Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް ކޮމިއުނިޓީ ފަންޑު

ބީއެމްއެލްގެ އެހީއާއެކު ދެ ރަށެއްގައި އައުޓްޑޯ ރީޑިންގ ސަރަހައްދެއް ގާއިމްކޮށްފި

27 މާރިޗު 2022 | އާދީއްތަ 02:34

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ވަނީ 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 މާރިޗު 2022 | އާދީއްތަ 02:34
ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކޮށްފައިވާ އައުޓްޑޯ ރީޑިންގ ސަރަހައްދު

ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކޮށްފައިވާ އައުޓްޑޯ ރީޑިންގ ސަރަހައްދު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ތަކަންދޫ އަދި ލ. ފޮނަދޫ ސްކޫލްގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ދަނީ މިފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތަކަންދޫ ސްކޫލުގައި ވަނީ އައުޓްޑޯ ރީޑިންގ ސަރަހައްދެއް ގާއިމްކޮށް ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓާފައެވެ. ތަކަންދޫ ސްކޫލުގެ ތެރޭގައިވާ ހުސް ޖާގައިގައި ވަނީ ފޮތް ހަރުގަނޑު ބަހައްޓާ ހިޔާކޮށް ހަޓު ޖަހާފައެވެ. އަދި ރަށުގެ އެކި ސަރައްހަދުތަކުގައި ވެސް ފޮތް ހަރުގަނޑުތައް ބަހައްޓާފައިވެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ތަކަންދޫ އެކުވެރިންގެ ރޫހުން ބުނީ އެރަށުގައި މިހާރު ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ސްކޫލު އޮފީސް ކަމަށެވެ. އެހެންކަމުން ދަރިވަރުން ފޮތް ކިޔުމަށާއި ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައިދިނުމަށް މަސައްކަތް ފެށީ ކަމަށް ބުނެފައިވެއެވެ. ސްކޫލު އޮފީހާއި ވަކިން މި ސަރަހައްދު ގާއިމްކުރުމުން މިތަން ވެގެންދާނި ދަރިވަރުންނަށް ފަސޭހަ މާހައުލަކަށް ކަމަށް އެކުވެރިންގެ ރޫހުން ބުނެފައިވެއެވެ. މި ލައިބްރަރީތަކަށް ބޭނުންވާ ފޮތް ހޯދުމަށް ފޮތް ހަދިޔާކުރާ ކެމްޕޭނަށް ފަށަން ނިންމާފައިވާކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގައިވެސް ސްކޫލު ސަރަހައްދުގައި އައުޓްޑޯ ރީޑިންގ ސަރަހައްދެއް ގާއިމްކޮށްފައިވާއިރު، މި ސަރަހައްދަކީ ލާމު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޚާއްސަކޮށް ގާއިމްކުރެވުނު ސަރަހައްދެކެވެ. މި ސަރަހައްދުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާއިން ބުނީ މި އައުޓްޑޯ ރީޑިންގ ސަރަހައްދުގެ ސަބަބުން ދަރިވަރުންގެ މެދުގައި ފޮތް ކިޔުމަށް އިތުރަށް ލޯތްބާއި ޝައުގު އުފެދިގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ

ބީއެމްއެލް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް