Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ7 ރަށެއްގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދުން

7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދަނީ

6 އެޕްރީލު 2022 | ބުދަ 02:35

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުގެ ތެރޭގައި 25 ހޮސްޕިޓަލެއް އެޅުމަށް ޓެންޑަރ ކުރެވި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އެޕްރީލު 2022 | ބުދަ 02:35
ވެލިދޫ ސިއްޙީ މަރުކަޒު

ވެލިދޫ ސިއްޙީ މަރުކަޒު

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މިއިން ކޮންމެ ހޮސްޕިޓަލަކަށް ބިޑް ސެކިޔުރިޓީގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަންޖެހޭނެއެވެ.

Advertisement - newsAdvertisement

30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

- ހދ.ހަނިމާދޫ

- ށ.މިލަންދޫ

- ނ.ވެލިދޫ

- ކ.ތުލުސްދޫ

- އދ.މާމިގިލީ

- ވ.ފެލިދޫ

- ތ.ވިލުފުށީ

މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ 30 އެނދުގެ ހޮސްޕިޓަލްތައް ޓެންޑަރ ކުރެވޭނީ މާރޗް މަހުކަމަށެވެ.  

ފިނޭންސުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. ބީލަމުގައި ބައިވެރިވުމަށް  1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 5 އެޕްރީލް އިން 6 ޖޫންއަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

ބިޑު ހުޅުވުން އޮންނާނީ 9 ޖޫން ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރު ތެރޭގައި 25 ހޮސްޕިޓަލެއް އެޅުމަށް ޓެންޑަރ ކުރެވި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ޓެންޑަރ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައްކަމަށެވެ. ޓާޝަރީ ހޮސްޕިޓަލްތަކަކީ ލ. ގަމުގައި އަޅާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން ގދ. ތިނަދޫ ގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެވެ.

މީގެތެރޭގައި ހިމެނެނީ ލޯނު އެހީގެ ދަށުން އަޅާ ހޮސްޕިޓަލްތަކާއި, ކޮންޓްރެކްޓް ފައިނޭންސްގެ ގޮތުގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, ވޯލްޑް ބޭންކުގެ އެހީގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, ޑޯންޗަރ ބޭންކުގެ ލޯނުގެ އެހީގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލްތަކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް