Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ސިއްހަތު ދުވަސް

ވަށައިގެންވާ ވެއްޓަކީ ދުޅަހެޔޮ ވެއްޓަކަށް ވެގެން މެނުވީ ހަގީގީ ދުޅަހެޔޮކަމެއް ނުލިބޭނެ: ނައިބު ރައީސް

9 އެޕްރީލު 2022 | ހޮނިހިރު 04:38

ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ، ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ބައިނަލްއަގުވާމީ މުޖުތަމައުގައި ހާމަކޮށްދޭ ގައުމެއްގެގޮތުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އެޕްރީލު 2022 | ހޮނިހިރު 04:38
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް | ރައީސް އޮފީސް

ވަށައިގެންވާ ވެއްޓަކީ ދުޅަހެޔޮ ވެއްޓަކަށް ވެގެން މެނުވީ ހަގީގީ ދުޅަހެޔޮކަމެއް ނުލިބޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ, ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ, ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ބައިނަލްއަގުވާމީ މުޖުތަމައުގައި ހާމަކޮށްދީ، ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ގައުމެއްގެގޮތުގައި ކަމަށެވެ. މިމޭރުމުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެށި ހިމާޔަތްކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭކަމަށް ވިދާޅުވެފައެވެ. އެގޮތުން އދ ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވި ތަގުރީރުގައި, ތިމާވެށި ހިމާޔަތްކުރުމަށްޓަކައި, ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރުއަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

‎ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ފަސޭހައިން ސިއްހީ ޚިދުމަތްތައް ލިބިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަސް ސަރަހައްދުގައި ޓާރޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމަށްޓަކައި ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބޮޑު މަސައްކަތެއް ކުރިއަށް ގެންދާއިރު, މި ފަސް ސަރަހައްދަށާއި މުޅި ސިއްހީ ދާއިރާއަށް ބޭނުންވާ މިންވަރަށް ސިއްހީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

‎ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމީ ޖަލްސާގައި ނައިބު ރައީސް ވަނީ "ގްރީން ސްމާރޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާހުކޮށްދެއްވާފައެވެ. މި ޖަލްސާގައި ވަނީ ޕްރޮޖެކްޓާގުޅޭ ކޮމިޓްމަންޓްގައި ކައުންސިލްތަކުގެ މަންދޫބުން ސޮއިކުރައްވާފައިވެއެވެ. މިޖަލްސާގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ކްލައިމެޓް ސްމާރޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރެޓަޖީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ ވަނީ އިންޓަރސްކޫލް އާރޓް މުބާރާތާއި ކުރުވާހަކަ ލިޔުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
24 ފެބުރުއަރީ 2017

ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

24 ފެބުރުއަރީ 2017
ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް