Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމާވެށި ހިމާޔަތްކުރުން

ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: ނައިބު ރައީސް

ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ގިނަގުނަ ގޮންޖެހުންތައް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 22 މާރިޗު 2022 | އަންގާރަ 16:54
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަދައްކަވަނީ

ތިމާވެށި ހިމާޔަތްކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހެނދުނު "ފަރސްޓް ޕޮލިސީ ރައުންޑް ޓޭބަލް އޮން މެރިން ލިޓަރ ޕްރިވެންޝަން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ, ރާއްޖޭގެ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ގިނަގުނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި، މިކަން ހައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ކުނީގެ މައްސަލަ ހައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަނޑުފަޅުގެ ސިއްހަތާ ގުދުރަތީ ދިރުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ކަނޑުފަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ރާއްޖޭގެ އިގުތިސާދީ ސިޔާސަތުތައް ބަދަލުކޮށް, ނޫ އިގުތިސާދެއްގެ ސިފަތައް އަށަގެންނެވުމަށް ސަރުކާރުންކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި, ކުންޏާބެހޭ ގަވައިދުތައް އިސްލާހުކޮށް ކުނި އުފައްދާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ ބޮޑުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުންޏަކީ އެއިން މަންފާ ލިބެނިވި އެއްޗަކަށް ހެދުމަށް 4 މަރުހަލާއަކަށް ބަހާލައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން, ކުނި ބެލެހެއްޓުން ލާމަރުކަޒީކުރެވި މުޅި ރާއްޖެއަށް އެކަން ފުޅާކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ އީޖާބީ މަސައްކަތްތަކުން އުންމީދީ މަންޒަރުތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި, އަދި މިއީ މުޖުތަމައެއްގެ ގޮތުގައި ކުރިއަށްދެވޭ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ވިދާޅުވީ މިއަދުގެ ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން މިފަދަ އިތުރު މަސައްކަތްތައް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝްވަދީޕް ސީ" ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމްގެ ދަށުން ލަކްޝްވަދީޕް ސަރަހައްދުގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކުނީގެ މިންވަރު މަދުކުރުމަށް, ކަނޑުތަކަށް އެޅޭ ކުނި އުފެދޭ ތަންތަނަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ. އެގޮތުން މި ބޭއްވޭ ޕޮލިސީ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގެ ތެރެއިން ކުންޏާބެހޭ ސިޔާސަތުތައް އެކަށައެޅުމަށް ހުށަހެޅުންތައް ހުށަހެޅިގެންދެއެވެ. ޕްރޮމިސް މަޝްރޫއަކީ ސްވިޗް އޭޝިއާ ޕްރޮގްރާމުގެ ދަށުން 4 އަހަރުގެ މުއްދަތަކަށް ވިލާތުގެ އިއްތިހާދުން ފަންޑުކޮށްގެން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްނައިބު ރައީސް, ފައިޞަލް ނަސީމްތިމާވެށި

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
02 އޮކްޓޯބަރު 2025

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު