Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮލެޖް އޮފް ޕޮލިސިންގ ހުޅުވުން

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ޒަރިއްޔާއިން ފުލުހުންގެ ޚިދުމަތް އިތުރަށް ޒަމާނީ ކުރެވިގެންދާނެ"

27 މާރިޗު 2022 | އާދީއްތަ 07:50

މިއީ އިންޑިއާ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން، އެ ޤައުމުގެ ހިލޭ އެހީއާއެކު ކޮށްދީފައިވާ މުހިއްމު މަސައްކަތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މާރިޗު 2022 | އާދީއްތަ 07:50
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ޒަރިއްޔާއިން ފުލުހުންގެ ޚިދުމަތް އިތުރަށް ޒަމާނީ ކުރެވިގެންދާނެކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުއިގައި މިނިސްޓަރު އިމްރާން ވިދާޅުވީ، މިއީ ރާއްޖޭގެ ދާޚިލީ ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރު ކޮށްދިނުމަށްޓަކައި މުހިއްމު މަރުކަޒެއް ކަމަށެވެ. އެގޮތުން މި މަރުކަޒުގެ އެހީގައި ދިވެހި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމު ކުރުމަކީ މިހާތަނަށް އައި ސަރުކާރުތަކުންވެސް ދެބަސްވުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވެފައި އޮތް މަސައްކަތެއް ކަމަށެވެ. ވުމާއެކު، ހުރިހާ ސަރުކާރުތަކުން ދެމިތިބެ، ފުލުހުންނަށްޓަކައި މި މުހިއްމު މަރުކަޒު ޤާއިމު ކޮށްދިނުމަށް ކުރި މަސައްކަތް އިމްރާން ވަނީ ފާހަގަ ކުރައްވައި، އެ ސަރުކާރުތަކުގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިމާރާން ވިދާޅުވީ، މިއީ އިންޑިއާ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން، އެ ޤައުމުގެ ހިލޭ އެހީއާއެކު ކޮށްދީފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ތަސައްވުރެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޒަރިއްޔާއިން އެކަމަށް ބޭނުންވާ ފުލުހުން ތަމްރީނު ކުރުމަށް މަގުފަހިވެގެންދާކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް ފުރިހަމަ ތަމްރީނާއި ހުނަރުގެ ބޭނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.

މި މަރުކަޒުގެ އެހީގައި ފުލުހުންގެ ޚިދުމަތް އިތުރަށް ޒަމާނީ ކުރެވިގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އިންސާނީ ވަސީލަތްތައް މަދުވުމުގެ މައްސަލަތަކާއި، ރައްޔިތުންނާ ގާތުން ޚިދުމަތް ނުދެވުމުގެ މައްސަލަތަކަށް މި މަރުކަޒުގެ އެހީގައި ޙައްލު ހޯދުމަށް މަގުފަހިވެގެން ދާނެކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

މިސާލެއްގެ ގޮތުން އިޤްތިސާދީ ގޮތުން ޤައުމު ކުރިއަރާއިރުވެސް، ޤައުމުގެ އެތެރޭގެ އަމާންކަން ޤާއިމު ކުރުމަށް މި މަރުކަޒުގެ ބޭނުންތެރިކަން މުހިއްމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮޖްކްޓުގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހުއެވެ. އަދި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ 2022 ވަނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށެވެ. އިންޑިއާ ސަރުކާރުން 300 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މިޕްރޮޖެކްޓަށް ހޭދަކޮށްފައިވެއެވެ.

މިނިސްޓަރ އިމްރާންމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް