Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ޙަމަލާ

މެއި 6 ޙަމަލާގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި

ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ބައި ދެން އަންނަ އަޑުއެހުމެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2022 | ހޯމަ 11:54
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ މަންޒަރުތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ މަންޒަރުތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކާއި ގުޅޭ 10 ގަޒިއްޔާއެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދެއެވެ. ދައުވާތައް އުފުލާފައިވަނީ ތަހުމީނު އަހުމަދާއި، އަލީ ހައިޝަމްއާއި، މުޖާޒް އަހުމަދާއި، މުހައްމަދު ނާޒިމާއި، އަލީ ފަހުމީގެ އިތުރުން އިސްހާގުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ގާޒީ އާދަމް މުޙައްމަދެވެ. އޭގެ އިތުރުން ގާޒީ ސޮފްވަތު ޙަބީބާއި، ގާޒީ މުޙައްމަދު މިސްބާޙުވެސް ހިމެނިވަޑައިގަންނަވައެވެ.

އިސްޙާގު ދައުވާއަށް ޖަވާބުދާރީވުން:

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީ ދައުވާ ލިބޭ އިސްޙާޤުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންގޮސްފައެވެ. އޭނާގެ ވަކީލު ވަނީ ދައުވާގެ އިބަރާތުގައި ބަހުގެ ހަމަތަކަށް ނުފެތޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ދައުވާއަށް ޖަވާބުދާރީވާ މިންވަރަށް ދައުވާ ސާފުކޮށްދެވިއްޖެކަމަށް ޝަރީއަތުން ކަނޑައެޅުމާއެކު އިސްޙާޤުގެ ފަރާތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 3 ދައުވާއަށްވެސް އިންކާރު ކޮށްފައެވެ.

އޭނާ ދައުވާއަށް އިންކާރު ކުރުމާއެކު ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. އިސްޙާޤުގެ ފަރާތުން ހެކި ހާމަ ކުރުމަށް 15 ދުވަހުގެ މުއްދަތެއް ގާޒީން ވަނީ ދެއްވާފައެވެ.

ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ބައި ދެން އަންނަ އަޑުއެހުމެއްގައި:

މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ގާތްގަނޑަކަށް 100 ސޮފްޙާގެ މައްޗަށް އެކުލެވޭ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދި ފޯމު ހުށައަޅާފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީނުގެ ވަކީލު ބަދަލުވެފައިވުމާއި، އަދި ދައުވާ ލިބޭ އަލީ ފަހުމީގެ ވަކީލު މައްސަލައިން ތަނާޒުލްވެފައިވުމާއެކު، އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދެެއްވުމަށް ގާޒީން މި އަޑުއެހުމުގައި ނިންމެވިއެވެ.

ހަމައެއާއެކު، ކޯޓުގެ އިދާރީ އޮޅުމެއްގެ ސަބަބުން ދައުވާ ލިބޭ މުޖާޒަަށް ހެކި ރައްކާތެރި ކުރުމުގެ އަމުރާގުޅޭ ފޯމު ފޯރުކޮށްދެވިފައި ނުވާތީ ހެކި ރައްކާތެރި ކުރުމުގެ ބައި އެހެން ދުވަހަކަށް ވަނީ ފަސްކޮށްފައެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމެވި:

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވާފައެވެ.

އޭގެ އިތުރުން، ދިފާއީ ހެކި ހުށައެޅުއްވުމަށް ގާޒީ ވަނީ ދައުވާ ލިބޭ ފަރާތްތަކަށް 15 ދުވަހުގެ މުއްދަތެއްވެސް ދެއްވާފައެވެ.

މުޖާޒްގެ ފަރާތުން ގޮޅިއާއި ގުޅޭ ޝަކުވާތަކެއް:

މި މައްސަލައިގައި ދައުވާ ލިބޭ މުޖާޒްގެ ފަރާތުން ވަނީ އޭނާ އޮންނަނީ ދައުވާ ލިބޭ އެހެން ފަރާތްތަކާއި އެކަހެރިކޮށްކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ތަޙައްމަލު ކުރަން ޖެހިފައިވާކަމަށް ބުނެފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާ ލިބޭ ބައެއް އެހެން ފަރާތްތައްވެސް އެކަހެރިކޮށް ބައިތިއްބާފައިވާއިރު، އެއީ ކަރެކްޝަންސްއާއި ފުލުހުން އެސެސްމަންޓެއް ހެދުމަށްފަހު ހަދާފައިވާ އެރޭންޖްމަންޓެއްކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ބައެއް ވަކީލުންވެސް ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގައިވާ ގޮތުން، އެކަމަކީ ރާއްޖެއިން ޖަވާބުދާރީ ވާންޖެހޭ ކަންކަން ކަމަށް ބަޔާން ކުރައްވާފައެވެ.

މި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުންވެސް ވަނީ އެކަންކަން ވެފައިވާ ގޮތް އިތުރަށް ބަލައި ކަށަވަރުކުރުމަށް ދައުލަތަށް އަންގާފައެވެ.

މޭ6ޓެރާރއެޓޭކްކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު