Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތަކުގެ ޓްރެފިކް ބެލެހެއްޓުން

ރަމަޟާން މަހާއި ދިމާކޮށް މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ޚާއްސަ ޕްލޭންތަކެއް

1 އެޕްރީލު 2022 | ހުކުރު 03:39

ރޯދަވީއްލާ ވަގުތާއި ދިމާކޮށް މަގުތައް ބާރުބޮޑުވުން ކުޑަ ކުރުމާއި ގުޅޭ އިރުޝާދުތައް ދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އެޕްރީލު 2022 | ހުކުރު 03:39
ރަމަޟާން މަހާއި ދިމާކޮށް މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ޚާއްސަ ޕްލޭންތަކެއްވަނީ އެކުލަވާލާފައި

ރަމަޟާން މަހާއި ދިމާކޮށް މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ޚާއްސަ ޕްލޭންތަކެއްވަނީ އެކުލަވާލާފައި

ރަމަޟާން މަހާއި ދިމާކޮށް މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ޚާއްސަ ޕްލޭންތަކެއް ރާވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވަނީ ރަމަޟާން މަހާއި ގުޅިގެން މަގުތަކާއި ޓްރެފިކް ބެލެހެއްޓުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވާފައެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް މަގުތައް ބެލެހެއްޓުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއަހަރުވެސް އެކަމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ފަސީހު ވިދާޅުވީ، މަގުމަތި ބަލަހައްޓާ ފުލުހުންނަކީ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ޤާބިލުކަން ލިބިފައިވާ ފުލުހުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޓްރެފިކް ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރުމަށް ރޭވިފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަމަޟާން މަހާއި ދިމާކޮށް މިސްކިތްތައް ހުންނަ ސަރަޙައްދުގެ މަގުތައް ބަލަހައްޓައި، ފަސޭހައިން ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެންމެ ބާރުބޮޑުވާ މިސްކިތްތަކާއި، ވަކިން ޚާއްސަކޮށް ތަރާވީސް ވަގުތުގައި އެންމެ ބާރުބޮޑުވާ މިސްކިތްތައް ހުންނަ ސަރަޙައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ޚާއްސަ ޕްލޭންތަކެއް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަސީހު ވިދާޅުވީ، ޕާކިން މައްސަލަ އިތުރަށް ޙައްލު ކުރުމަށްޓަކައި، ގިނަ ދުވަސްވީ ވެހިކަލްތައް އެފަދަ ސަރަޙައްދުތަކުން ނަގަމުން ގެންދާނެ ކަމަށެވެ.

މިސްކިތްތަކުގެ އިތުރުން، މާރުކޭޓު ސަރަޙައްދުގައިވެސް ވަކި ގަޑިތަކަކަށް ބަހާލައިގެން ޓްރެފިކް ބެލެހެއްޓުމަށް މަސައްކަތްތަކެއް ރޭވިފައިވާކަމަށް ފަސީހު ވިދާޅުވިއެވެ. އެގޮތުން ބާޒާރުމަތީގައި އާންމުކޮށް އުޅޭ ފަރާތްތަކަށް އެ ބަދަލުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދު ޕާކު ނުކުރެވޭނެ ސަރަޙައްދުތަކާއި، ހަތަރުފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެ ގޮތަށް ކަނޑައަޅާފައިވާ މަގުތަކަކީ ކޮބައިކަން އެންގިފައިވާކަަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކުޑަކުދިންނާއެކު ވަކިން ޚާއްސަކޮށް ރަމަޟާން މަހު ހަވީރު ނުކުމެ އުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެންނަވާ ބަދަލުތަކެއްކަމަށް ފަސީހު ވިދާޅުވިއެވެ.

މީގެއިތުރުން، ބްރިޖު ސަރަޙައްދުގައި ހަވީރު އެއްކޮށް ފުލުހުން ޑިއުޓީ ކުރާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އޭގެ ކުރީގެ ވަގުތުތަކުގައިވެސް ބާރު ބޮޑުވާކަމުގައި ވާނަމަ، ފުލުހުން އެ ސަރަޙައްދުވެސް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. އެ ވަގުތުތަކުގައިވެސް އާންމުންނަށް ވީހާވެސް ފަސޭހައިން ދަތުރުތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން އޭނާ ވިދާޅުވިއެވެ.

ރޯދަވީއްލާ ވަގުތާއި ދިމާކޮށް މަގުތައް ބާރުބޮޑުވުން ކުޑަ ކުރުމާއި ގުޅޭ އިރުޝާދުތައް ދިނުމާއި، މަގުތައް ބެލެހެއްޓުމަށް އެ ވަގުތުތަކުގައިވެސް ފުލުހުން މަގުތަކުގައި ޙަރަކާތްތެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާރުދަމާއި ދިމާކޮށް ބުރުޖަހަން ނުކުންނަ މަގުތަކާއި، އެކަމުގެ ސަބަބުން ބާރުބޮޑުވާނެ ސަރަޙައްދުތަކުގައިވެސް ޓްރެފިކް ކޯން ބަހައްޓައިގެން ފުލުހުން ޙަރަކާތްތެރިވާ ގޮތަށް އިންތިޒާމުތައް ރޭވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން، ހުޅުމާލޭގައިވެސް ބޮޑެތި މަގުތަކުގައި ޚާއްސަ އިސްކަމެއްދީގެން ފުލުހުން މަގުތައް ބަލަހައްޓާނެކަމުގައި ފަސީހު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް