަމަށެވެ. އަދި ޓީޗަރުންގެ ފަރާތުން މިކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ލިބެމުންދާކަމަށާއި، މިފަދައިން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތްކުރައްވާކަމަށެވެ.

ކޯޓަށް ގޮސްގެން މި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މިކަން އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހައްލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުފުޅުކުރައްވާކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ އަހްމަދު އަލީ ވިދާޅުވިއެވެ.

ޓީޗަރުންމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި

18 ޑިސެމްބަރު 2025
އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި
01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު