Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

އާސެނަލް ބަލިވިއިރު، ބޮޑު ތަފާތަކުން ޗެލްސީ މޮޅުވެއްޖެ

10 އެޕްރީލު 2022 | އާދީއްތަ 01:12

ބްރިޓަން އަތުން އާސެނަލް ބަލިވީ 2-1 ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 10 އެޕްރީލު 2022 | އާދީއްތަ 01:12
ޕްރިމިއަރ ލީގުގައި ސައުތެމްޕްޓަން އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއަރ ލީގުގައި ސައުތެމްޕްޓަން އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރިޓަން އަތުން އާސެނަލް ބަލިވިއިރު، ގިނަ ލަނޑުތަކެއް ޖަހާ ޗެލްސީއިން ސައުތެމްޕްޓަން ބަލިކޮށްފިއެވެ.

ސައުތެމްޕްޓަންގެ ދަނޑުގައި ޗެލްސީ އާއި ވާދަކުރި މެޗު ޗެލްސީއިން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މާކޯސް އަލޯންސޯއެވެ. މި މެޗުގައި ޗެލްސީގެ މޭސަން މައުންޓް ދެލަނޑު ޖެހިއިރު، ޓީމޯ ވާނާވެސް ވަނީ ދެލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ދެން ލަނޑު ޖެހީ ކައި ހަވާޓްޒްއެވެ.

މި ނަތީޖާއާއެކު ދެވަނަގައި އޮތް ލިވަޕޫލް އާއި 10 ޕޮއިންޓުގެ ފަރަގަކާއެކު ޗެލްސީ އޮތީ ތާވަލުގެ ތިންވަނައިގައެވެ. މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ މުބާރާތުގައި ޖުމްލަ 62 ޕޮއިންޓު ހޯދާފައެވެ. ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 73 ޕޮއިންޓު ހޯދައިގެންނެވެ.

ބްރިޓަން އަތުން އާސެނަލް ބަލިވީ 2-1 ންނެވެ. ފުރަތަމަ ހާފުގައި ބްރިޓަންއަށް ލީޑު ނަގައިދިނީ ލިއެނާޑޯ ޓްރޮސާޑްއެވެ. އޭގެ ފަހުން ދެވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ އީނޮކް މައެޕޫއެވެ. އާސެނަލްއަށް ފަރަގު ކުޑަކޮށްދިން ލަނޑު ޖަހައިދިނީ މާޓިން އޮޑެގާޑްއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލަން އާސެނަލްއަށް ޖެހޭނީ އިތުރު އިންތިޒާރެއް ކުރާށެވެ. މި މެޗުން މޮޅުވެގެން 57 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް އޮތެވެ. އާސެނަލްއިން މިހާރު ފަސް ވަނައިގައި އޮތީ 54 ޕޮއިންޓު ލިބިގެންނެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށް 31 މެޗު ކުޅެގެން ލިބުނީ 57 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ދެން ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވޮލްވްސް އަތުން ނިއުކާސަލް މޮޅުވީ 1-0 ންނެވެ. ވަޓްފޯޑްގެ މައްޗަށް ލީޑްސް ޔުނައިޓެޑުން ކުރި ހޯދީ 3-1 ންނެވެ. އަދި ޓޮޓެންހަމްއިން ވަނީ 4-0 ގެ ބޮޑު ތަފާތަކުން އެސްޓަން ވިލާ ބަލިކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް