Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓް އަގު

އެޗްޑީސީއިން ހިޔާ ފްލެޓަށް ހުށައެޅި އަގަކީ ވިޔަފާރީގެ ގޮތުން ރަނގަޅު އަގެއް - އޮޑިޓަރ ޖެނެރަލް

ލޯނު މިހާރުވެސް 30 އިންސައްތަ ޑީފޯލްޓްވެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 އެޕްރީލު 2022 | އަންގާރަ 14:32
ހިޔާ ފްލެޓްގެ އަގު ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން

ހިޔާ ފްލެޓްގެ އަގު ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން

ހިޔާ ފްލެޓަށް މަހުން މަހަށް ދައްކަން ޖެހޭ ކަމަށް އެޗްޑީސީ އިން ކަނޑައެޅި އަގަކީ ވިޔަފާރީގެ ގޮތުން ރަނގަޅު އަދި ކުންފުންޏަށް ގެއްލުމެއް ނުވާނެ އަގެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓަށް މަހުން މަހަށް ދައްކަން ޖެހޭ ކަމަށް އެޗްޑީސީ އިން ކަނޑައެޅީ 11،000 ރުފިޔާއެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަން ބޮޑުވުމާއެކު އެ އަގު ރިވިއުކޮށް އެތަނަށް މަހުން މަހަށް ދައްކަން ޖެހޭނީ 8500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައެޅިއެވެ.

Advertisement - newsAdvertisement

މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ސިޓީ ކައުންސިލްއާއި، ކުރީގެ ސަރުކާރުން ހަދާފައިވާ ހިސާބުވެސް ގޯސް ކަމަށެވެ.

އެޗްޑީސީން ހުށައެޅި އަގަކީ ވިޔަފާރީގެ ގޮތުން ސައްޓެއިނަބްލް އަގެއް ނަމަވެސް އެ ފްލެޓަށް ފައިސާ ދައްކާ މުޅި މުއްދަތުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާގެ ފައިނޭންސިންގ ފެސިލިޓީއެއް އެ ކުންފުންޏަށް ބޭނުންވާނެ ކަމަށެވެ. މުޅި ޕްރޮޖެކްޓުން ގާތްގަނޑަކަށް 2.1 މިލިއަން ރުފިޔާގެ ޕޮޒިޓިވް ކޭޝް ފްލޯއެއް އަންނާނެ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެޗްޑީސީން ކަނޑައެޅި އަގު ސަރުކާރުން 8،500އަށް ކުޑަކޮށްފައި ވުމުގެ ސަބަބުން 138 މިލިއަން ރުފިޔާގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫއުގެ މުއްދަތުގައި ކުރިމަތިވާނެކަމަށެވެ. އަދި ކުލީގެ އަދަދު 6،600 ރުފިޔާއަށްކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެޗްޑީސީން މިހާތަނަށް ނަގާފައިވާ އެންމެ ބޮޑު ލޯނަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނުކަމަށާއި، ރަނގަޅަށް މެނޭޖުނުކުރެވިއްޖެނަމަ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ލޯނު މިހާރުވެސް 30 އިންސައްތަ ޑީފޯލްޓްވެފައިވާކަން ފާހަގަކުރައްވާ އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެޗްޑީސީން ޚާއްސަ ސަމާލުކަމެއް ދީގެން ސްކީމްތަކުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

ހިޔާ ފްލެޓްގެ ޔުނިޓަކަށް މަހުން މަހަށް ދައްކަންޖެހޭ އަގު 5600އަށް ކުޑަކުރެވޭނެކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި އަގަކީ ގޯސް ހިސާބެއް ކަމަށް އޮޑިޓުން މިވަނީ ދައްކާފައެވެ.

ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި މިހާރު ނަގަނީ 8،500 ރުފިޔާއެވެ. އެއީ ކުއްޔަށްވާ 7500 ރުފިޔާއާއި ފްލެޓްގެ މެއިންޓަނަންސްއަށް ނަގާ 1،000 ރުފިޔާއެވެ.

ސަރުކާރުން ޔުނިޓަކަށް ޖެހޭ އަގު ކަނޑައަޅާފައިވަނީ، ޕްރޮޖެކްޓް މެނޭޖްމެންޓް ކޮސްޓް، ބިމުގެ އަގު، ސަޕްލިމެންޓަރީ ޑިވެލޮޕްމެންޓް ކޮސްޓް އުނިކުރުމަށްފަހުގައެވެ. އެއީ ސަރުކާރުން މިހާރުވެސް ސަބްސިޑައިޒް ކޮށްފައިވާ ބައިތަކެވެ.

މަޝްރޫއުގެ އަގުގެ ގޮތުގައި ހިމަނާފައި ނުވާ އެހެނިހެން ޚަރަދުތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެންޓް މެނޭޖްމެންޓް ކޮސްޓް، ބިމުގެ އަގު، ސަޕްލިމެންޓަރީ ޑިވެލޮޕްމެންޓް ކޮސްޓް ސަބްސިޑައިޒްކޮށް ވިއްކުމުން އެޗްޑީސީއަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީއެއް ދޭން ޖެހިދާނެތީ، މިއީ ދައުލަތުގެ ބަޖެޓުން ދެވިދާނެ ސަބްސިޑީއެއްތޯ ބެލުމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި މިފަދަ ހައުސިން މަޝްރޫއުތައް ހިންގުމަށް ނަގާ ލޯންތަކާ އެއް ހަމައެއްގައި އާމްދަނީ ނުހިފެހެއްޓޭ ނަމަ މިފަދަ ލޯނުތައް އަދާކުރުމަށް ދަތިވެ ކުންފުންޏަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެ، ވިޔަފާރީގެ އުސޫލުން ކުންފުނި ހިންގަން ދަތިވެ އެފަދަ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތަށް ބަރޯސާ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވުމުން، މިގޮތަށް ސަބްސިޑައިޒް ކޮށްގެން ހިންގާ މަޝްރޫއުތަކުން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ސަބްސިޑައިޒް ކުރެވޭނެ ނިސްބަތް ބަލައި މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސް ކޮށްގެން ހިންގޭނެ ގޮތަށް މަޝްރޫއުތައް ރާވައި ހިންގުމާއި، މިފަދަ މަޝްރޫއުތައް ފެށުމުގެ ކުރިން ފައިނޭންޝިއަލް ފީސިބިލިޓީ ހަދައި އެއަށް ރިއާޔަތް ކޮށްގެން ނިންމުންތައް ނިންމުމަށްވަނީ ލަފާ ދީފައެވެ.

ހިޔާ މަޝްރޫއުގައި ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުންމަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް ރިވިއު ކުރުމަށް އެޗްޑީސީން އެދުމުން، އެއަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރިޕޯޓްވެސް އާންމުކުރިއެވެ. އޭގައިވާގޮތުން ކުރީ ސަރުކާރުން ކަނޑައެޅިގޮތަށް މަހަކު 5،600 ރުފިޔާއަށް ހައުސިންގ ޔުނިޓެއް ވިއްކައިފިނަމަ، އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެއެވެ.

ހިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު