Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް ޑްރަގް އެތެރެކުރުން

މަސް ފޮށިގަނޑެއްކަމަށް ބުނެ 4 ކިލޯއަށްވުރެ ގިނަ ކެނެބިސް އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް

ޙުކުމުގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގަވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2022 | ބުދަ 08:01
ކްރިމިނަލް ކޯޓް- މި މައްސަލަ ނިންމެވީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ކްރިމިނަލް ކޯޓް- މި މައްސަލަ ނިންމެވީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ރާއްޖެއަށް ކެނެބިސް އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ކުރި މި ޙުކުމުގައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ގޮސްޕެލް ބައިރަގީގެ މައްޗަށް ކޮށްފައިވާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ރާއްޖެއަށް އައިއިރު، އެއާޕޯޓުން އޭނާގެ ލަގޭޖު ފާސްކުރިއިރު ކެނެބިސް ފެނިފައިވާތީއެވެ. އެއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭގައެވެ. އެގޮތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ގެނައި ފޮށިގަނޑެއްގެ ތެރޭގައި ބަންދުކޮށްފައި ހުއްޓައެވެ.

ކަސްޓަމްސް އޮފިސަރުން ބުނެފައިވާ ގޮތުގައި އޭނާގެ ލަގޭޖު އިތުރަށް ބަލައި ފާސްކުރީވެސް އޭނާގެ ކިބައިން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނުމުގެ ސަބަބުންނެވެ. އެގޮތުން އޭނާގެ ޙަރަކާތްތައް ހުރި ގޮތާއި، އޭނާއާއި ކުރި ސުވާލުތަކަށް ޖަވާބު ދިން ގޮތުގެ އިތުރުން، އޭނާ ހުރި ގޮތާއި، އޭނާގެ "އައި މޫވްމަންޓް" ތަކުން އޭނާއާމެދު ޝައްކު ކުރެވޭ ކަންކަން ފެނިފައިވާކަމަށް ހެކިވެރިން ބުނެއެވެ.

އަދި އޭނާ ގެނައި ލަގޭޖު ފާސްކުރަން އުޅުމުން އޭނާ ރުޅިގަދަވިކަންވެސް ހެކިވެރިން ވަނީ ފާހަގަކޮށްފައެވެ.

އެ ފޮށިގަނޑާމެދު ޝައްކު ކުރެވިގެން ކަސްޓަމްސް އޮފިސަރުން އެ ޗެކުކުރަމުން ދަނިކޮށް އޭނާ ވަނީ އެތަނުން ފިލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ކަސްޓަމްސް އޮފިސަރުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް، އޭނާގެ ހާޒިރުގައި އެ ފޮށިގަނޑު ބަލައި އޭގެން މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

އެ ތަކެތީގެ ޖުމުލަ ބަރުދަނުގައި 4448 ގްރާމް ހުރިކަމަށް ހެކިވެރިން ވަނީ ބުނެފައެވެ.

އިބްތިދާއީ މަރުޙަލާގައި ދައުވާއަށް އޭނާ އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށައަޅާފައެވެ. އެގޮތުން އޭނާ ބުނާ ގޮތުގައި އެއީ މަސް ފޮށިގަނޑެއް ކަމަށް ބުނެ، ލިޓަން ކިޔާ މީހަކާއި ޙަވާލު ކުރަން އޭނާގެ ބޭބެ ދިން ފޮށިގަނޑެއް ކަމަށް ބުނެފައިވެއެވެ.

ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވި މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާތީ އޭނާ އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ. ޙުކުމުގައި ވަނީ އެ ފައިސާ 29 މާރޗުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގަވާފައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު