Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމަރަފުށީ ހަރުކަށި ފިކުރު

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2022 | އަންގާރަ 06:55
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގެ ތެރެއިން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގެ ތެރެއިން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓު ސިއްރުކޮށް ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލައިގެ ދެވަނަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ހޯމަ ދުވަހުއެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތަކަށް އެދިފައިވާތީ މައްސަލަ ރީޝެޑިއުލް ކުރެއްވީއެވެ. ނަމަވެސް އަންގާރަ ދުވަހުގެ އަޑުއެހުމަށްވީއިރު، ވަކީލަކު އައްޔަނު ކޮށްފައިވަނީ ހަމައެކަނި އަބްދުﷲ ޝަރީފް އެކަންޏެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުން ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވަނީ މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރުގައި ހިމެނޭ ބައެއް ނަންބަރުތައް އިސްތިއުނާފު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ނުކުތާތަކަށް ވަކީލު ވަނީ ވަކިވަކިން އަލިއަޅުވާލައްވާފައެވެ.

ސިއްރު ހެކީގެ ގޮތުގައި ހުށައެޅި 23 ހެކިންގެ ތަހުގީގީ ބަޔާން:

މި މައްސަލަ ދަށު ކޯޓުން ބެއްލެވި ގާޒީ ވަނީ ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް އެއްކޮށް ސިއްރު ކުރުމަކީ ދިފާއު ބިނާކުރުމަށްޓަކައި ލިބޭ ޙައްޤަށް އުނިކަން އަންނާނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ވުމާއެކު، ހެކިންގެ ވަނަވަރާއި، ހެކިވެރިންނަކީ ކޮން ބައެއްކަން އެނގޭނެ ފަދަ މައުލޫމާތު އުނި ކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ހިއްސާ ކުރުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް، މި ބަޔާންތަކުގައި ހިމެނޭ ހެކިވެރިންގެ ވަނަވަރު އުނި ކުރުމަކީ އަދި ހެކިންގެ ސިއްރުކަން ދެމެހެއްޓިގެންދާނެ ގޮތެއް ނޫންކަމަށް ދައުލަތުގެ ފަރާތުން އިސްތިއުނާފު ހުށައަޅުއްވަމުން ޝަފީއު ވިދާޅުވިއެވެ. އެ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިވެރިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރު ކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީއު ވިދާޅުވީ، ސިއްރު ހެކިން ހުށައަޅާ ސަބަބުތައް ދައުލަތުން ބަޔާން ކޮށްދީފައިވާނެ ކަމަށާއި، އެ ސަބަބުން ދިފާއުވުމަށް ދިފާއުއަށް ފުރުސަތު އެބައޮތް ކަމަށެވެ.

އައިސިސްގެ ފަރާތުން ރާއްޖޭގައި އަމީރަކު ކަނޑައެޅިކަމަށް ބުނެ ފޮނުވާފައިވާ ސިޓީއަކާއި ރަސްމީ ލިޔުމެއް:

މި ހެކީގެ ބައެއް މައުލޫމާތުތައް އުނި ކުރުމަށްފަހުވެސް ދިފާއުއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅު ހަދައެވެ. ދައުލަތުން އެދުނީ އެ ލިޔުންތަކުގެ ތަރުޖަމާ ތައްޔާރުކުރި ފަރާތުގެ ނަން އުނިކުރުމަށްފަހު، ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް ބެލޭނެ ގޮތަށް ހެކި ރައްކާތެރި ކޮށްދެއްވުމަށެވެ. ނަމަވެސް އެ ހެކިވެސް ތަރުޖަމާ ކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު ހާމަކުރެއްވުމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފައެވެ.

ޝަފީއު ވިދާޅުވި ގޮތުގައި އެފަދަ ލިޔެކިޔުންތައް ރާއްޖޭގައި ގެންގުޅުމަކީވެސް ފުރަތަމަ ކަމަކަށް މަނާ ކަމެކެވެ. އެހެންނަމަވެސް، އެ ލިޔުންތައް ދިފާއުއަށް ދޫކުރުމަށް ނިންމުމުން، މުޅި ނިޒާމު ވަކި ގޮތަކަށް ހިންގުމަށް އޮންނަ މަޤްސަދަށް ފުށުއަރާކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓުން އެގޮތަށް ނިންމިއިރު، މައްސަލައިގެ ޒާތާއި ބާވަތަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައިނުވާކަން ވަކީލު ޝަފީއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ހަމަޖެހޭ ކަމެއް ނޫނެވެ.

ޝަފީއު ވިދާޅުވި ގޮތުގައި އައިސިސްގެ އެ ލިޔުންތަކަކީ ފަތުވާއެއްގެ ގޮތަށް ބިނާކޮށްފައިވާ ލިޔުންތަކެކެވެ. މިއީ ސީދާ އައިސިސްއިން ދޫކޮށްފައިވާ ލިޔުންތަކެއްކަން އެނގޭ އިންޓެލިޖެންސް ރިޕޯޓުވެސް ލިބިފައިވާއިރު، މިއީ ނުހަނު ޙައްސާސް ލިޔުންތަކެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

ތަހުގީގު ކުރި ފަރާތުގެ ބަޔާން:

މައްސަލައިގެ ތަހުގީގު ބަޔާންވެސް އެއްކޮށް ސިއްރު ކޮށްދިނުމަށް ދައުލަތުން ދަށު ކޯޓުގައި އެދިފައިވާއިރު، ހެކި ރައްކާތެރި ކުރުމަށް ދައުލަތުން އެދިފައިވާ ގޮތަކީ، ބަޔާންތައް ސިއްރުކޮށް، އެއީ ކޮން ހެކިންތަކެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމެވެ. މި ބަޔާންތަކުގައި މިފަދަ މައްސަލަތަކުގައި ފުލުހުން ބޭނުންކުރާ އުކުޅުތަކާއި، ތަހުގީގުގެ ތަރުތީބު ބަޔާންކުރާ ގޮތުގެ މައުލޫމާތުތައް ހިމެނޭ ކަމަށެވެ. ނަމަވެސް ދަށު ކޯޓުން މައްސަލަ ބެއްލެވި ގާޒީ ވަނީ ދައުލަތުން ބުނެފައިވާ ގޮތަށް ސިއްރު ކުރަން ޖެހޭ ފަދަ އުކުޅެއް ފުލުހުން ބޭނުންކޮށްފައިވާކަން މި ތަހުގީގު ބަޔާނުން އެނގެން ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަކުރެއްވުމަށް ނިންމަވާފައެވެ.

ފުލުހުން ބޭނުންކުރާ އުކުޅުތަކާއި، ތަހުގީގުގެ ތަރުތީބު ބަޔާންކުރާ ގޮތުގެ މައުލޫމާތުތައް މި ބަޔާންތަކުގައި ހިމެނޭއިރު، އެއީ ހާމަވާން ޖެހޭ މައުލޫމާތުތަކެއް ނޫންކަމަށް ދައުލަތުން ދެކެއެވެ. މިއީ ކުށްކުރާ މީހުން ސަލާމަތްވުމަށް ހުޅުވޭ ދޮރަކަށް ވެދާނެކަމަށް ދެކިވަޑައިގަންނަވާކަމުގައި ހައިކޯޓުގައި އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވަމުން ޕްރޮސެކިއުޓަރ ޝަފީއު ވިދާޅުވިއެވެ.

އިންޓެލިޖެންސް ރިޕޯޓުތައް:

މި ރިޕޯޓުތައް ޝަރުތުތަކަކާއެކު ޝަރީއަތް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުމަށް ދައުލަތުން އެދެއެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި މުޖުތަމައަށް ސިއްރުކޮށްފައި އޮންނަ އެއްޗެއް ކަމަށާއި، އެ ނަކަލު ކުރުމަށްފަހު ދޫކޮށްފިނަމަ މުޖުތަމައަށް ބޭރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ މި ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަކުރެއްވުމަށް ނިންމަވާފައެވެ. ގާޒީ ވަނީ އިންޓެލިޖެންސް ރިޕޯޓު ޝަރީއަތަށް އައިސް ބެލުމާއި، ވަކީލުންގެ އަތަށް ދޫކުރުމާ މެދު ވަކި ތަފާތު ނަތީޖާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ޝަފީއު ވިދާޅުވި ގޮތުގައި މި އިންޓެލިޖެންސް ރިޕޯޓުތަކުގައި ދައުވާ ލިބޭ ފަރާތްތަކުގެ އިތުރުންވެސް އިތުރު މީހުންގެ މައުލޫމާތުތައް ހިމެނެއެވެ. މި ރިޕޯޓުތަކުގައި ރާއްޖޭގެ ދާޚިލީ ހަމަޖެހުމަށް ލޮޅުން އަންނާނެ ފަދަ ކަންކަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތުތައްވެސް ހިމެނޭއިރު، މި ރިޕޯޓުތައް ނަކަލު ކުރުމަށްފަހު ދޫކުރުމަށް ދައުލަތުން އިއުތިރާޒު ކުރެއެވެ. މިސާލެއްގެ ގޮތުން ވަކީލަކު ނެތް ޙާލަތުގައި ލިޔެކިޔުންތައް ދޫކުރަނީ ދައުވާ ލިބޭ ފަރާތްތަކަށް ކަމަށްވާއިރު، ދަށު ކޯޓުން މައްސަލަ ނިންމިއިރު، މުޖުތަމައުގެ ސަލާމަތަށް ރިއާޔަތް ކޮށްފައިނުވާކަމަށް ހައިކޯޓުގައި ޝަފީއު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި އަބްދުﷲ ޝަރީފުގެ ވަކީލު ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާ ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އޭނާގެ ވަކީލު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެއަށްފަހު ދައުވާ ލިބޭ އެހެން ފަރާތްތައްވެސް ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދީފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އަބްދުﷲ ޝަރީފުގެ ވަކީލު ދެއްކެވި ވާހަކަތަކަށް ތާއީދުކުރާކަމަށް ބުނެފައެވެ.

އެއަށްފަހު ފަނޑިޔާރުން ސާފުކުރައްވަން ބޭނުންވާ ކަންކަން ވަނީ ސާފުކުރައްވާފައެވެ. އަދި އެއަށްފަހު އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު