Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔަމަނަށް ދިމާވެފައިވާ ކާރިސާ

ޔަމަނުގެ ރައްޔިތުން މުޅި ދުނިޔޭގެ އެހީއަށް ބޭނުންވެފައި

ޔަމަނުގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އިންސާނީ އެހީއަށް ބޭނުންޖެހިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 އެޕްރީލު 2022 | ބުރާސްފަތި 14:18
ޔަމަނުގެ އާއިލާއެއް

ޔަމަނުގެ އާއިލާއެއް

ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާއަކާ މިވަގުތު ކުރިމަތިލާންޖެހިފައިވާ ގައުމަކީ ޔަމަނެވެ. 2015 ވަނަ އަހަރު ޔަމަނުގައި ފެށި ހަނގުރާމައަށްފަހު އެގައުމުގެ ރައްޔިތުންނަށް ވަނީ ދަތި އުނދަގޫ އެތައް ކަމެއް ތަހައްމަލުކުރަންޖެހިފައެވެ. 30 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ މި ގައުމުގައި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 4 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން މަރުވެ ގޮސްފައިވާކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 22 މިލިއަނަށްވުރެ ގިނަ މީހުން އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާއިރު، 19 ވަރަކަށް މިލިއަން މީހުންނަށް ބޭނުންވާ ކާނާ ލިބުން ވަރަށް ދައްޗެވެ. އަދި 4 މިލިއަން މީހުންނަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މިއީ މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާއެވެ. އެހެންނަމަވެސް މި އިންސާނީ ކާރިސާ މުޅި ދުނިޔެއިން ހަނދާން ނެތިފައި އޮތް ފަދައެވެ.

ޔަމަނުގެ އެތައް މިލިއަން ބަޔަކު ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާއިރު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އެކުދިން ހެދިބޮޑުވުމަށް ބޭނުންވާ ނިއުޓްރިޝަންއާއި، އަދިވެސް އިތުރު މާއްދާތައް އެކުދިންނަކަށް ނުލިބެއެވެ. މިއީ ކަންބޮޑުވާންޖެހިފައިވާކަމެކެވެ. އެގައުމުގެ ރައްޔިތުންނަށް ކާނާ ފޯރުކޮށްދިނުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެގައުމުގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެތަކެތި ހައްދަމުންދިޔަ އެއް ގައުމަކީ ޔޫކްރެއިނެވެ. އެހެންނަމަވެސް މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެ ދަނޑުތަކަށް އަޅާނުލެވި އެތަންތަންވެސް ވަނީ ހަލާކުވެފައެވެ.

ޔަމަނުގައި ކާނާއަށް ބޭނުންވެފައިވާ އާއިލާތަކަށް ޔުނިސެފްއާއި އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. ނަމަވެސް އެންމެންނަށް ބޭނުންވާވަރަށް ކާނާ ފޯރުކޮށްދިނުމަށް އެފަރާތްތަކަށްވެސް ވަނީ ދަތިވެފައެވެ. ބޭރުގެ މީޑިއާއަކާ ވާހަކަދެއްކި ޔަމަނުގެ މަންމައަކު ބުނިގޮތުގައި އާއިލާގެ އެންމެންނަށް ބޭނުންވާވަރަށް ކާނާއެއް ނުލިބެއެވެ. ކުޑަކުދިންނަށް ބޭނުންވާ ނިއުޓްރިޝަންތައް ނުލިބި ހާލުގައި އުޅެމުންދާއިރު، އެކުދިން ގެންދަނީ ބަނޑުހައިވުމުން އެކުދިންގެ އަމިއްލަ އަތް ކަމުންނެވެ. ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން މިކަމުން އެނގިގެންދެއެވެ. އަދި މުޅި ދުނިޔޭގެ އެހީތެރިކަން އެގައުމަށް މިއަދު މިވަނީ ބޭނުންވެފައެވެ.

ޔަމަނުގެ އިތުރުން ސީރިއާ އަދި އަފްގާނިސްތާނުގެ ހާލަތުވެސް އަދި ހަމައަކަށް އެޅިފައިނުވާއިރު، ޔޫކްރެއިން-ރަޝިއާ ހަނގުރާމައާއެކު އެގައުމުތަކުގެ ހާލަތުވެސް ވަނީ އިތުރަށް ގޯސްވެފައެވެ. އެގައުމުތަކުގެ ރައްޔިތުންނަށްވެސް ކާނާ ލިބުމަށް ދައްޗެވެ. އެމީހުންނަށްވެސް އިންސާނީ އެހީ ވަނީ ބޭނުންވެފައެވެ. އެހެންނަމަވެސް މިއަދު މުޅި ދުނިޔޭގެ ލޯ ހުއްޓިފައިވަނީ ޔޫކްރެއިންގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލަތަށެވެ. މީގެ އެތައް އަހަރެއް ކުރިން މުސްލިމު ގައުމުތަކުގައި ފެށި ހަނގުރާމަތަކުގައި އެގައުމުތަކުން ރެފިއުޖީންގެ ގޮތުގައި ދިޔަ މީހުން ބަލައިގަތީ ވަރަށް މަދު ގައުމަކުންނެވެ. ޔޫރަޕުގެ ގައުމުތަކުން އެމީހުން ބަލައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ޔޫކްރެއިނުން ޔޫރަޕުގެ ގައުމުތަކަށް ދާ ރެފިއުޖީން ބަލައިގަތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން މިކަމުގައި އޮތް ކަމެކެވެ.

ޔޫކްރެއިންގެ ރައްޔިތުންނަށް ގައުމުތަކުން އެހީވާ ބީދައިން އެއްވެސް ތަފާތުކުރުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. ޔަމަން، ސީރިއާ، އަދި އަފްގާނިސްތާނުގެ އެތައް ބަޔަކު މިއަދު އިންސާނީ އެހީއަށާއި، ކާނާއަށް ބޭނުންޖެހިފައިވާއިރު، މި ގައުމުތަކަށް ދިމާވެފައިވާ މި ކާރިސާ ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯހުން ގޯހަށް ގޮސްދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. ވަކިން ޚާއްސަކޮށް މިއަހަރުގެ މެދުތެރެއިން ފެށިގެން ފަހުކޮޅަށް މި ހާލަތު އިތުރަށް ގޯސްވެ އެ މީހުން ބަނޑަށް ޖެހިދާނެ ކަމަށް އދ. އިންވެސް ލަފާކުރެއެވެ.

ޔަމަން

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި
19 އޮކްޓޯބަރު 2025

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
11 ޖުލައި 2025

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި
10 ޖުލައި 2025

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
08 ޖުލައި 2025

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ
07 ޖޫން 2025

ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި

07 ޖޫން 2025
ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
04 މެއި 2025

ޔަމަންގެ ބޮޑު ވަޒީރު މަޤާމުން އިސްތިއުފާ ދެއްވުމުން، އައު ބޮޑު ވަޒީރަކަށް މާލީ ވަޒީރު

04 މެއި 2025
ޔަމަންގެ ބޮޑު ވަޒީރު މަޤާމުން އިސްތިއުފާ ދެއްވުމުން، އައު ބޮޑު ވަޒީރަކަށް މާލީ ވަޒީރު
03 މެއި 2025

ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

03 މެއި 2025
ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
01 މެއި 2025

އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް

01 މެއި 2025
އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް