Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮތަބަޔާ ރާޖަޕަކްސަ

ބޮޑު ތާއިދަކާއެކު ވެރިކަމަށް ވަޑައިގެން ގޮތަބަޔާއަށް މިއަދު ރައްޔިތުން އެދެނީ ގޭގަ މަޑުކޮށްލެއްވުމަށް

ސަރުކާރު ބަދަލުކުރުމަށް ގޮވާލާ ރައްޔިތުންގެ އަދަދު އެއްދުވަހުން އަނެއް ދުހަހަށް ދަނީ އިތުރުވަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 އެޕްރީލު 2022 | ބުދަ 18:55
ގޮތަބަޔާ ރާޖަޕަކްސް

ގޮތަބަޔާ ރާޖަޕަކްސް

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އާންމު ރައްޔިތުންގެ ނުރުހުން އަމާޒުވެފައި ވީނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް މިވަނީ ވިދާޅުވެފައެވެ. 2019 ވަނަ އަހަރު ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތަބަޔާ ރާޖަޕަކްސްގެ އާއިލާގެ ގިނަ މެމްބަރުން ދިޔައީ ލަންކާގެ އިސް މަގާމުތައް ފުރުއްވަމުންނެވެ. ގައުމުގެ ބޮޑުވަޒީރަކީ މަހިންދަ ރާޖަޕަކްސައެވެ. މިނިސްޓްރީތަކުގެ އެންމެ އިސް ވަޒީރުންގެ ގޮތުގައިވެސް ރާޖަޕަކްސަ އާއިލާގެ ބޭފުޅުން ވަނީ ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް މަސައްކަތްކުރައްވާފައެވެ.

ލަންކާގެ ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާއަށް އުފަންވި ގޮތަބަޔާ ރާޖަޕަކްސަ އަކީ ނުވަބެއިންގެ ތެރެއިން ފަސް ވަނައަށް އެންމެ ދޮށީ ބޭފުޅާއެވެ. 1971 ވަނަ އަހަރު ގޮތަބަޔާ ވަނީ ލަންކާގެ އަސްކަރިއްޔާއާ ގުޅިވަޑައިގެން، ލަންކާގައި 26 އަހަރަށް ދިގުދެމިގެންދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހިންގުނު އޮޕަރޭޝަންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އަސްކަރިއްޔާއިން ރިޓަޔަރ ކުރައްވައި އެމެރިކާގައި ދިރިއުޅުމަށްފަހު 2005 ވަނަ އަހަރު ގޮތަބަޔާ ވަނީ އަނެއްކާވެސް ލަންކާއަށް އެނބުރި ވަޑައިގެން ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ޑިފެންސް ސެކެޓްރީގެ މަގަމާ ހަވާލުވެވަޑައިގެން ދާޚިލީ ހަނގުރާމައިގައި ބައިވެރިވެޑައިގެންފައެވެ.

އދ އިން ވަނީ ލަންކާގެ ދާޚިލީ ހަނގުރާމާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ތަމަޅަ ޓައިގަރުންނާ ލަންކާގެ ސަރުކާރަށްވެސް ކޮށްފައެވެ. މިކަމާ ގުޅިގެން ގޮތަބަޔާއަށް ތުހުމަތުތައް ކުރެވި ކޯޓަށް ހާޒިރުކުރި ނަމަވެސް ގޮތަބަޔާ ވަނީ އާއިލާގެ ނުފޫޒުން ޝަރީއަތުގެ މަރުހަލާއިން ބަރީއަވެވަޑައިގެންފައެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ ބޮޑު ތާއިދަކާއެކު ގޮތަބަޔާ ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ސްރީލަންކާ ޕޮޑުޖަނާ ޕެރަމޫނާ ޕާޓީ ވަނީ މަޖިލީހުގެ އަގުލަބިއްޔަތު ކާމިޔާބުކޮށް ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމު ބޭބޭފުޅު މަހިންދަ ރާޖަޕަކްސައަށް ހޯއްދަވާދެއްވާފައެވެ. ހަ މިލިއަނަށް ވުރެ ގިނަ މީހުންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް މިއަދު އާންމު ރައްޔިތުން ދަނީ ރައީސް ގޮތަބަޔާގެ ގައުމު ހިންގުމުގެ އުސޫލުތަކަށް ފާޑުކިޔާ ގަދައަޑުން އިސްތިއުފާއަށް ގޮވާލަމުންނެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ލަންކާގެ ފޮރިން ރިޒާވް ދަށްވަމުންގޮސް މިހާރު އެގައުމުގެ ބޭރުފައިސާ އެއްކޮށްހެން ވަނީ ހުސްވެފައެވެ. ގައުމުގެ އިގުތިސާދީ ކާރިސާއާއެކު އިޖުތިމާއީ އަދި ސިއްހީ އެތައް ކަމަކާ މިހާރު ލަންކާއަށް ވަނީ ކުރިމަތިލާންޖެހިފައެވެ. އާދީއްތަދުވަހު ސަރުކާރުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން ހެން އިސްތިއުފާ ދެއްވުމާއިމާއެކު މަގާމްތަކަށް ބަދަލު ގެންނަވާ ބައެއް ބޭފުޅުންނަށް އަނެއްކާވެސް އެހެން ވުޒާރާތަކުގެ ވަޒީރުކަން ދެއްވިއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ވުޒާރާކަމަށްވާ ފިނޭންސް މިނިސްޓްރީގެ ވަޒީރުކަށް ދެއްވީ ކުރިން ޖަސްޓިސް މިނިސްޓަރު ކަމުގެ މަގާމު އަދާކުރެއްވި އަލީ ސަބްރީއަށެވެ. އޭނާ ވަނީ މަގާމު ހަވާލުކުރެއްވިތާ އެއްދުވަސް ފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކަންތައްތައް މިހެން ހިނގަމުންދިޔަ ނަމަވެސް ރައީސް ކަމުގެ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ގޮތަބަޔާ ވިދާޅުވެފައިވާއިރު، ސަރުކާރުގެ އެހެން ބައެއް އިސްފަރާތްތަކުން ވެސް ދަނީ ރައީސް ގޮތަބަޔާ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މިހާރު މިއޮތް ހާލަތުން އަރައިގަތުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް އެކަން ގަބޫލު ކުރާ އާންމުން މިހާރު ވަނީ ވަރަށް މަދުވެފައެވެ. ގައުމުގެ ހާލަތު މިހާ ހިސާބަށް ދާންޖެހުނީ ސިޔާސީ ވެރިންގެ އަމިއްލަ އެދުންތައް ބޮޑުވެ ގައުމު ނިކަމެތިވުމުގެ ފުރުސަތު ދިނުމުންކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ލަންކާގެ ރައީސްގެ އިސްތިއުފާއަށް ގޮވާލާ ގެއަށް ވަޑައިގަންނަވަން ގޮވާލާ ރައްޔިތުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާގޮތުން ސްރީލަންކާގައި އިއުލާންކޮށްފައިވާ ސްޓޭޓް އޮފް އިމަރޖެންސީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިހާރުވަނީ އުވާލައްވާފައެވެ.ރައީސް މިފިޔަވަޅު އެޅުއްވީ އިމަރޖެންސީ ހިންގާފަ އޮންނަތާ ފަސްދުވަސް ފަހުން އަންގާރަ ދުވަހު، ގާނޫހު ހަދާމަޖިލީހުގެ ގިނަމެމްބަރުންތަކެއް ވެރިކަން ކުރާ ކޮއެލިޝަން ދޫކުރެއްވުމުން ސަރުކާރުގެ އަޤުލަބިއްޔަތު ގެއްލުމާއި ގުޅިގެންނެވެ. ރައީސް ވިދާޅުވީ ދެންވެސް އަޤުލަބިއްޔަތު އެންމެ ބޮޑު ޕާޓީ އާ ސަރުކާރު ހަވާލުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ކެބިނެޓް ގެ ގިނަ މިނިސްޓަރުން އިސްތިއުފާދެއްވާފައިވާއިރު އަންގާރަ ދުވަހު ވަނީ ގާނޫނު ހަދާމަޖިލީހުގެ 41 މެމްބަރުން ވެރިކަންކުރާ ކޮއެލިޝަނުން ވަކިވެފަ ވެއެވެ. އެއާއެކު 225 މެމްބަރުން ހިމެނޭ މަޖިލީހުގައި ވެރިކަންކުރާޕާޓީގެ އަގުލަބިއްޔަތު ވަނީ ގެއްލިފައެވެ. އެއާހަމަ އެކުއެކީ ވަނީ ރައީސް ގޮތަބަޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަގުފަހިވެގެން ގޮސްފައެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު