Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ނޫސްވެރިން ސުވާލު ކުރާތާ މަސްދުވަސް ވީއިރުވެސް، މިނިސްޓްރީން މި މައްސަަލާގައި ބުނާނެ އެއްޗެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 އެޕްރީލު 2022 | އަންގާރަ 11:47
ޓްރާންސްޕޯޓް މިނިސްޓަރ އަައިޝަތު ނަހުލާ - މަސްދުވަސް ވީއިރުވެސް، ބަޔާނެއް ނެރުން ފިޔަވައި މިހާތަނަށް މިނިސްޓްރީން ކުރި ކަމެއް ނެތް

ޓްރާންސްޕޯޓް މިނިސްޓަރ އަައިޝަތު ނަހުލާ - މަސްދުވަސް ވީއިރުވެސް، ބަޔާނެއް ނެރުން ފިޔަވައި މިހާތަނަށް މިނިސްޓްރީން ކުރި ކަމެއް ނެތް

ތެޔޮ އަގުބޮޑުވެއްޖެކަމަށް ބުނެ, އެކަމުގެ ފައިދާ އެންމެ ބޮޑަށް ހިފި އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. މީގެ ކުރިން ތެލުގެ އަގު ވަކިލާރިން ގަނެވޭ ވަރަށް ހުރިއިރު, ޓެކްސީކުރާ އަގު ކުޑަނުކުރެވުނު ފަރާތްތަކުން އެކައްޗެއް ކިޔައިގެން ޓެކްސީ ފީގެ އަގު ބޮޑުކޮށް, ގަދަ ދެއްކީ އާންމުންނަށް އެނޫން ގޮތެއް ނޯންނާނެކަން އެނގިތިބެއެވެ.

އަމިއްލައަށް އަގު ކަނޑައަޅައިގެން ވަކި ސަރުކާރެއް ހިންގުމަކީ, އިއްޔެއަކު މިއަދަކު ޓެކްސީ ޑްރައިވަރުން ކުރާ ކަމެއް ނޫނެވެ. މިއީ އަބަދުވެސް ތެލުގެ އަގު ބޮޑުވާ ކޮންމެ ފަހަރަކު ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ކުރަމުން އަންނަ ކަމެކެވެ. އާންމު ޚިދުމަތް ދިނުމަށް ވަކި އަގެއް ކަނޑައަޅާފައި އޮތަސް, ކަން އޮތީ އެހެންނެއް ނޫނެވެ.

ކަން މިހެން އޮއްވައި އާންމުން ރުޅިގަދަވެ, ކަމާބެހޭ ފަރާތްތަކަށް އެކަން ހުއްޓުވުމަށް ގޮވާލުމުން ޒިންމާދާރުކަމާއެކު ނެރުނީ ބަޔާނެކެވެ. އެވެސް ޓެކްސީ ސެންޓަރުތަކުން އަގު ކަނޑައަޅައި ޓެކްސީތަކުން ރައްޔިތުން "ފެލަން ފެށިތާ" 3 ދުވަސް ވީފަހުންނެވެ. ނެރުނީ ހަމައެކަނި ބަޔާނެކެވެ. މި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ, ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންނާ ގުޅުންހުރި އަސާސީ ޚިދުމަތަކަށްވެފައި, ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ދިވެހިރާއްޖޭގައި ވެސް މި ޚިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ޚިދުމަތަކަށްވާތީ، ޓެކްސީ ރަޖިސްޓަރީކުރުމާއި, ޓެކްސީތަކަށް ހުއްދަ ދިނުމާއި, ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ޓެކްސީ ގަވާއިދުގެ 20 ވަނަމާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މަސް ދުވަސް ވެގެން ދިޔައިރުވެސް މިނިސްޓަރާއި, އަދި ޒިންމާވާ ފަރާތްތައް އަދިވެސް ތިބީ ނިދާފައެވެ. އެޅި ފިޔަވަޅެއް ވެސް ނެތެވެ. ކުރެވުނު އެއްކަމެއްވެސް ނެތެވެ.

ދުވަސްތަކެއް ފަހުން އާންމުން ހަނދާން ނެތޭހާ ހިސާބަށް ކަންކަން ދިޔައިރުވެސް މިނިސްޓްރީން އަޅައިވެސްނުލައެވެ. އަދި ކިއެއްހެއްޔެވެ؟ ނޫސްވެރިން ބަރިބަރިއަށް ކުރާ ސުވާލުތަކަށް އެއްވެސް ޖަވާބެއްވެސް ނުދެއެވެ. ގުޅީމައި ފޯނު ނުނަގާތާނގައި ކުރާ މެސެޖަކަށް ޖަވާބެއްވެސް ނުދެއެވެ. ޒިންމާ އަދާކުރުމަށް ހަވާލުކުރެވުނު މީހުންގެ ކަންކަން ހުރި ހިސާބަކީ މިއެވެ. އާންމުން ސުވާލު އުފައްދަން ފަށައިފިއެވެ. ސުވާލަކީ އާންމުންނަށް ނޭނގޭގޮތަށް, މިނިސްޓްރީން އެތެރެއެތެރެއިން ޓެކްސީ ސެންޓަރުތަކާ ގުޅިގެން އެމީހުން ނަގަން ފެށި އަގަށް އެއްބަސްވެ, އެ އަގު ފައިނަލްކުރީތޯއެވެ.

ފުލުހުން ވެސް އެބަތިއްބެވެ. ރިޕޯޓް ކުރަން އެންގިއެވެ. ނިކަން ފޯރީގައި ސޯޝަލް މީޑިއާގައި ވަރުވަރުން ޕޯސްޓް ޖަހައި އެކަންވެސް ކުރިއެވެ. ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. މީގެ އެއްމަސް ކުރިން, ޚުދު އަޅުގަނޑު ކުރި ރިޕޯޓަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. އެ ޓެކްސީ ޑްރައިވަރު މިހާރު އަގު ނަގަނީ އިހުނަށްވުރެ ބޮޑުކޮށެވެ.

ޓެކްސީތަކުން މިހާރު އެ ނަގާ އަގުތަކަށް މިނިސްޓްރީން ރުހޭކަމަށް ބުނެވޭނެ އަނެއް ވާހަކައަކީ, އަވަސް ރައިޑް އެޕްގައި ނަގާ އަގުތައް ބަދަލުކޮށް, އެ އަގުތައް ދެއްކުމަށް އާންމުންނަށް އިލްތިމާސްކުރުމެވެ. އެޕްގައިވާ އަގަށްވުރެ ބޮޑު އަގު ނުދެއްކުމަށް އެދުމުން އަވަހަށް އެޕް ހުޅުވާލިއިރު ކަމަކުދާކަށް ނެތެވެ. އަގުތައް ބޭނުންވަރަކަށް ޖަހާލާފައި އެ އަގަށްވުރެ ބޮޑުކޮށް ނުދިނުމަށް ބުނެ އާންމުންނަށް މަލާމާތެއް ކޮށްލިފަދައެވެ.

އަވަސް ރައިޑުން ކުރި ޓްވީޓެއްގައި ވަނީ އެޕްލިކޭޝަނުން ދައްކާ އަގު އެކަނި ދެއްކުމަށް ކަސްޓަމަރުންނަށް ނަސޭހަތްތެރިވެފައިކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ނެގުމަށް ޑްރައިވަރުންނަށް ހިތްވަރު ނުދޭކަމަށް ވެސް ވަނީ ބުނެފައެވެ.

ޓެކްސީ ޑްރައިވަރުން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު, މާލެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް, އަދި މާލެއިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް, އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް, އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓަރމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓަރމިނަލަށް 100 ރުފިޔާ, އަދި ހުޅުމާލެ ފޭސް ދޭކުން ހުޅުލޭ ސީޕްލޭން ޓަރމިނަލަށް 120 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

އަދި މިއަށްވުރެ ބޮޑުކޮށްވެސް ނަގަނީއެވެ. މިނިސްޓްރީ އޮތީ ހަމަ ނިދާފައެވެ. ދޭނެ ޖަވާބެއް ވެސް ނެތެވެ. ދައްކާނެ ވާހަކައެއް ވެސް ނެތެވެ. ދިނީ ފިނި އިންޒާރެކެވެ. އެއަށްފަހު ހޮހަޅައަށް ވަދެ ފިލައިފިއެވެ. ފިލުމުގެ ކުރިން, ޓެކްސީ ޑްރައިވަރުންނަށް ބޭނުން އަގެއް ނަގާނެ ފުރުސަތުދީ އެކަން ވެސް ކޮށް ނިންމިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓްމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާޓެކްސީ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު