Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތަށް 89 އަހަރު

ގައުމުގެ ސުލްހަޔަށް ފުލުހުން ކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަން: ރައީސް ޞާލިހު

29 މާރިޗު 2022 | އަންގާރަ 12:43

ދިވެހި ފުލުހުންނާއި، ފުލުހުންގެ އާއިލާތަކަށް ރައީސް ވަނީ ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 މާރިޗު 2022 | އަންގާރަ 12:43
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތު

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތު

ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިކަން ފާހަގަ ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ސުލްހައާއި ހަމަޖެހުމަށް ފުލުހުން ކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހި ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމާއި ގުޅިގެން ހޯމަ ދުވަހުގެ ރޭ 00:00 ގައި ފުލުހުންގެ މައި އިދާރާ ކުރިމަތީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ 1933 ވަނައަހަރުގެ މާރޗު 29 ވަނަ ދުވަހު، ރާއްޖޭގެ ކީރިތި މަހާރަދުން، އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް، ''ފުލުހު މީހުންގެ ގާނޫނު'' ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. މި ގާނޫނަކީ 1932 ޑިސެންބަރު 22 ވަނަ ދުވަހު ދިވެހިންނަށް ލިބުނު ފުރަތަމަ ގާނޫނު އަސާސީ އަށް އިތުރު ކުރެވުނު ބޮޅެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނެނީ  120 ފުލުހުންނެވެ. މި ފައުޖު ބެހިފައިތިބީ މާލޭގެ ހަތަރު އަވަށުގެ މައްޗަށެވެ. އެއީ މާފަންނު، މައްޗަންގޮޅި އަދި ހެންވޭރު، މިއިން ކޮންމެ އަވަށަކަށް 32 ފުލުހުން އަދި ގަލޮޅަށް 24 ފުލުހުންނެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ވީހާގާތުން އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ޚިދުމަތް މުޅިރާއްޖެއަށް ފުޅާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް 1992 ވަނަ އަހަރު ފެށިގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދިޔަކަމަށް ފުލުހުންގެ އިދާރާ އިން މައުލޫމާތު ދެއެވެ. އެގޮތުން، 1993 އޮކްޓޫބަރު 06 ވަނަ ދުވަހު، ސ. ގަމުގައި ފުލުހުންގެ ޚިދުމަތްދޭން ފެށުނެވެ. މިއީ، މާލެއިން ބޭރުގައި ސިފައިން ގާއިމުވެ ތިބެގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ފެށުމުގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސިފަ ކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި މިހަފްތާގެ އާދީއްތަ ދުވަހުވަނީ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ތަމްރީން ދޭނެ ބައިނަލް އަގްވާމީ ފެންވަރުގެ ކޮލެޖެއް ރާއްޖޭގައި ހުޅުވާފައެވެ، އައްޑޫ ސިތީގައި ގާއިމް ކުރި ކޮލެޖް އަކީ އިންޑިޔާ ސަރުކާރުގެ އެހީގައި ގާއިމް ކުރި ބިނާއެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 89 އަހަރު ވެފައިވާއިރު، ދާދި ފަހުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް ވެސް އަމަލުކުރަން ފަށާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" މިނަމަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" މިނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް