Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންނަށް ވީ ވައުދު

މަސްވެރިންނަށް ވީ ވައުދު ފުއްދުމަށް މެނިފެސްޓޯއަށް ރުޖޫއަވޭ: ނަޝީދު

7 އެޕްރީލު 2022 | ބުރާސްފަތި 19:10

މަސްވެރިން ތަކުރާރުކޮށް ފާހަގަކުރާ އެއް ނުކުތާއަކީ، އެމްޑީޕީން ބުނެގެން އެމީހުން ބަލައިގަތް ވާހަކަތައް ކަމަށް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އެޕްރީލު 2022 | ބުރާސްފަތި 19:10
މުހައްމަދު ނަޝީދު

މުހައްމަދު ނަޝީދު

މިފްކޯއަށް ކިރާ މަހުގެ އަދަދު ކޮންޓްރޯލްކުރުމަށް ނިންމުމާގުޅިގެން, މަސްވެރިންނަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދުމަށް އެމްޑީޕީގެ މެނިފެސްޓޯއަށް ރުޖޫއަވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވެ މަސް ކިރުމުގައި ދިމާވި ދަތިތަކާގުޅިގެން މިފްކޯއިން ވަނީ ކޮންމެ ދޯންޏަކުން ކިރާނީ 5 ޓަނުގެ މަސް ކަމަށް ކަނޑައަޅާފައެވެ. އެކަމާގުޅިގެން ނަޝީދު ނެރުއްވި ބަޔާނުގައި ވަނީ, ވަރަށް ގިނަ މަސްވެރިން ފޯނުން ގުޅައި ވަރަށް ޝަކުވާއުފުލިކަމަށެވެ. އެއީ މަސްވެރިން ބޭނި މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅެންޖެހުމުން ކުރާ ހައްގު ޝަކުވާކަމަށް ނަޝީދު ވިދާޅުވިއެވެ. މަސްވެރިން ތަކުރާރުކޮށް ފާހަގަކުރާ އެއް ނުކުތާއަކީ، އެމްޑީޕީން ބުނެގެން އެމީހުން ބަލައިގަތް ވާހަކަތަކެވެ. އަދި އެމީހުން އެހެން މަސްވެރިން ގާތުގައި އެވާހަކަތައް ދައްކައި، އޭގެ ސަބަބުން އެމްޑީޕީއަށް ވޯޓް ދިންކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަސްވެރިން އެއިޝާރާތް ކުރަނީ 2018 ވަނައަހަރުގެ އެމްޑީޕީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވަރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާކަމަށާއި, މި ތައްގަނޑު ދިވެހިން އަތުން ހިފައި ދެނެގަނެ އުޅޭތާ ހާހަކަށް ވުރެން ގިނަ އަހަރުވެއްޖެކަމަށް ނަޝީދު ވިދާޅުވިއެވެ. މަސްވެރިކަން ރަނގަޅު މޫސުން އަންނަ ކޮންމެ ފަހަރަކު ބާނާ މަސް ގިނަވެ އެއަށް ހަދާނެގޮތް އޮންނަނީ ހުސްވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ 2018 ވައަހަރުގެ މެނިފެސްޓޯ ދުށްގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެސިނާއަތުގައި ސަރުކާރު ބައިވެރިވާ މިންވަރު ބޮޑުވުމެވެ. ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަސް ގަނެ, އެމަސް ބަންދުކުރެވި, ރާއްޖެއިން ބޭރަށް ފޮނުވުމުގެ ގާބިލްކަން އެއްވެސް ސަރުކާރަކަށް ނުހޯދޭކަމަށް ނަޝީދު ވިދާޅުވިއެވެ. ހޯދިދާނެކަމަށް ދުށުމަކީވެސް އަމާޒު ގެއްލުންކަމަށް ނަޝީދު ވިދާޅުވިއެވެ. މި ސަރުކާރު އެމައްޗައް އުފެދިފައިވާ މެނިފެސްޓޯ، މައްސަލައަށް ހައްލެއް ހުށަހެޅިއެވެ.

މަސްވެރިން ބާނާހާ މަހެއް ވިއްކައި، ބަންދުކުރެވި ބޭރުކުރެވިދާނެ އިންތިޒާމެއް 2018 ވަނަ އަހަރުގެ އެމްޑީޕީމެނިފެސްޓޯ ހުށަހެޅިއެވެ. "ގޭދޮށު މަސް ޕްލާންޓް"ގެ ސިޔާސަތެވެ. މަސް ގަނޑުކޮށާއި ފިނިކޮށް ރައްކާކުރުމާއި އަދި މަސްބަންދުކުރުމުގެ، މިއަދުގެ ސިނާއަތުގައި، ކުދި، މަސްބަންދުކުރާ ނިޒާމްތައް އިންތިހާއަށް ފައިދާ ބޮޑުކޮށް އެތައް ގައުމެއްގައި އެބަ ހިންގާކަމަށް ނަޝީދު ވިދާޅުވިއެވެ. ދުވާލެއްގެ މައްޗައް ދިހަ ޓަނު ބަންދުކުރެވޭ މިންވަރުގެ މަސްބަންދުކުރާ ނިޒާމްތަކެވެ. ވިހި ތިރީސް މީހުން މަސައްކަތް ކުރާ ގޭދޮށު ކުދި ފެކްޓަރީތަކެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި މަސް ފިނިކުރާ ގުދަންތަކާއި މަސް ބަންދުކުރާ ކާރުޚާނާތައް ހަދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ވަރަށް ބޮޑަށް ސާފުވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ. މިއަދުވެސް، އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމްޑީޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށް ކަމަށާއި, ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް ކަމަށާއި, އަދި ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުޚާނާ ޖާގަ ބޮޑުކުރުން ހުއްޓާލުމަށާއި, ރާއްޖޭގެ މަސްވެރިކަން ރަނގަޅު ރަށްރަށުގައި، ރަށުކައުންސިލާއި، މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސްފެކްޓަރީތައް ހެދުން އަވަސް ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2018

ރައީސް ޔާމީނަށް އިގުތިސާދީ ސިޔާސަތުން ގެނެވުނު އާ ކަމެއް ނެތް، ވައުދުތައް ނުފުއްދަވާ: އަމީރު

10 ޖެނުއަރީ 2018
ރައީސް ޔާމީނަށް އިގުތިސާދީ ސިޔާސަތުން ގެނެވުނު އާ ކަމެއް ނެތް، ވައުދުތައް ނުފުއްދަވާ: އަމީރު
17 ޑިސެމްބަރު 2017

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު

17 ޑިސެމްބަރު 2017
މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު
11 ޑިސެމްބަރު 2017

ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށް ވައުދުވެފައިވާ ކަންކަން ކޮށްދޭން ޖެހޭ: ރައީސް މައުމޫން

11 ޑިސެމްބަރު 2017
ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށް ވައުދުވެފައިވާ ކަންކަން ކޮށްދޭން ޖެހޭ: ރައީސް މައުމޫން
24 ނޮވެމްބަރު 2017

ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު

24 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު
23 ސެޕްޓެމްބަރު 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ، ދޭން ކިޔާތާ އަހަރެއް!

23 ސެޕްޓެމްބަރު 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ، ދޭން ކިޔާތާ އަހަރެއް!
09 ސެޕްޓެމްބަރު 2017

ވައުދުވީ ފަސް އަހަރު ތެރޭ ތެޔޮ ނަގާކަށް ނޫން، ތެލުގެ ވައުދު ފުއްދިއްޖެ: ޝައިނީ

09 ސެޕްޓެމްބަރު 2017
ވައުދުވީ ފަސް އަހަރު ތެރޭ ތެޔޮ ނަގާކަށް ނޫން، ތެލުގެ ވައުދު ފުއްދިއްޖެ: ޝައިނީ
25 ޖޫން 2017

2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

25 ޖޫން 2017
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް
30 އެޕްރީލު 2017

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް
27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް