Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދިވެހި ދައުލަތުގެ އަމިއްލަ ބިން ސްރީލަންކާގައި

10 އެޕްރީލު 2022 | އާދީއްތަ 08:33

ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތުގެ އަމިއްލަ ބިންބިން ހުރިކަން މިހާރުގެ ޖީލުގެ ގިނަބަޔަކަށް ނޭނގެ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 10 އެޕްރީލު 2022 | އާދީއްތަ 08:33
ސޯސަންވިލާ

ސޯސަންވިލާ

މިދުވަސްވަރަކީ ރާއްޖެއާއި އެންމެ އަވަށްޓެރި ސިލޯނުގެ ނުވަަތަ ސްރީލަންކާގެ މަސްރަހު ނާމާން ދުވަސްވަރެކެވެ. އަމާން އުފާވެރި އައްސޭރިއެއް އެގައުމަށް ގެނައުމަށް މަސައްކަތްތައް ކުރެވޭ ދުވަސްވަރެކެވެ.

ރާއްޖެއާއި ސްރީލަންކާގެ ގުޅުންތަކަކީ ރާއްޖެ އާބާދުވީއްސުރެ ގާއިމުވެފައިވާ ގުޅުންތަކެކެވެ. ދިވެހީންގެ އަސްލާއި ނަސްލާއި ބަހާއި ތާރީޚާއި ސަގާފަތުން މިކަމުގެ ސާބިތު ހެކިތައް ފެންނަން އެބަހުއްޓެވެ.

ސިލޯނު އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި 1815އިން 1948އަށް އޮތެވެ. މި މުއްދަތުގެ ތެރެއިން 1987 ނުވަތަ 1889ން 1948އަށް ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު ރާއްޖޭގެ ކަންކަން އިނގިރޭސި ދައުލަތުގެ ފަރާތުން ބެލެހެއްޓެވީ ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރެވެ. 1948ން 1965އަށް ރާްއްޖެ މިނިވަންވުމާއި ހަމަޔަށް ރާއްޖޭގެ ކަންކަން އިނގިރޭސި ދައުލަތުގެ ފަރާތުން ބެލެހެއްޓެވީ ސިލޯނުގައި ހުންނެވި އިނގިރޭސި ސަފީރެވެ.

ރާއްޖެއާއި ސްރީލަންކާގެ ގުޅުންތަކުގެ ތެރެއިން "ރަހަަތަފާތު" ވާހަކައެއް ދައްކާލަމާތޯއެވެ.

މިގޮތުން ބަލާއިރު، ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތުގެ އަމިއްލަ ބިންބިން ހުރިކަން މިހާރުގެ ޖީލުގެ ގިނަބަޔަކަށް އެނގޭ ބާވައެވެ.

އެއީ ސިލޯނުގައި ހުރި، ދިވެހި ދައުލަތުގެ ބިންތަކުގެ ވާހަކައެވެ. މިގޮތުން މަޝްހޫރު "ސޯސަންވިލާ" ހިމެނެއެވެ.

މިބިމުގެ އިމާރާތާއި ގޯތި ދިވެހި ސަރުކާރަށް ބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. ބޮޑުމިނުގައި ދެއޭކަރުގެ ބިމެކެވެ. މިބިން ފުރަތަމަ ބޭނުން ކުރެވުނީ ލަންކާގައި ކިޔަވަން ފޮނުއްވާފައިތިބި ދިވެހި ފިރިހެން ކުދިންގެ ބޯޑިންގ ހައުސްއެއްގެ ގޮތުގައާއި، ދައުލަތުގެ ބައެއް އިއްޒަތްތެރިން، ކުރު ދަތުރުތަކުގައި ކޮޅުނބަށް ވަޑައިގެން ތިއްބެވުމަށެވެ.

ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މިތަން ބޭނުންކުރެވުނީ، މޯލްޝިޕްގެ "ޝިޕް ސްޓޯރ" ގެ ނަމުގައެވެ.

ސިލޯނުގައި މިހާރު ހުރި، ދިވެހި ދައުލަތުގެ އަނެއް ބިމަކީ، މަޝްހޫރު "ފެހިގެ" ނުވަތަ "އެވަރ ގްރީން"އެވެ.

ވޯރާ ވިޔަފާރިއެއްގެ އަތުން، ދިވެހި ސަރުކާރުން މިބިން ބައްލަވައިގަތީ 1948 ވަނަ އަހަރުއެވެ. މިތާނގައި ރާއްޖޭގެ ސަފީރު އޮފީސް ހިންގެވިއެވެ. އަދި ރެސިޑެންސް ބައެެއްވެސް ހިމެނެއެވެ. ސަފީރާއި އާއިލާ ދިރިއުޅުއްވިއެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާ ވަޑައިގެން ހުންނެވުމަށްވެސް ޚާޢްސަ ކޮޓަރިކޮޅެއްވެސް ހިމެނެއެވެ ސިލޯނުގައި ހުރި، ދިވެހި ދައުލަތުގެ ބިންބިމަކީ، އެމްބެސީ އިމާރާތް ހުރި ބިން "ފެހިގެ" (25، މެލްބޯން އެވެނިޔު، ކޮލޮމްބޯ 4)އާއި، ސޯސަންވިލާ (ޕާމަންކަޑަ، ކަވިރަތުނަ ޕްލޭސް)އެވެ.

1948 ވަނަ އަހަރު ފެހިގެ ދިވެހި ސަރުކާރުން ބައްލަވައިގަތް ދުވަސްވަރު، ފެހިގޭގެ ބިއްދޮށުގައި ހުރި އިމާރާތަކާއި ގޯތި ބައްލަވައިގަނެ، ފެހިގޭގެ ގޯއްޗާ އެއް އިން ކުރެއްވިއެވެ. އެ ތަނަށް ކިޔަނީ "ކޯޒީ ކޯނަރު"އެވެ.

ވީމާ، ސިލޯނުގައި ރާއްޖޭގެ އެމްބަސީ ނުވަަތަ ހައިކޮމިޝަން ހުރި ބިމަކީ ދިވެހި ދައުލަތުގެ އަމިއްލަ ބިމެކެވެ.

މީގެ އިތުރުންވެސް ދިވެހި ސަރުކާރުން (ދިވެހި ރައްޔިތުންނަށް ކާޑުގަތުމަށް) ސިލޯނަށް ފޮނުވުނު ފައިސާއިން ސަރުކާރުގެ ވެރިޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ 1942ގައި ކެންޑީ އިން ބަގީޗާއެއް ބައްލަވައިގެންނެވި ކަމަށް ބުނެވެއެވެ.

1944ގައި އަލްއަމީރު ޙަސަން ފަރީދު ދީދީ ނެތިވެދިއުމަށްފަހު، އެބަގީޗާ ވިއްކަވާލައްވައި އެފައިސާއިން ރައްޔިތުންނަށް ކާޑު ގެންނެވީ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2021

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.
18 އޯގަސްޓު 2021

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021
ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
05 އޯގަސްޓު 2021

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟
01 އޯގަސްޓު 2021

މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.

01 އޯގަސްޓު 2021
މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.
31 ޖުލައި 2021

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!

31 ޖުލައި 2021
ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!
22 ޖުލައި 2021

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

22 ޖުލައި 2021
ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟
18 ޖުލައި 2021

"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟

18 ޖުލައި 2021
"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟
07 ޖުލައި 2021

ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟

07 ޖުލައި 2021
ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟
05 ފެބުރުއަރީ 2017

ރާއްޖޭގެ ޗަސްބިންތައް ނުރައްކަލުގައި!

05 ފެބުރުއަރީ 2017
ރާއްޖޭގެ ޗަސްބިންތައް ނުރައްކަލުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް