Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކުރިއަށް ނުގެންދެވުނު

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 10:30ށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 06:46
119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ނިމިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އަޑުއެހުން ކެންސަލްވެފައިވަނީ ޕީޖީ އޮފީހުގެ ވަކީލުންނަށް ކޯޓު އަމުރު ލިބިފައިނުވާކަމަށް އެ އޮފީހުން ބުނެފައިވާތީއެވެ. ވުމާއެކު، މި މައްސަލައިގެ އަޑުއެހުން ވަނީ 19 އޭޕްރީލްއަށް ރީ ޝެޑިއުލްކޮށްފައެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 23 މާރޗު 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެ 3 މީހުންގެ މައްޗަށްވެސް ކުރާ ދައުވާ އިއްވާފައިވާއިރު، 3 މީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެއަށްފަހު ހެކި ހާމަކުރުމުގެ ކުރިން ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ 3 އިންޓެލިޖެންސް ރިޕޯޓެއް ސިއްރުކޮށްދިނުމަށް ދައުލަތުން އެދެއެވެ. ސަބަބަކީ އެ ރިޕޯޓުތަކުގައި މިހާރުވެސް ކުރިއަށްދާ ތަހުގީގުތަކަކާއި ގުޅޭ މައުލޫމާތުތަކެއް ހިމެނޭތީ އާއި، އެ ފަރާތްތަކަށް އެ މައުލޫމާތުތައް ލިބިއްޖެނަމަ ހެކި ނައްތާލުމުގެ އިހްތިމާލު އޮތުމުންނެވެ.

އެހެންނަމަވެސް، ދިފާއީ ވަކީލުންނާއި ދައުވާ ލިބޭ ފަރާތްތައް ކޯޓަށް ހާޒިރުވެ، މުޅި ރިޕޯޓު ބެލުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. އެހިސާބުން ދިފާއުން ވަނީ ތަހުގީގު ކުރިއަށްދާ ބައެއްގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ދިފާއަށް ދޫކުރުމާއި، ކޯޓަށް ހާޒިރުވެ، އެ ރިޕޯޓު އޮތް ގޮތަށް ބަލައި، ބޭނުންވާ މައުލޫމާތުތައް ނޯޓުކޮށްގެން ދިއުމާ ހުރި ތަފާތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އެ މައުޟޫއަށް ދައުލަތާއި ދިފާއުންވެސް ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީވެސް ވަނީ ދައުލަތަށް ސުވާލެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ގާޒީ ދީބާނާޒް ވަނީ، އެ ދެ ޙާލަތުގައި ތަހުގީގަށް ހުރަސް އެޅުމަށް އޮތް ތަފާތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެހެންނަމަވެސް އެ ސުވާލަށްވެސް ދައުލަތުން ދިން ޖަވާބަކީ މުޅި ރިޕޯޓު ދޫކޮށްފިނަމަ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެކަމެވެ.

އެހިސާބުން ގާޒީ ދީބާނާޒް ފަހުމީ ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރާއި ގުޅޭގޮތުން ދައުލަތުން ހުށައަޅާފައިވާ ހުށައެޅުމަށް ބަދަލެއް ގެނައުމަށް ހިޔާލު ހުށައަޅުއްވާފައެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓުތަކުގައި ހިމެނޭ ސިއްރު ކުރަންޖެހޭ މައުލޫމާތު ސިއްރު ކުރުމަށްފަހު ދިފާއުއަށް ރިޕޯޓު ދޫކުރުމާއި، ދިފާއުން މުޅި ރިޕޯޓު ބަލަން ބޭނުންވާނަމަ، ދައުލަތުން އެދިފައިވާ ގޮތަށް ކޯޓަށް އައިސް ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބެލޭނެ ގޮތް ހެދުމާމެދު އިއުތިރާޒެއް އޮތްތޯ ގާޒީ ސުވާލު ކުރެއްވިއެވެ. އެގޮތަށް އެންމެ ރަނގަޅުކަމަށް ދައުލަތާއި ދިފާއުންވެސް ދެކެއެވެ. ވުމާއެކު އެގޮތަށް އަމުރު ނެރުއްވުމަށް ގާޒީ ނިންމެވިއެވެ.

ދެން ކުރިއަށް ދިޔައީ ދައުލަތުން ހެކި ހާމަ ކުރުމެވެ. އެއަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި ދިފާއީ ހެކި ހާމަކުރުން އޮންނާނެކަމަށް ގާޒީ އެ ދުވަހުވަނީ ވިދާޅުވެފައެވެ.

މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެކެވެ. އެގޮތުން ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު