Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާ ޝަކޫރުގެ ޝަރީއަތް

އާޒިމާގެ މައްސަލައިގައި ދައުލަތުގެ އިތުރު އިއުތިރާޒެއް: "މަރުޙަލާ" މާނަކުރުމާއި ގުޅޭ ދިގު ބަހުސެއް

ނިހާޔަތުއަށް އާޒިމާގެ ވަކީލެއްގެ ގޮތުގައި ތަމްސީލު ކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2022 | ބުރާސްފަތި 10:04
އާޒިމާގެ ޝަރީއަތް- މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ އަންގާރަ ދުވަހު

އާޒިމާގެ ޝަރީއަތް- މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ އަންގާރަ ދުވަހު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ދެވަނަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ފުރަތަމައަޑުއެހުންކުރިއަށް ގެންދިޔައީ ބުދަ ދުވަހުއެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ އާޒިމާގެ ވަކީލެއްގެ ގޮތުގައި އިންނެވި އެއް ފަރާތަކީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތުއަށް މި މައްސަލައިގައި ވަކާލާތު ނުކުރެވޭނެކަމަށް ބަޔާންކޮށް އިއުތިރާޒެއް ހުށައަޅާފައެވެ. އެ އިއުތިރާޒާ ގުޅިގެން ދެފަރާތުން ވާހަކަ ދައްކާފައިވާއިރު، ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ އެއަށް ގޮތެއް ނިންމަވާފައެވެ.

Advertisement - newsAdvertisement

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިހާޔަތުއަށް އާޒިމާގެ ވަކީލެއްގެ ގޮތުގައި ތަމްސީލު ކުރެވޭނެކަމަށް ކަނޑައަޅާފައެވެ. އެއަށްފަހު އާޒިމާގެ ފަރާތުން އިސްތިއުނާފީ ނުކުތާ ޚުލާސާ ގޮތެއްގައި ހުށައެޅުއްވިއެވެ.

އާޒިމާގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމާއި، މި ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާތަކެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅުއްވުމެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން އިޖުރާއީ އިތުރު އިއުތިރާޒެއް ނަގާފައިވާއިރު، ދެން ކުރިއަށް ދިޔައީ އެ ނުކުތާއަށް ވާހަކަ ދެއްކުމެވެ. އެގޮތުން އެ ނުކުތާއަށް ދެފަރާތުންވެސް ދިގު ބަހުސެއް ކޮށްފައިވެއެވެ.

މަރުޙަލާ މާނަ ކުރުން:

މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މާއްދާގައި ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެމަރުޙަލާގައިކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ނިންމާ ނިންމުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއްގެ ގޮތުގައި ނިންމާ ނިންމުމެއް ނޫނެވެ.

ދައުލަތުގެ އެ ބުނުމަށް ރައްދު ދެއްވަމުން އާޒިމާގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި، ޝަރީއަތުގެ މަރުޙަލާ 5 ބަޔަކަށް ބެހެއެވެ. އެއީ ތަހުޤީޤީ މަރުޙަލާއާއި، ދައުވާކުރުމުގެ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާއާއި، ޝަރީއަތުގެ މަރުޙަލާގެ އިތުރުން، ޝަރީއަތުގެ ފަހުގެ މަރުޙަލާއެވެ.

އޭގެ ތެރެއިން ޝަރީއަތުގެ ކުރީގެ މަރުޙަލާ 2 ބަޔަކަށް ބެހޭކަމަށް އާޒިމާގެ ވަކީލު ވިދާޅުވިއެވެ. އެއީ އިބްތިދާއީ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި އެ ބަޔާންކުރާ މަރުޙަލާ މާނަކުރަނީ އެ ދެބައިވެސް ހިމަނައިގެންކަމަށް އާޒިމާގެ ވަކީލުން ދެކިލައްވައެވެ.

ތަފާތު ކުރުން ގެންގުޅޭކަމުގެ ތުހުމަތު:

އާޒިމާގެ ފަރާތުން ތުހުމަތު ކުރާ ގޮތުގައި ދައުލަތުން އޭނައާމެދު ފެށުނީއްސުރެ ތަފާތުކުރުން ގެންގުޅެއެވެ. އެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގައި މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ފެތޭކަމަށް ބަޔާންކޮށް ދައުލަތަށް އިސްތިއުނާފު ކުރެވޭނަމަ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ބަޔާންކޮށް ނިންމި ނިންމުމެއް އާޒިމާއަށް އިސްތިއުނާފު ނުކުރެވޭނެކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އާޒިމާގެ ފަރާތުން ފާހަގަކުރާ ގޮތުގައި އެހިސާބުން އެ އިތުރު ކުރެވެނީ ޤާނޫނު ނުދަންނަ ތަރުތީބެކެވެ.

އާޒިމާގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވި ގޮތުގައި، ބަހުސްގެ ބޭނުމަށް ދައުލަތުން އެ ބުނިގޮތަށް އަމަލު ކުރާނަމަ، ތުހުމަތުވާ މީހާ ޝަރީއަތް ނިމި ގޮތެއް ކަނޑައެޅެންދެން އޭނާ ހުންނަން ޖެހޭނީ އެކަމުގެ ތެރޭގައި ތާށިވެފައެވެ.

ހަމައެއާއެކު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ މައްސަލައިގައި ކޯޓުން ނިންމި އިދާރީ ސިޓީއެއްވެސް ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު، މަދަނީ މިންގަނޑާއި ގުޅޭގޮތުން ގާޒީގެ ނިންމެވުމެއް އިސްތިއުނާފު ނުކުރެވެންވީ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް އާޒިމާގެ ވަކީލު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ދައުލަތުން ވަނީ ރައްދުވެސް ދީފައެވެ. ދައުލަތުން ބުނާ ގޮތުގައި މަހުލޫފުގެ މައްސަލައިގައި ނިންމީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 115 އަދި 116 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާ ނިންމުން އިސްތިއުނާފު ކުރެވިދާނެކަމަށް މާނަ ކުރެވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެ މާއްދާއަށް ބަލާއިރު، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމާ ނިންމުން އިސްތިއުނާފު ކުރެވޭނެކަމަށް މާނަ ނުކުރެވޭކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމަށް ނިންމާ ހުރިހާ ނިންމުމެއް ދިފާއުން މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރެވޭނަމަ، ކޮންމެ މައްސަލައެއް ނިމިގެންދާނީ ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ މަރުޙަލާއިންނެވެ. އެހިސާބުން މައްސަލަ ފުނިޖެހި މަތީ މަރުޙަލާގެ ކޯޓުތަކަށް "ފްލަޑް ގޭޓް" އެއް ހުޅުވިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން، އަލީ ވަޙީދު މައްސަލައިގައި އެ ފާހަގަކުރާ ސިޓީއަކީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައި، އޭގެ ފަހުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ ބައިގައި ހުށައެޅުނު ސިޓީއެއްގެ ވާހަކަ ކަމުގައިވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މައިގަނޑު ގޮތެއްގައި މި ނުކުތާއާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށްފަހު އަޑުއެހުން ވަނީ ނިންމާލާފައެވެ. ދެން މި މައްސަލައިގައި އޮންނާނީ އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުމެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓްހައި ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު