Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ހަމަ އަގު ހޯދައިދިނުން

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާކަމަށް ބުނެ ހުށައެޅި މައްސަލަ ކޮމިޓީއަށް

މި މައްސަލަ ދާއިމީ ކޮމިޓީއަކުން ދިރާސާ ކުރުމަށް ފާސްވީ 30 މެމްބަރުންގެ ވޯޓުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 23 މާރިޗު 2022 | ބުދަ 09:24
ހުސެއިން ފިރުޝާން - މަޑަވެލި ދާއިރާގެ މެމްބަރު

ހުސެއިން ފިރުޝާން - މަޑަވެލި ދާއިރާގެ މެމްބަރު

މަސްވެެރިން ބާނާ މަހަށް ހަމަ އަގުު ހޯދުމަށް ވެފައިވާ ވައުދު ތަންފީޒުނުވެ، މަސްވެރިންނަށް އިހުމާލުވާކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށައެޅުއްވި މައްސަލަ ބަލައިގަނެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މެމްބަރު ފިރުޝާން ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯއާއި، އެޖެންޑާ 19ގައިވެސް އެންމެ ބޮޑު އެއް ވައުދެއްގެ ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމުގެ ޝަކުވާއަކީ މަސްވެރިންގެ ބޮޑު ޝަކުވާއެއްކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު ފާސްކޮށްފައިކަމަށާއި، ނަމަވެސް އެ ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް މިމައްސަލައިގައި ބުނެފައިވެއެވެ. މަސްވެރިކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ މަސްވެރިކަމުގެ މެނޭޖްމެންޓް ޕްލޭންތައް ހަދައި ތަންފީޒު ކުރަން ސަރުކާރުން ފަސްޖެހޭކަމަށްވެސް ބުނެފައިވެއެވެ.

މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސް ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލު ކުރަންވީ ގޮތް މަސްވެރިކަމުގެ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެމަގަށް ޖާގަފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑުވުމެއްކަމަށާއި، އެކަން އެގޮތަށް ހިނގަނީ މަސް ބަންދުކުރާ ފެކްޓްރީތައް ހިންގުމުގައި އުޅޭ ސަރުކާރާއި ގުޅުން ހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުންކަމަށްވެސް މިމައްސަލައިގައި ވަނީ ބުނެފައެވެ.

މަސްވެރިންނަށް ބައްދަލުވެ ވާހަކަދައްކާލުމުން އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ، މަހަށް ހަމަ އަގު ނުލިބުމާއި ތެލުގެ އަގާއި އެއްވަރަށް މަހުގެ އަގު ނުއުފުލުމުގެ ސަބަބުން ތެލަށް ލާރި ދެއްކުމުން އެވްރެޖްކޮށް މަސްވެރިންނަށް ބަހާނެ ފައިސާ ނެތުމާއި، ރެއާ ދުވާލު މަސައްކަތްކޮށް އެ މަސް ކިރާނެ ބޯޓުތައް ނެތުމާއި ފެސިލިޓީތައް ނެތުމުގެ ޝަކުވާކަމަށް މެމްބަރު ފިރުޝާން ވިދާޅުވިއެވެ. މެމްބަރު ފިރުޝާން ވިދާޅުވީ، 19ވަނަ މަޖިލީހުންގެ ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަމުގެ ގާނޫނުގެ މަސައްކަތް ކަމަށެވެ. ފިރުޝާން ވިދާޅުވީ، ދޯނިތަކުން މަސް ކިރަން ނަމްބަރު ނެގުމަށް އެތައް މޭލެއް ދަތުރުކުރަމުން ގެންދާކަމަށާއި، އޮންލައިކޮށް މިފަދަ އިންތިޒާމްތައް ހަމަޖެހިގެން ދިޔުމަކީ، ކުޑަ ކަމަކުން ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށެވެ.

މި މައްސަލަ ދާއިމީ ކޮމިޓީއަކުން ދިރާސާ ކުރުމަށް ފާސްވީ 30 މެމްބަރުންގެ ވޯޓުންނެވެ.

ހުސައިން ފިރުޝާން / މަޑަވެލި ދާއިރާގެ މެންބަރުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު