Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިސްތިއުނާފު މުއްދަތު ގުނުން

އިސްތިއުނާފު މުއްދަތު ގުނުމުގެ އޮޅުންބޮޅުން: މިފަހަރު ދޫވީ ޑްރަގް އެތެރެކުރުމުގެ ދައުވާ އުފުލާފައިވާ މީހެއް

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އެޕްރީލު 2022 | ހޯމަ 10:32
ހައި ކޯޓު- ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު

ހައި ކޯޓު- ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލި އުސޫލުން އެފަދަ އެހެން މައްސަލައެއްވެސް މިވަނީ ބޭރުކޮށްލާފައެވެ. ހަމަ އެ އުސޫލުގެ މަތިންނެވެ.

އައްމަޓީގެ މައްސަލައަށް ބަލާއިރު، ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރުކަން ބަޔާންކޮށް، ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އިސްތިއުނާފު ގަޑި ގުނާނީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ހަމަވާ ވަގުތަށެވެ.

ވުމާއެކު، ޕީޖީ އޮފީހުން ހުށަހެޅި މައްސަލަ، 48 ގަޑިއިރު ތެރޭގައި ހުށަހެޅިފައި ނެތްކަމަށް ބަޔާންކޮށް އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީއެވެ.

ހައިކޯޓުން މިވަނީ ހަމަ އެ އުސޫލުގެ މަތިން އެހެން މައްސަލައެއްވެސް ބޭރުކޮށްލާފައެވެ.

ދައުލަތުން ގދ މަޑަވެލި އަފްޡާމް ޢަބްދުއްސައްތާރުގެ މައްޗަށް ކުރާ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާއަށް ބަލާއިރު، މި މައްސަލައަކީ 7 ޑިސެމްބަރު 2021ގައި ދިވެހިރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުނީރު އަޒީޒް އާއި، ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޔާސީން އާއި، ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ބުސްރާ އަނީސް އިތުރު ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައާއި ގުޅިގެން އެކި ފަހަރުމަތިން އަފްޡާމް ގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، 21 މާރޗު 2022 ގައި ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމަވާފައެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މާރޗް 24 ގައެވެ.

ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު މުއްދަތު ގުނުމުގައި ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަސް ނުހިމެނޭނެ ކަމަށެވެ. އެގޮތުން ބަލާއިރު، ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 21 މާރޗު ވީ ހޯމަ ދުވަހުގެ ހަވީރު 16:20 ގައެވެ.

ދައުލަތުން ބުނާ ގޮތުގައި، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހަކީ އެއީއެވެ. އަދި އެއީ އިސްތިއުނާފު މުއްދަތު ގުނުމުގައި ބަލާނެ ދުވަހެއް ނޫނެވެ.

އޭގެ އިތުރުން، އިސްތިއުނާފު މުއްދަތު ހަމަވާ ދުވަސްވެސް ނުގުނާނެކަމަށް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 169 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، އިސްތިއުނާފު މުއްދަތު ހަމަވަނީ 24 މާރޗުވާ ބުރާސްފަތި ދުވަހަށެވެ. އެއީވެސް ނުގުނާނެ ދުވަހެއްކަމަށް ދައުލަތުން ފާހަގަ ކުރެއެވެ. ވުމާއެކު، ދައުލަތުން އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މާރޗް 24 ވީ ބުރާސްފަތި ދުވަހު ހެނދުނު 10:10 ގައެވެ.

ދައުލަތުން މި ފާހަގަކުރި އުސޫލަށް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައިވެސް ތާއީދު ކުރައްވާފައިވެއެވެ.

އެހެންނަމަވެސް، ބާކީ ތިއްބެވި ދެ ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ވަނީ ދަށު ކޯޓުން އަމުރު ނެރުނު ވަގުތުން ފެށިގެން ވިދިވިދިގެން 48 ގަޑިއިރަށް ވަގުތު ގުނައި، މި މައްސަލަ ހުށައަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅާފައެވެ.

އަދި މިމައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ނުވާތީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާ މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުފެންނަކަމަށް ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އައްމަޓީ ދޫކޮށްލި މައްސަލައިގައިވެސް ހައިކޯޓުން މުއްދަތު ގުނާފައިވަނީ ހަމަ މި އުސޫލުންނެވެ. އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްކްރިމިނަލް ކޯޓްހައި ކޯޓުއައްމަޓީމަސްތުވާތަކެތި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު