Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލ.ގަމު ރީޖަނަލް ހޮސްޕިޓަލް

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ ހައްލު ހޯދުމަށް ގޮވާލައި މައްސަލައެއް މަޖިލީހަށް

ޚާއްސަ ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 މާރިޗު 2022 | އަންގާރަ 06:05
މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެމްބަރު

މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެމްބަރު

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގޮވާލާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށައެޅުއްވި މެމްބަރު ބަލައިގަނެ ބަހުސް ފަށައިފިއެވެ.

ސައީދު ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ލ.މާވަށް، ކުނަހަންދޫ، ހިތަދޫއާއި ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމަށެވެ.

Advertisement - newsAdvertisement

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމަށް މިސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ތަނެއް ކަމަށާއި، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިއުލާން ކުރެވި މަސައްކަތްތައް ފެށިފައިވާ ހޮސްޕިޓަލެއް ކަަމަށެވެ. އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅައި އެބޯޑުގެ ދަށަށް ލ.އަތޮޅުގެ 10 ރަށުގައި ހުރި ސިއްޙީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ބަދަލުކޮށްފައިވާކަމަށެވެ.

ލ.އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ހޮސްޕިޓަލްގެ ޚިދުމަތް ހޯދަމުންދާއިރު، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުންދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ، ހޮސްޕިޓަލްގައި ޓަރޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ދިމާވަމުން އައުމަކީ، ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާ ހާދިސާތަކެއް ކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ޚާއްސަ ޑޮކްޓަރުން ތިބެން ޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާތީ، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ، މިކަންކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް މި މައްސަލައިގައިވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލިސްމުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރު

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2025

ވޯޓަރ ބަންކަރިންނަށް ހެދި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮވެ ހަލާކުވަނީ

03 ފެބުރުއަރީ 2025
ވޯޓަރ ބަންކަރިންނަށް ހެދި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮވެ ހަލާކުވަނީ
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު