Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަވައްޓެރި ފުލުހުންގެ ޚިދުމަތް

ކުށް މަދު އަމާން މުޖުތަމައަކަށް އަވައްޓެރި ފުލުހުން

17 އެޕްރީލު 2022 | އާދީއްތަ 06:41

އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ މުޖުތަމައު އަމާން ތަނަކަށް ހެދުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އެޕްރީލު 2022 | އާދީއްތަ 06:41
ފުލުހުން ޚިދުމަތުގައި

ފުލުހުން ޚިދުމަތުގައި

ކޮންމެ ތަނެއްގައިވެސް ކުށް ކުރާ މަދު ބަޔަކު ނަމަވެސް އުޅެއެވެ. އެހެންނަމަވެސް އެތަނަކީ ކުށް މަދު ތަނަކަށް ހެދުމަށް އެކި މުއައްސަސާތައް ގުޅިގެން އެތައް މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދެއެވެ. މި މަސައްކަތުގެ ބޮޑު ރޯލެއް ފުލުހުން އަދާކުރަމުންދާއިރު، ފުލުހުން ކުރާ މަސައްކަތުން މުޖުތަމައުގައި ކުށް ކުރުން ކޮންމެވެސް ވަރަކަށް މަދުކުރެވެއެވެ. ކުށް ކުރާ މީހުން އަތުލައިގަނެ އެމީހުންނަށް ދޭންޖެހޭ އަދަބު ދެއެވެ. އެހެންނަމަވެސް މި މުޖުތަމައަކީ ކުށް މަދު ތަނަކަށް ހެދުމަށް އަދިވެސް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

މި މުޖުތަމައަކީ ކުށް މަދު އަމާން ތަނަކަށް ހެދުމަށް ހަމައެކަނި ފުލުހުން ކުރާ މަސައްކަތަކުން މިކަމަށް ކާމިޔާބެއް ނުލިބޭނެއެވެ. މި މަސައްކަތަކީ ކާމިޔާބު މަސައްކަތަކަށް ހަދައި، މި މުޖުތަމައަކީ ކުށް މަދު ތަނަކަށް ހެދުމަށް ފުލުހުންނާއި އަދިވެސް މިނޫން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. އަދި މިހާރު ފުލުހުންގެ ޚިދުމަތުން ފަށާފައިވާ އަވައްޓެރި ފުލުހުންގެ މަސައްކަތަކީ ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ މައިގަނޑު 4 އަސާސެއްގެ މައްޗަށް ބިނާވެގެންވާ ޚިދުމަތެކެވެ. އެ އަސާސްތަކުގެ ތެރެއިން "އިތުބާރު" މިއީ ވަރަށް މުހިންމު އަސާސެއް ކަމުގައި ފުލުހުން ފާހަގަކުރެއެވެ. މިގޮތުން ފުލުހުންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އޮންނަން ޖެހެއެވެ. ރައްޔިތުން ފުލުހުންނާއި ހިއްސާކުރާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކަކަށްވެ، އެއީ ސިއްރު ހިފެހެއްޓިފައިވާ މައުލޫމާތުތަކަކަށް ވާންޖެހެއެވެ. އަދި ފުލުހުންވެސް ރައްޔިތުންނަށް އިތުބާރުކުރަން ޖެހެއެވެ.

ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަކީ މިއަދު ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެކެވެ. އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން މިކަމަށްވެސް ވަރަށް ޚާއްސަ އިސްކަމެއް ދެވިގެންދެއެވެ. މިގޮތުން އަވައްޓެރި ފުލުހުންގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ "އިޚުތިރާމް" މި ބައިން، ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް އިތުރަށް މަސައްކަތްތައް ކުރެވެއެވެ. އަދި ފުލުހުންނަކީ ރައްޔިތުންނަށް އިޚުތިރާމުކުރާ ބަޔަކަށްވެ، ރައްޔިތުންނަކީ ފުލުހުންނަށް އިޚުތިރާމު ކުރާ ބަޔަކަށް ވާންޖެހެއެވެ.

ބަޔަކު އެކުވެގެން ކުރާ މަސައްކަތެއް ގިނަ ފަހަރު ކާމިޔާބުވުމުގެ ފުރުސަރު ވަރަށް ބޮޑެވެ. ހަމަ މިގޮތަށް މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން މިކަން ކާމިޔާބުކުރެވިދާނެއެވެ. މިކަމަށް އިޝާރާތްކޮށް އަވައްޓެރި ފުލުހުންގެ އަސާސްތަކުގެ ތެރޭގައި "އެކުގައި" މި އަސާސް ހިމެނެއެވެ. ރައްޔިތުންގެ ފަރާތުން ފުލުހުންނަށް މައްސަލަތައް ހުށަހަޅައި ފުލުހުންނާއި ރައްޔިތުން ގުޅިގެން އެކުގައި އެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރުމަށް މަގުފަހިވެއެވެ.

މި ހަތަރު އަސާސްގެ ތެރެއިން އެންމެ ފަހު އަސާސްއަކީ "އަމާން" މިއެވެ. މި މަސައްކަތްތަކުން އަމާން މުޖުތަމައެއް ގާއިމްކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އެއް މަގުސަދެވެ. އަދި އަމާންކަމާއެކު މި މަސައްކަތްތައް ކުރުމަށް ފުލުހުން އަމާޒު ހިފާފައިވާއިރު، މި 4 އަސާސް އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރެވިއްޖެނަމަ މި މަސައްކަތަކީ ކާމިޔާބު މަސައްކަތަކަށް ވެގެންދާނެއެވެ. އަދި މި މުޖުތަމައަކީ އަމާން މުޖުތަމައަކަށް ހެދިގެންދާނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއަވައްޓެރި ފުލުހުން

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް