Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި މައްސަލަ

އިޤްތިސާދު ހުއްޓޭކަމަށް ވިދާޅުވެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

6 އެޕްރީލު 2022 | ބުދަ 10:23

ރާއްޖޭގެ ބައެއް އަތޮޅުތަކުން ޑީސަލްއެއްކޮށް ހުސްވެފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އެޕްރީލު 2022 | ބުދަ 10:23
ކުއްލި މައްސަލަ ހުށަހެޅުއްވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

ކުއްލި މައްސަލަ ހުށަހެޅުއްވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

ދިވެހިރާއްޖޭގެ އިޤްތިސާދު ހުއްޓުމުގެ ކޮޅުމަތި ފެންނަމުންދާތީވެ ސަރުކާރުން ޚާއްސަ ސަމާލުކަމެއްދީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ފިއުލްސަޕްލައިސް މޯލްޑިވްސްއިން ރާއްޖެއަށް ބޭނުންވާވަރަށް ޑީސަލް ނުގެނެވި، ރާއްޖޭގެ ބައެއް އަތޮޅުތަކުން ޑީސަލްއެއްކޮށް ހުސްވެ، ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ އަމިއްލަފަރާތްތަކާއި، ދިވެހިރާއްޖޭގެ ލޭނާރު ކަމަށްވާ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ ޑީސަލް ނުލިބި، މަހަށް ނުފުރިފައިވާކަމުގެ ޝަކުވާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގެ މަސްވެރިން ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިން ޑީސަލް ފޯރުކޮށްދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅެ، އެވިޔަފާރީގައި އޮތް ވާދަވެރި މާހައުލު ނެތިކޮށް، ފިއުލްސަޕްލައިސް މޯލްޑިވްސްގެ ވެރިންނާއި ގުޅުންއޮންނަ ކުންފުނިތަކަށް އެކަނި ތެޔޮ ލިބޭނެ އިންތިޒާމަކުން ޚާއްސަކޮށް މިދުވަސްވަރު އަމަލު ކުރަމުންދާކަމުގެ ޝަކުވާ ތެލުގެ ވިޔަފާރީގައި މަސައްކަތްކުރާ ކުންފުނިތަކުން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ އިޤްތިސާދު ހަމަ މަގަށް އެޅުވުމުގެ އެންމެ ބޮޑު ހިއްސާއެއްވާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ރިސޯޓްތަކާއި، އުޅަނދުފަހަރަށް ބޭނުންވާވަރަށް ޑީސަލް ނުލިބި އެ ސިނާޢަތު ހުއްޓުމުގެ މަލަމަތި ފެންނަމުންދާތީވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކަށް ފާރަވެރިވެ، ދިވެހިރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް ދުރާލާ ތައްޔާރުވެ ރާއްޖެއަށް އެތެރެކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 110ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށައަޅާ ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ހުޅުވާލުމުން، މަޖިލީހަށް ހާޒިރުވި 58 މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ 53 މެންބަރުންނެވެ. ކުއްލި މައްސަލައާއި އެއްކޮޅަށް ވޯޓް ދެއްވީ 9 މެންބަރުންނެވެ. އަދި ދެކޮޅަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. ވޯޓް ނުދެއްވާ 4 މެންބަން ތިއްބެވިއެވެ. އެހެން ކަމުން މައްސަލަ ވަނީ ބޭރުވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް