Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރަކު އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ

މަޖިލީހުގައި ވަޒީރަކު އިތުރުފުޅު ހެއްދެވި ކަމަށްބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު ހުށައެޅުއްވި މައްސަލަ ބަހުސް ކުރުމަށް ބަލައިގެންފި

28 މާރިޗު 2022 | ހޯމަ 05:43

އިތުރުފުޅު ހެއްދެވުން ބަލައި ނުގަނެވޭނެ ކަމަށް މެމްބަރުން ވިދާޅުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މާރިޗު 2022 | ހޯމަ 05:43
އާދަމް ޝަރީފް - މަޑުއްވަރީ ދާއިރާގެ މެމްބަރު

އާދަމް ޝަރީފް - މަޑުއްވަރީ ދާއިރާގެ މެމްބަރު

މަޖިލީހުގައި ވަޒީރަކު އިތުރުފުޅު ހެއްދެވި ކަމަށްވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ބަލައިގެންފިއެވެ.

މައްސަލައާމެދު ބަހުސް ކުރުމަށް ފާސްވީ، 18 މެމްބަރުންގެ ވޯޓުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.

Advertisement - newsAdvertisement

އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ކުރާ ސުވާލަށް ތެދުބަހުން ޖަވާބުދޭން އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ފުލުހުންގެ ތެރޭގައި ގަސްދުގައި ގޯސްހަދާ މީހުން އެބަތިބި ކަމަށް، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްކެވި ވާހަކަފުޅާ ގުޅިގެން ހޯމް މިނިސްޓަރ އެކަން ދޮގު ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސްވެސް ވިދާޅުވެފައިވާތީ، އިތުރުފުޅު ހެއްދެވި ވަޒީރަކު ދެނެގަނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ގާނޫނު އަސާސީއާ ޚިލާފުވެފައިވާ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މައްސަލައިގައިވަނީ ގޮވާލާފައެވެ.

ގައުމެއްގެ ވެރިކަމުގައި ތިބޭ ބަޔަކު ރައްޔިތުންނަށް އޮޅުވާލުމަކީ، މަސްލަހަތު ގެއްލި ރައްޔިތުން ސަރުކާރަކާ މެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް މަސްއަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ސީރިއަސް މައްސަލައެއް ކަމަށް މަޖިލީހަށް ގަބޫލްކުރެވޭ ހިނދު، މިއީ ވެރިކަމުގެ ނިޒާމު ބަލިކަށިވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި މައްސަލައިގައި މަޖިލީހުން ނިންމާ ގޮތެއް ބެލުމަށްފަހު އިތުރުފުޅު ހައްދަވާ، އަދި ގާނޫނު އަސާސީއާ ޚިލާފުވެވަޑައިގެންނެވި ވަޒީރު މަގާމުން ވަކިކުރަން ޖެހޭ ކަމަަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަފުޅު ދެއްކެވި މެމްބަރުން ވަނީ، ވަޒީރުން މަޖިލީހުގައި އިތުރުފުޅު ހެއްދެވުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޓީއަކުން މި މައްސަލަ ބެލުމަށްވެސް ބައެއް މެމްބަރުން ގޮވާލެއްވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ވާހަކަފުޅު ދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށް ގާނުނުގައި އޮންނަ ކަމަށެވެ. މަޖިލީހުގެ ކޮމިޓީގައި އޭޖީ ވިދާޅުވި ބަސްފުޅު ހޯމް މިނިސްޓަރ ދޮގު ކުރެއްވިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ގަސްދުގައި އޮޅުވާލާ މީހުން ތިބޭ ކަމަށް އީވާ ވިދާޅުވިއެވެ. އަދި ހޯމްމިނިސްޓަރ އެހެން ވިދާޅުވީ، އެއްވެސް ކަމެއް ބައްލަވާފައިތޯ، އިވާ ސުވާލު އުފެއްދެވިއެވެ. އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް އޭޖީ ވިދާޅުނުވާނެ ކަން އީވާ ފާހަގަ ކުރެއްވިއެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ، ޕީޕީއެމް ސަރުކާރުގައި މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ ކަމަށެވެ. އެހެންކަމުން ވަޒީރަކަށް އިތުރުފުޅެއް ނުހެއްދެވޭ ކަމަށެވެ. ދެވަޒީރަކު ދެ ގޮތަކަށް ވިދާޅުވުމުން އެކަން ބަލަން ޖެހޭ ކަމަށް ހަލީމްވެސް ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާގައި އެކަން އެހެން ހިނގާކަން އެއީ ދިވެހި ރައްޔިތުން ދަންނަ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ފިތުނަ އުފެއްދުމަށް މަޖިލީހަށް މިފަދަ މައްސަލަ ހުށައެޅުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި، އެހެންނަމަވެސް ކޮންމެ މެމްބަރަކުންވެސް ރަނގަޅު މައްސަލައެއް ހުށައަޅައިފިނަމަ މަޖިލީހުން އެކަން ބަލައި ގަންނާނެ ކަމަށް ހަލީމް ވިދަޅުވިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، މައްސަލައަށް ތާއީދުކުރެއްވީ މައްސަލައިގައި ބަޔާން ކޮށްފައިވާ ހުރިހާ އިބާރާތަކަށް ތާއީދު ކުރާތީ ނޫން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި ތެދުބަހުން ޖަވާބުދިނުމަށް އޮންނާތީ ކަމަށެވެ. އެޖެންޑާ19އަށް ތާއީދު ހޯދުމަށް މަސައްކތް ކުރިއިރު ދައްކަމުންދިޔަ ވާހަކައަކީ، ސަރުކާރު ފާރަވެރި ކުރުވާނެ ކަމަށެވެ. މިއަދު ކުރަމުން މިދަނީ އެކަން ކަމަށާއި، ޚާއްސަ ކޮމިޓީއަކުން އެކަން ބެލުމަށް ހުށައެޅުއްވިއެވެ. ކަމެއް އިސްލާހުކުރަން ބޭނުން ނަމަ ހަގީގަތާ ކުރިމަތިލުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ، މަޖިލީހުގައި މިކުރާ މަސައްކަތަކީ، ގައުމީ މައްސައްކަތެއް ކަމަށެވެ. ވަޒީރެއްގެ ދަށުގައި ތިބި މުވައްޒަފުންނަށް ރަނގަޅު ވުމުގެ ގޮތުން މިކުރެވޭ ކަންކަމުން ވަޒީރުން ގާނޫނީ އަނދަވަޅަކަށް ވެއްޓިގެންދާނީކަން އެނގިވަޑައި ނުގަންނަވަނީ ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، ވަޒީރުން އިތުރުފުޅު ހައްދަވައި ކަންކަން އޮޅުވާލާނަމަ ގައުމު ހިންގުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށެވެ. ސާފުކޮށް ގާނޫނު އަސާސީގައި ވަޒީރުން ތެދުބަހުން ޖަވާބު ދެއްވުމަށް ބަޔާން ކޮށްފައި އޮތްއިރު، މި މައްސަލައިގައި ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާ ކަަމަށެވެ. އެހެންކަމުން ކޮމިޓީއަކުން މިކަން ބެލުމަށް ސިރާޖު ހުށައެޅުއްވިއެވެ. ދައުލަތުގެ ބަންޑާރަ ނައިބު ކަމެއް ގޯސްކޮށް އޮތްކަމަށް ވިދާޅުވާނީ އެކަމެއް ގޯސްކޮށް އޮތުމުން ކަމަށް ގަބޫލް ކުރައްވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި އެއްވެސް ބާވަތެއްގެ ތަހުގީގު ގަޑުބަޑު ކުރާ ކަމަށްވާނަމަ އެއްވެސް ތަހުގީގެއް އިންސާފުން ނުދާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއާދަމް ޝަރީފު އުމަރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް