Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު ސައީދުގެ ނަން އިއްވުން

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ސައީދު ވިދާޅުވީ، ރައީސް ނަޝީދު ކަނޑައެޅިގެން އިތުރުފުޅު ހެއްދެވީ ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 06:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ މުހައްމަދު ސައީދުގެ ބަހުގެ ހަމަލާތަކަށްފަހު، މެމްބަރުގެ ނަން އިއްވައިފިއެވެ.

ބަހުގެ ހަމަލާތައް ފެށިގެން އައީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޤަރާރު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަދައްކަވަމުންނެވެ. މި ރިޕޯޓަށް ވާހަކަދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު ވިދާޅުވީ، އެ ރިޕޯޓުގައި އޮތް ކަންބޮޑުވާ ކަމަކީ ސެކިއުރިޓީ ދިނުމަށް ބުނެފައިވާ ނުކުތާ ކަމަށެވެ. މިއީ ނުރައްކާތެރި ކަމެއް ކަމަށް ސިފަކުރައްވައި ވިދާޅުވީ، އުތުރުގައި ހަތިޔާރު ގުދަންކުރުން އެއީ އެ ގަރާރުގައި ސިއްރު ކުރެވިފައިވާ މަންޒަރެއް ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރުގެ ވާހަކަ ހުއްޓުވައި، ރައީސް ނަޝީދު ވިދާޅުވީ، ހަތިޔާރު ގުދަން ކުރުމާއި، ހަތިޔާރުން ޔޮޓް ފަހަރަށް ހިމާޔަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އެ ސޮއިކުރެއްވި އިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމަށެވެ. މެމްބަރު ސައީދު ވިދާޅުވީ، ރައީސް ނަޝީދު ކަނޑައެޅިގެން އިތުރުފުޅު ހެއްދެވީ ކަމަށެވެ. މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، މެމްބަރަށް އެހެން ވިދާޅު ނުވެވޭނެ ކަމަށާއި، މިހާހިސާބުން އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ އެ އެއްބަސްވުން މަޖިލީހަށް ގެންނަވަން ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު، ކަންކަމުގެ ހަގީގަތް އޮޅުވާލުމުން އެކަން ހާމަ ކޮށްދެއްވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު ނިޒާމީ ނުކުތާ ނަންގަވައި މެމްބަރުންވަނީ، އެ އެގްރީމެންޓަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި، މާވަށު ދާއިރާގެ މެމްބަރު ސައީދު މަސައްކަތް ކުރައްވަނީ ކަންކަން އޮޅުވާލަން ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. މިއާއެކު ސައީދުވަނީ، ތަކުރާރުކޮށް އެކަން ދޮގު ކުރައްވަން ފައްޓަވާފައެވެ.

ދެބޭފުޅުންގެ ބަހުގެ ހަމަލާތަކަށްފަހު ރައީސް ނަޝީދު ވަނީ، އެމަނިކުފާނު އިތުރުފުޅު ހެއްދެވީ ކަމަށް މަޖިލީހުގެ ތަޅުމުގައި މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވި ބަސްފުޅު އަނބުރާ ގެންދެވީތޯ ސުވާލު ކުރައްވާފައެވެ. ސައީދު ވިދާޅުވީ އެ ބަސްފުޅު އަނބުރާ ނުގެންދަވާ ކަމަށާއި ރައީސް ނަޝީދަކީ މަޖިލީހާއި އެހެނިހެން ޕްލެޓްފޯމްތަކުގައި އަބަދުވެސް އިތުރުފުޅު ހައްދަވަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އެއާއެކު ރިޔާސަތުންވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިހުތިރާމްކޮށް ހިއްތެވުމަށް ނަސޭހަތްތެރިވެ މާވަށު ދާއިރާގެ މެމްބަރުގެ ނަން އިއްވާފައެވެ.

ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދައި، މެރިޓައިމް ސެކިއުރިޓީގެ ހިދުމަތް ދިނުމަށް މޯލްޓާގެ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) އާއި ހަވާލުކޮށްފައިވާކަމުގެ ވާހަކަ ފެންމަތިވެގެން ދިޔައީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އާންމުވި ލިޔުންތަކުން އެނގޭ ގޮތުގައި އާމަރީ ހަދައި، އެތަން ސުޕަވައިޒްކުރާނީ ދިވެހި ސިފައިންނެވެ. އެސްއޭއެސްއެލްގެ ހަތިޔާރު އެޅި ބޯޓުތައް ވެސް މި މަސައްކަތުގައި ބޭނުންކުރާނެ ކަމަށް ލިޔުންތަކުގައިވެއެވެ. ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ބައެއް މެމްބަރުންވަނީ އެ އެއްބަސްވުން ފެނިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

މުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރުރައީސް ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު