Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރޯދަ އޮފަރތައް

ރޯދަ މަހަށް ޚާއްސަ އޮފަރތަކެއް ދިރާގުން ތައާރަފުކޮށްފި

1 އެޕްރީލު 2022 | ހުކުރު 14:36

އޮފަރތައް ތައާރަފުކޮށްފައިވަނީ ހުކުރު ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އެޕްރީލު 2022 | ހުކުރު 14:36
ދިރާގު ޕްރެސް

ދިރާގު ޕްރެސް

ރޯދަ މަހަށް ޚާއްސަ އޮފަރތަކެއް ދިރާގުން ތައާރަފުކޮށްފިއެވެ.

މި އޮފަރތައް ތައާރަފުކޮށްފައިވަނީ ހުކުރު ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރ އިވެންޓްސް އެންޑް އެޑްވަޓައިޒިންގ ޝާރިއު އާދަމް ވިދާޅުވީ މި އޮފަރތައް ކަސްޓަމަރުންނަށް ހުޅުވާލީ ރޯދަ މަހު ދިރާގުގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި މި އޮފަރތަކުގެ ބޭނުން އެންމެން ފުރިހަމައަށް ކަސްޓަމަރުން ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ޝާރިއު ވިދާޅުވިއެވެ.

ދިރާގުން ބުނީ ހުރިހާ ފައިބަރ ބްރޯޑްބޭންޑް ރެޒިޑެންޝަލް ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު ޑޭޓާ އޭޕްރިލް މަސް ނިމެންދެން ލިބޭނެ ކަމަށެވެ. އަދި މިއީ ދީނީ މައުލޫމާތުގެ އިތުރުން މުނިފޫހިފިލުވުމަށާއި އެމީހަކަށް ކަމުދާ ރެސިޕީ ބަލާލުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ.

މީގެއިތުރުން ދިރާގު މޮބައިލް ކަސްޓަމަރުންނަށް ވެސް ވަނީ އޮފަރތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ދިރާގު މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ޑޭޓާ ގިފްޓް މީހަކަށް ހަދިޔާ ކުރުމުން، އެ ގަންނަ ޖީބީގެ އިތުރުން، 100 އިންސައްތަ އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ކޮންމެ މަންތްލީ ޕްލޭނެއް އެކްޓިވޭޓް ކުރުމުން ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާ ބަންދެއްގައި 2 ޖީބީ ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމިއްލަ ވޮއިސް ޕްލަސުން 50 އިންސައްތަ ޑިސްކައުންޓް ވެސް ލިބިގެންދެއެވެ.

ދިރާގު ޓީވީ ގެންގުޅޭ ކަސްޓަމަރުންނަށް ވެސް ހުރިހާ ޗެނަލްތައް އެއްވެސް ޗާޖަކާއި ނުލާ ނެގުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އަދި ގޯލްޑް ޕެކޭޖް ގެންގުޅޭ ކަސްޓަމަރުންނަށް ރޯދަ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަސް މީހަކަށް އިފްތާރް ޕެކޭޖް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެއިތުރުން ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ދިރާގު ޕޭ އަދި ވެބްސައިޓް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި4545# އަށް މެސެޖްކޮށްގެން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

ދިރާގު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް