Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ބެންޒިމާގެ ދެ ޕެނަލްޓީން ރެއާލް މޮޅު

ބެންޒިމާ ސީޒަންގައި ޖެހި ލަނޑުގެ އަދަދު 34 އަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 އެޕްރީލު 2022 | އާދީއްތަ 02:14
ލަނޑު ޖެހުމަށްފަހު ބެންޒިމާ އުފާފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ބެންޒިމާ އުފާފާޅުކުރަނީ

މެޗުގައި ރެއާލް މެޑްރިޑަށް ލިބުނު ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނު ދެޕެނަލްޓީން މޮޅުވެ, ރެއާލް މެޑްރިޑް އެއްވަނާގައި ލީޑް ހިފަހައްޓައިފިއެވެ. ލަލީގާގައި ރެއާލް މެޑްރިޑް ހޮނިހިރު ދުވަހުގެ ރޭ ކުރި ހޯދީ ސެލްތަވީގޯއާ ވާދަކޮށް 2-1 ނެވެ.

މެޗުގައި ރެއާލްއިން ލީޑް ނެގީ 19 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ހާފް ނިމުމުގެ ކުރިން ސެލްތަވީގޯގެ ތިއާގޯ ގަލްހާޑޯ ގޯލެއް ޖެހިނަމަވެސް އެގޯލް ރެފްރީ ބަލައެއް ނުގަތެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި ނޮލީޓޯ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ހަތް މިނިޓްފަހުން ރެއާލްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކެޕްޓަން ބެންޒިމާއަތުން ބޭކާރުވީއެވެ. އެޕެނަލްޓީ ކީޕަރު މަތަކުރީއެވެ. ދެވަނަ ފަހަރަށް ރެއާލްއިން ކުރި ހޯދީ 70 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ބެންޒިމާ ކާމިޔާބުކޮށްގެންނެވެ. މިއީ މިސީޒަންގެ ހުރިހާ މުބާރާތެއްގައި ބެންޒިމާ ރެއާލްއަށް ކާމިޔާބުކޮށްދިން 34 ވަނަ ގޯލެވެ. އަދި މިއީ ބެންޒިމާގެ ކެރިއަރުގައިވެސް އެންމެ ރަނގަޅު ރެކޯޑެވެ.

މިމޮޅާއެކު ރެއާލް މެޑްރިޑް އެއްވަނާގައި އޮތީ 12 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ 69 ޕޮއިންޓާއެކުއެވެ. ދެވަނާގައި ސެވިއްޔާ އޮތީ 57 ޕޮއިންޓާއެކުއެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު