Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯމުގެ މައްސަލަ

ޕާޓީތަކުން ވަގަށް މެމްބަރުން ގެންދާކަމުގެ ޝަކުވާ ބޮޑުވެ އީސީން އޮޑިޓެއް ހަދަނީ

5،000 މެމްބަރުން އޮޅުވާލައިގެން ގެންގޮސްފައިވާކަމުގެ ތުހުމަތު ޕީޕީއެމް އިން ކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 އެޕްރީލު 2022 | ހޮނިހިރު 12:26
އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުން

އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުން

އިދިކޮޅު ޕީޕީއެމް އިން 5000 މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔަކަމަށް ބުނެ ޝަކުވާތައް ބޮޑުވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރެޖިސްޓްރޭޝަން ސެކްޝަންގެ އޮޑިޓެއް ހަދަން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާކަމުގެ ތުހުމަތު އެޕާޓީން ގެންދަނީ ކުރަމުންނެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ, 2021 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެހެން ޕާޓީތަކަށް މެމްބަރުން ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ބަލަންޖެހޭކަމަށް ބުނެ އޭނާ ވަނީ މައްސަލަވެސް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަން ގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ މިކަމުގެ ޝަކުވާތައް ބޮޑުވުމާއެކު ދެން އެންމެ އަވަހަށް އިސްކަމެއް ދީގެން އޮޑިޓް ކުރާނީ އިލެކްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން ސެކްޝަން ކަމަށެވެ. މި އޮޑިޓުގެ ތެރެއިން ޕާޓީތަކުގެ ފޯމުތައް ބަލައިގެންފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ތޯ ބަލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މިފަދަ ޝަކުވާތަކަކީ ހުރިހާ ޕާޓީތަކަކުންވެސް ހުށަހަޅާ ޝަކުވާތަކެއް ކަމަށެވެ. އަދި މިކަމުގައި އިލެކްޝަންސް ކޮމިޝަންގެ ބައިވެރިވުން އޮންނަ ކަމަށް ޕާޓީތަކުން ބުނަމުންދާއިރު، މި މައްސަލައާ ގުޅިގެން މީގެ ކުރިން ހުރިހާ ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ޕީޕީއެމުން ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ޕީޕީއެމްއާވެސް ބައްދަލުކޮށްފައިވާކަމަށާއި، އަދިވެސް އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މިއީ އަބަދުވެސް ޕާޓީތަކުން ހުށަހަޅާ މައްސަލައެއް ކަމަށާއި، މީގެ ކުރިން މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުވެސް އަޅާފައިވާކަމަށެވެ. އެހެންކަމުން އަނެއްކާވެސް މި ޕްރޮސެސް ފައްޓަން ނިންމަވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޕީޕީއެމްގެ 5،000 މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާކަމަށް ތުހުމަތު ކުރި ނަމަވެސް އެ އަދަދަށް ވަގު ފޯމު އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށްވަގު ފޯމު ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީތަކުން ގެންނަ ފޯމްތައް ވެބްސައިޓުގައި ހަފްތާއެއް ވަންދެން އާންމު ކުރުމަށްފަހު ރަޖިސްޓްރީކޮށްދޭ ގޮތަށް ނިންމުމަށް އީސީން މަޝްވަރާކުރަމުން ދާކަން ފުއާދު ވަނީ ފާހަގަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންފުއާދު ތައުފީގުޕީޕީއެމް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު