Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތުގެ ކުރިއެރުން

އިންތިޒާމްވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވޯކްތަކުގެ ގުޅުމަކީ، ރާއްޖޭގެ އަމާންކަމާއި، ޞުލްޙަމަސަލަސްކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން - ރައީސް

61 ރަށެއްގައި ޕޮލިސްސްޓޭޝަން އިމާރާތް ކުރުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2022 | ހުކުރު 08:31
ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އިންތިޒާމްވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވޯކްތަކުގެ ގުޅުމަކީ، ރާއްޖޭގެ އަމާންކަމާއި، ޞުލްޙަމަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިޒާމްވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވޯކްތަކުގެ ގުޅުމަކީ، ރާއްޖޭގެ އަމާންކަމާއި، ޞުލްޙަމަސަލަސްކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށާއި، މިހާރު މިކަން އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކާއި ހަމައަށް އުފުލާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިކަންކަން ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް ޚާއްޞަ ޓާސްކް ފޯސްތަކެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި މީގެ ހެޔޮ ބަދަލު އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ފެންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް ކުށްވެރިން ހިތްހެޔޮނުވާ ބަޔަކީ ފުލުހުން ކަމަށެވެ. އެއީ އެކި ގޮތްގޮތުން އެމީހުން ހިންގާ ޖަރީމާތަކާއި، ޑްރަގް ވިޔަފާރިއަށް ހުރަސްއަޅައި ހުއްޓުވާ ބަޔަކީ ފުލުހުން ކަމަށްވާތީއާއި ގޭ ބިންގަރާހުގައި ގުދަންކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން ކަމަށްވާތީ ކަމުގައެވެ. އަދި އަނެއްކޮޅުން އެމީހުންގެ ބޯޓުތައް ރާއްޖެ ވަނުމުގެ ކުރިން ހިފަހައްޓައި އަތުލައިގަތުމުގައި އަވަށްޓެރި ޤައުމުތަކުންދޭ އެހީތެރިކަން ފުލުހުންނަށް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމުގައި އެބައިމީހުންނަށް ހިމަ ނަރެއްގެ ޖާގަވެސް ނުދެއްވުމަށް ގަދައަޅައި ފުލުހުން ކުރައްވާ މިންނެތް ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ދިވެހި ފުލުހުންނާއި، ކަސްޓަމްސްއާއި، ދިވެހި ސިފައިން އަދި މިކަމުގައި އެ މުއައްސަސާތަކަށް އެހީތެރިވެދޭ ބައިނަލްއަޤްވާމީ ގުޅުންތަކާއި، އަވަށްޓެރި ޤައުމުތަކަށްވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވިދާޅުވީ 89 އަހަރުވިޔަސް، ޙަޤީޤަތުގައި ފުލުހުންނަށް ބޭނުންވާ، ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގައި ކަމަށެވެ. ޚާއްޞަކޮށް، ފުލުހުންގެ ބެރެކްސްތަކާއި، މަސައްކަތްކުރާ މާޙައުލުގައި ހުންނަންޖެހޭ ފަސޭހަކަން، އޭގެ ގާތަކަށްވެސް ފުރިހަމަވެފައެއް ނެތް ކަމަށެވެ. އަދި ލިބޭ ހުނަރާއި ތަމްރީނާ އެކުއެކީ، ފުލުހުންނަށް ބޭނުންވާ އުޅަނދުފަހަރާއި، ވެހިކަލްތަކާއި، އެހެނިހެން ވަސީލަތްތައްވެސް މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރަން ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި، 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢުމްރާނީ ވަސީލަތާއެކުއެކީ، ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު މިދަނީ އަލިވަމުން ކަމަށާއި، މިއީ ރައްކާތެރި، އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެއްދުވަހުން އަނެއްދުވަހަށް ދުނިޔެ ބަދަލުވަމުން ދަނީ ޓެކްނޮލޮޖީގެ އައު މަރުޙަލާއަކަށް ކަމަށާއި ޓެކްނޮލޮޖީގެ ފަސޭހަތައް ފުލުހުންނަށް ފަހިވުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚިދުމަތް ދިނުމާއި، ޚިދުމަތް ލިބިގަތުމުގައި އަދުގެ ޒަމާން ބަރޯސާވާން ޖެހިފައިވަނީ ޓެކްނޮލޮޖީއަށް ކަމަށާއި، ޕޮލިސް އެޕްލިކޭޝަނަކީ، މި މަގުން ކުރިއަށް އެޅި ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުން އަލަށް ބޭނުންކުރަން ފެށި ބޮޑީ ކެމެރާއަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އިންސާނީ ޤަދަރާއި ކަރާމާތާއެކު، ދެފުށް ފެންނަ ނިޒާމަކުން ތަޙުޤީޤު ހިންގޭނެވެސް ވަސީލަތެއް ކަމަށެވެ. ކުރެވޭ ތުހުމަތާއި އިލްޒާމްތަކުން ބަރީއަވެ، ކުށެއް ނުކުރާނަމަ، އެކަން ސާބިތުކުރެވޭނެ މަގެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑީ ކެމެރާއަކީ ފުލުހުން ޒިންމާދާރު ކުރުވާ ވަސީލަތެކޭ ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި، އެމަނިކުފާނު ދަންނަވަން ބޭނުންވަނީ، އޭގެ އަނެއްފަރާތްވެސް އޮތް ވާހަކަފުޅު ކަމަށެވެ. އަދި ފުލުހުންނާއި މުޢާމަލާތު ކުރުމުގައި ކުށެއް ކުރާނަމަ، އެ ކުށްކުރި މީހާގެ ކުށް ސާބިތު ކުރުމަށްވެސް ބޮޑީ ކެމެރާ ނުހަނު މުހިންމު ކަމަށާއި، ޙަޤީޤީ ބޭނުމަކީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު