Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރުގެ މައްސަލަ

ޔާމީން ރަޝީދުގެ މަރު: ޝިފާޒާއި ޒިޔާދުގެ ބައި އިސްތިއުނާފު ކުރާ މިންވަރަށް ހެއްކެއް ނެތް

އިސްތިއުނާފު ކުރީ މުޙައްމަދު ދިފްރާންއާއި, އިސްމާޢީލް ރަޝީދުގެ ބައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އެޕްރީލު 2022 | އާދީއްތަ 06:28
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހައިޝަމްއާއި ޒިހާންގެ މައްޗަށް އެކަނި

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހައިޝަމްއާއި ޒިހާންގެ މައްޗަށް އެކަނި

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި 2 މީހެއްގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމި މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިސްނަމުންދާކަމަށް ހާމަކޮށްފައިވަނީ 20 ޖެނުއަރީ 2022 ގައެވެ.

މި މައްސަލައިގައިޙުކުމްކޮށް ނިންމާފައިވަނީ ދައުވާ ލިބޭ އިސްމާއިލް ހައިޝަމާއި އަހުމަދު ޒިހާންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި، ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށެވެ. އެގޮތުން ކުށް ސާބިތުނުވާކަމަށް ނިންމާފައިވަނީ މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ މައްޗަށެވެ.

މިކަމާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ޕީޖީ އޮފީހުން އާދިއްތަ ދުވަހު ބުނީ، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ގދ. ގައްދޫ, ސިންދުބާދުގެ, މުޙައްމަދު ދިފްރާންއާއި, ކ. މާލެ, މ. ޠާއިފް, އިސްމާޢީލް ރަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި, ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ނިންމި 4 މީހުންގެ ތެެރޭގައި ހިމެނޭ ހުސައިން ޒިޔާދުއާއި، ޙަސަން ޝިފާޒުގެ ބައި އިސްތިއުނާފު ކުރާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.

އާންމު މަޞްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ، މި ބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ދެކޭކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް ދާނެ ކަމުގެ ޔަޤީންކަންވެސް އެ އޮފީހުން ވަނީ ދީފައެވެ.

މި މައްސަލައިގައި ކުށް ސާބިތުވި މީހުންނަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއްވަނީ އިއްވާފައެވެ. ނަމަވެސް އެ މީހުން 4 އަހަރާއި 8 މަހާއި 11 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު 25 އަހަރުން ކެނޑުމުން އެމީހުން ތަންފީޒު ކުރަންޖެހޭ ޖަލު ޙުކުމުގެ އަދަބަކީ 20 އަހަރާއި، 3 މަހާއި 19 ދުވަސްކަމަށް ވަނީ ޙުކުމްކުރައްވާފައެވެ.

ޔާމީންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު