Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހީތުގެ މަރުގެ މައްސަލަ

މުހީތުގެ މަރު: ކުށް ސާބިތުވި ދެމީހުންނަށް ވަކީލަކު އައްޔަނު ކުރަން ހައިކޯޓުން ފަހު ފުރުސަތު

އަންގާރަ ދުވަހު ވަނީ ހައިކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންގޮސްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2022 | އަންގާރަ 05:18
އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން

އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން

އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާ ކުރިއެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން 7 މެއި 2019 ގައި ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ، މުހީތު މަރުވެފައިވަނީ މުހްޖަތު އަހްމަދު ނާސިހާއި އިތުރު ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނުމުން ލިބުނު ޒަހަމުތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުން މެރުމަށް ކޮށްފައިވާ ހުކުމުގައިވާ ގޮތުން މުހީތުގެ ހުރިހާ ވާރިސުން ބޭނުންވަނީ ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށެވެ. އަދި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އަންގާރަ ދުވަހު ވަނީ ހައިކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް، މި އަޑުއެހުމުގައި މައިމޫނާއި މުހުޖަތު ބައިވެރިވެފައިވަނީ ވަކީލަކާއި ނުލައެވެ. އެމީހުން ވަނީ އަޑުއެހުން ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ބުނެފައެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން، ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހާތިފް ހިލްމީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފަހު ފުރުސަތު ދެއްވާފައެވެ. އަދި ގިނަ ދުވަސްވީ މައްސަލަތަކަށް އިސްކަންދީގެން ހައިކޯޓުން މައްސަލަތައް ބަލަމުންދާއިރު، މި މައްސަލައިގެ ގަޒިއްޔާއަށްވެސް ދުވަސްތަކެއް ވެފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އެގޮތުން ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އަދި ވަކީލަކާއި ނުލައި ހާޒިރުވި ނަމަވެސް، ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށް ފަނޑިޔާރު ހާތިފް ހިލްމީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު