Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަބްމެރިން ކޭބަލް

ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭގެ މަސައްކަތް އޭޕްރިލް މަހު ނިމޭނެ

އޯޝަން ކެނެކްޓުން އަމާޒު ހިފާފައިވަނީ ރެކޯޑް ވަގުތެއްގައި ކޭބަލް އެޅުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 މާރިޗު 2022 | ބުދަ 06:36
ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭއަށް ރާއްޖެ އައިސްފައިވާ ބޯޓު

ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭއަށް ރާއްޖެ އައިސްފައިވާ ބޯޓު

ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭގެ މަސައްކަތް އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ނިމޭނެ ކަމަށް އޯޝަން ކަނެކްޓް މޯލްޑިވްސް އިން ބުނެފިއެވެ.

މި ސަރވޭ ކުރިއަށް ގެންދިޔުމަށްޓަކައި "އޯޝަން ސާވޭޔާރ" ނަމަކަށް ކިޔާ ބޯޓެއް ވަނީ ރާއްޖެ އައިސްފައެވެ. އޯޝަން ކެނެކްޓުން އަމާޒު ހިފާފައިވަނީ ރެކޯޑް ވަގުތެއްގައި ކޭބަލް އެޅުމަށް ކަމަށާއި ސަރވޭގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ވަނީ ބުނެފައެވެ.

މި ސަރވޭއަކީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށާއި މިއީ ކޭބަލް އަޅާނެ މަގު ޗެކްކޮށް އެ މަގުން ކޭބަލް އެޅޭނެ ގޮތް ބެލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޯޝަން ކަނެކްޓުން ވަނީ ބުނެފައެވެ.

ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމަށް އިންޑިޔާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއަރޕަރސަން ރިޔާޒް މަންސޫރުއެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަންއެވެ. ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

ރާއްޖެއާއި ގުޅާލުމަށް ހަމަޖެހިފައިވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިޔާ-އޭޝިޔާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލެވެ. މިއީ އިންޑިޔާގެ މުމްބާއީން ފެށިގެން ސިންގަޕޫރާއި ހަމައަށް އަޅާ ކޭބަލެކެވެ.

މީގެ އިތުރުން ވެސް އެ ކުންފުނިން އަންނަނީ އިންޑިޔާ-ޔޫރަޕް އެކްސްޕްރެސް ކޭބަލްގެ ނަމުގައި ވެސް ކޭބަލެއް ގާއިމު ކުރަމުންނެވެ. މިއީ ޔޫރަޕުގެ ގިނަ ގައުމުތަކާއި އިންޑިޔާ ގުޅާލާނެ ކޭބަލެކެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. މިއާއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޯޝަން ކެނެކްޓުން ބުނީ މި ކޭބަލް ހުޅުމާލޭ ފޭސް 2 ގައި ޖައްސާނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ކަމަށާއި އޭރުން ކޭބަލްގެ ޚިދުމަތް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސަބްމެރިން ކޭބަލް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

އުރީދޫން އިތާފުއްޓަށް ތާރީހީ ސަބްމެރިން ކޭބަލެއް ގުޅާލައިފި

02 އޯގަސްޓު 2025
އުރީދޫން އިތާފުއްޓަށް ތާރީހީ ސަބްމެރިން ކޭބަލެއް ގުޅާލައިފި
05 އޮކްޓޯބަރު 2023

ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި

05 އޮކްޓޯބަރު 2023
ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
05 ޑިސެމްބަރު 2022

ސަބްމެރިން ކޭބަލް އެޅުމަށް ބޭނުންވާ ލޭންޑިންގ ސްޓޭޝަން ޤާއިމުކުރުމަށް އެޗްޑީސީން ބިން ދޫކޮށްފި

05 ޑިސެމްބަރު 2022
ސަބްމެރިން ކޭބަލް އެޅުމަށް ބޭނުންވާ ލޭންޑިންގ ސްޓޭޝަން ޤާއިމުކުރުމަށް އެޗްޑީސީން ބިން ދޫކޮށްފި
07 މެއި 2022

ސަރުކާރުން އަޅާ ސަބްމެރިން ކޭބަލްއާއެކު އިންޓަރނެޓުގެ ކެޕޭސިޓީ އިތުރުވާނެ: ފައްޔާޒް

07 މެއި 2022
ސަރުކާރުން އަޅާ ސަބްމެރިން ކޭބަލްއާއެކު އިންޓަރނެޓުގެ ކެޕޭސިޓީ އިތުރުވާނެ: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް