Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޖުޑީޝަރީގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ.

ޖުޑީޝަރީ އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 މާރިޗު 2022 | ބުރާސްފަތި 14:47
ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަރީ އިސްލާހުކުރުމުގެ ވާހަކަ ދައްކާތާ ޒަމާންތަކެއްވެއްޖެއެވެ. ޖުޑީޝަރީގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވި އެދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފިއެވެ. އަދި މިހާރުވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް ރައްޔިތުންގެ މާޔޫސްކަމަކީ ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ސަބަބުން އެ ރައްޔިތުންނަށް އިންސާފު ނުލިބޭކަމެވެ. ޝަކުވާއަކީ އިންސާފު ނުލިބޭކަމުގެ ޝަކުވާއެވެ. ނިޒާމުގައި ހުރި މައްސަލަތަކާއި ގާނޫނުގައި ހުރި މައްސަލަތަކަކުންނެވެ. ނުވަތަ ޒަމާނުއްސުރެ ގަބޫލުކުރާ އުސޫލުތަކެއް ބަދަލުކުރަން ބޭނުންނުވުމެވެ.

މިސަރުކާރުގެ އެންމެ މުހިންމު ވައުދަކީވެސް ޖުޑީޝަރީ އިސްލާހުކުރުމެވެ. ޖުޑީޝަރީ އިސްލާހުކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެދާއިރާއާ ގުޅުންހުރި ގިނަ ގާނޫނުތަކަކަށް ބަދަލުތަކެއް ގެނެސް ބައެއް ގާނޫނުތައް އުފަންކުރުވިއެވެ. ނިޒާމަށް ބަދަލުތަކެއް ގެންނަންފެށިއެވެ. އަދި މިހާރުވެސް އެމަސައްކަތް ކުރަމުންދެއެވެ. ނަމަވެސް އަދިވެސް ފެންނަނީ ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ސަބަބުން އިންސާފާ ނުލިބި ނުވަތަ އިންސާފާ ހިސާބަށް ނުދާތަނެވެ. އޭގެތެރެއިން އެއް ކަމަކީ ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދިޔުމެވެ. މަތީ ކޯޓުތަކާއި ދަށު ކޯޓުތަކުގައި އެތައް ދުވަހެއްވީ މައްސަލަތަކެއް ފުނިޖެހިފައިވާއިރު އެމައްސަލަތައް ދިގުލައިގެން ދިޔުމުގެ ސަބަބުން އެތައް ރައްޔިތުންތަކެއްގެ ހައްގުތަކެއް ގެއްލިގެންދަނީއެވެ. އޭގެތެރޭގައި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށް ބަންދުކޮށްފައި ތިބޭ ގައިދީންނާއި އަނިޔާ ލިބޭ ފަރާތްވެސް ހިމެނެއެވެ.

އޭގެ އެއް މައްސަލައަކީ އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލި މައްސަލައިގައި ބައިވެރިވި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހުކުމް ކުރި ދުވަހު މިވަނީ އޭނާ އަދަބު ތަންފީޒުކޮށް ނިމިފައިވާކަމަށް ގާޒީ ކަނޑައަޅުއްވާފައެވެ. ކީއްވެހެއްޔެވެ؟ އެއީ މި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުޙައްމަދު ޝިފާޒު އޭނާ ތަހުގީގު މަރުޙަލާއިން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ މުއްދަތެއް ނެތުމުންނެވެ.

މިހާދިސާ ހިނގާފައިވަނީ 2 މާރޗު 2016ގައެވެ. އޭގެފަހުން މިހާރު 6 އަހަރު ދުވަސްވީއެވެ. އެހެންކަމުން މައްސަލަ ދިގުލައިގެން ދިޔުމުގެ ސަބަބުން މިވަނީ މައްސަލަ ނިމުނުއިރު އޭނާ މިނިވަންވެފައެވެ. މައްސަލަތައް ދިގުލައިގެން ދިޔުމުގެ ސަބަބުން މިނޫންވެސް މައްސަލަތައް ކުރިމަތިވެއެވެ. އޭގެތެރޭގައި މައްސަލައިގެ ދައުވާ އުފުލާއިރު އަމަލުކުރަމުން އަންނަ ގާނޫނު މައްސަލަނިމޭއިރު ބަދަލުވެ ކުރާ ކުށަށް އެކަށީގެންވާ އަދަބު ނުލިބުމެވެ. ނުވަތަ ކުށްކުރި މީހާގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ކޯޓުން ހުކުމްކުރި ނަމަވެސް އަނިޔާ ލިބުނު މީހާއަށް އިންސާފު ލިބުނުކަމުގެ އިހުސާސެއް ނުކުރެވުމެވެ.

ކޯޓުތަކުގައި އެތައް އަހަރެއްވީ މައްސަލަތައް އަދިވެސް ހުރިއިރު ބެކްލޮގްތައް ކުލިއަރ ކުރަން އެތައް އަހަރެއް ނަގާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ންވެސް ވަނީ ފާހަގަކޮށްފައެވެ. ކޯޓުތަކުގެ ތެރޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުންނާއި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި މިފަދަ ކަންކަމާހެދި އަދިވެސް ރައްޔިތުން އެންމެ އެދޭ ޖުޑީޝަރީ ނިޒާމަކާއި ހަމައަށް ދެވޭ ގޮތެއް ނުވެއެވެ. އިންސާފު ލިބޭކަމުގެ އިހުސާސެއް ނުކުރެވެއެވެ. މިއީ އަދި ޖުޑީޝަރީގައި ހުރި ބައެއް މައްސަލަތަކެވެ. ނަމަވެސް މިވާހަކަތައް ދައްކާ އަދިވެސް ކޮޅުންލާކަށްނެތެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
21 ނޮވެމްބަރު 2025

ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު

21 ނޮވެމްބަރު 2025
ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
30 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކޮށްފި

30 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކޮށްފި
29 އޮކްޓޯބަރު 2025

ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025
ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު