Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ސިއްހަތު ދުވަސް

ދުނިޔޭގެ ސިއްހަތު ދުވަހު ޝާހިދު ދެއްވި މެސެޖަށް ޓެޑްރޯސްގެ ޝުކުރު

9 އެޕްރީލު 2022 | ހޮނިހިރު 08:20

އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އެޕްރީލު 2022 | ހޮނިހިރު 08:20
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ދުނިޔޭގެ ސިއްހަތު ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވި މެސެޖަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ޝުކުރު އަދާކުރައްވައިފިއެވެ.

ޓެޑްރޯސް ވަނީ ޝާހިދު ދެއްވި މެސެޖް ޓުވިޓަރގައި ޝެއަރ ކުރައްވައި, ޝުކުރު އަދާކުރައްވާފައެވެ. ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ޝާހިދު ވިދާޅުވީ, ތިމާވެއްޓަށް ދިމާވާ ކޮންމެ މައްސަލައަކީ އޭގެ ޒާތުގައި އިންސާނުންނަށްވެސް އެއިން އަސަރުކުރާނެކަމެއް ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ވައިފެން ނުސާފުވުން ފަދަ ކަންކަމުގެ ސަބަބުން ފުރަމޭގެ ބަލިތައްފަދަ ސީރިއަސް މައްސަލަތަކާ އިންސާނުން ކުރިމަތިލާންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން އެންމެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށާއި, އެގޮތުން ސިއްހަތަށް ގެއްލުންނުވާފަދަ ގޮތަކަށް ތިމާވެއްޓާ ރައްޓެހި ވެއްޓެއް ބިނާކުރަންޖެހޭކަމަށެވެ.

އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ, އަދި ނުރައްކަލަކީވެސް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައްކަމަށާއި, އިންސާނުންގެ ދުޅަހެޔޮކަން ގުޅިފައިވަނީ ވަށައިގެންވާ މާހައުލުގެ ރައްކާތެރިކަމާއި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު, ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވެސް މި ދުވަހާ ގުޅުވައިގެން ވިދާޅުވީ, އަހަރުމެންގެ އަމަލުތަކުން ގުރަހައިގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާކަން ދެނެގަނެ އެކަމަށް އިސްކަންދޭންޖެހޭ ކަމަށެެވެ. ނަސީމް ވިދާޅުވީ ގުރަހައިގެ ދުޅަހެޔޮކަން ނެތިއްޖެނަމަ ތިމާވެއްޓަށާއި, އިގުތިސާދަށާއި، އިޖްތިމާއީ ދުޅަހެޔޮކަމަށް އަސަރުކުރާކަން ގަބޫލުކުރަންޖެހޭކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ގުރަހައިގެ ނިކަމެތިކަމަކީ އިންސާނާގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ ހާލަތެއްކަން, ވިސްނުމުގައި އާލާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާވެއްޓާއި އިންސާނުންގެ ސިއްހަތު ރައްކާތެރިކުރުން ހިމެނޭ ކަމަށާއި, ވަކިން ޚާއްސަކޮށް، "ހަށިހެޔޮ ދުޅަހެޔޮ" ރައްޔިތެއް ބިނާ ކުރުމަށާއި، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމާއި، ބޭސްފަރުވާގެ ކަންކަން ކަށަވަރުކުރުމަށް، މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތަކުގެ ކާމިޔާބުން، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ރާއްޖޭގައި އުފެދޭ, އުފައްދާ, އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, ކަމާބެހޭ, ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިދާރާތަކުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެ އިދާރާތަކުގެ ފަންނީ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަދި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް، އައު ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން ފަށާފައިވާކަމަށެވެ.

ކަމާބެހޭ ރާއްޖޭގެ މުއައްސަސާތަކުގެ އިދާރީ އޮނިގަނޑުތަކާއި ފަންނީ ގާބިލުކަން ހުރި މިންވަރު މުރާޖައާކޮށް, ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށާއި, ފަންނީ އަދި މާލީ ވަސީލަތްތައް ފޯރުކޮށްދީ, އެ އިދާރާތައް ހަރުދަނާ ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ، ތިމާވެއްޓާއި ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ (ދެމެހެއްޓެނިވި އަދި ނަތީޖާ ނެރެވޭނެހެން) ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރު ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް