Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް - ހިޔާ ފްލެޓުގެ ކުލީގެ މައްސަލަ

ހިޔާ ފްލެޓްތަކުގެ ކުލި ކަނޑައެޅޭ ގޮތަކުން މާލޭގެ އިޖްތިމާއީ ގިނަ މައްސަލަތައް ހައްލުވުމަށް އެހީވެދޭނެ

މާލޭގައި ކުލި ކުޑަކުރުމަށް މިހާރު ބޭނުންވަނީ ރަސްމީ ފިޔަވަޅެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 21 މާރިޗު 2022 | ހޯމަ 10:25
ފްލެޓްތަކުގެ ކުލީގެ މައްސަލަ - ކުލީގެ އަގު ދަށްކޮށް ކުލި ދެއްކުން އަދިވެސް ފަސްކޮށްދިނުމަށް ދަނީ އެދެމުން

ފްލެޓްތަކުގެ ކުލީގެ މައްސަލަ - ކުލީގެ އަގު ދަށްކޮށް ކުލި ދެއްކުން އަދިވެސް ފަސްކޮށްދިނުމަށް ދަނީ އެދެމުން

މުޖުތަމައެއް އުފެދެނީ އާއިލާތަކަކުންނެވެ. އާއިލާތައް އުފެދެނީ ވަކިވަކި ފަރުދުން ނުވަތަ މީހުންގެ މައްޗަށެވެ.

މުޖްތަމައުއަކީ ކުށް މަދު ރަނގަޅު މުޖްތަމައަކަށް ހެދުމަށްޓަކައި ކުދިންގެ ޅަފުރާގައި މަސައްކަތް ފަށަން ޖެހެއެވެ.

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ބަޔަކު ގަސްތުގައި ކަންތައްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ކުދިންނަށް ކަންކަމުގައި އޮންނަ ހެޔޮ ގޮތް ކިޔާދީ ނުބައި ގޮތް އޮޅުން ފިލުވާދޭން ޖެހެއެވެ. އަދި އުޅޭނޫޅޭ ގޮތްބަލާ ގޯސްކޮށް އުޅޭނަމަ ތަކުރާރުކޮށް ހަމަމަގަށް އެޅުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

މިއީ ވަރަށް ވެސް ވަގުތު ނަގާ ބުރަ މަސައްކަތެކެވެ. އަޅުގަޑުމެންގެ މިއަދުގެ ހާލަތަށް ބަލާއިރު ވަރަށް ގިނަ މަންމައިންނާއި ބައްޕައިންނަށް މިކަމަށް ދޭނެ ވަގުތު ހޯދުމަކީ ދަތިކަމަކަށް އޮންނަނީ ވެފައެވެ. ބުރަކޮށް އަބަދު ވަޒީފާ އަދާކުރަން ޖެހޭތީ އެވެ.

ދެމަފިރިންގެ ތެރެއިން ބައްޕަ ހޯދާ އެއްޗަކުން އުޅޭ ތަނުގެ ކުލި ދައްކާލެވެނީ ކިރިޔާއެވެ. ދެން އާއިލާގެ ކަންތައްތަކަށް ފައިސާ ހޯދުމަށް މަންމަ ވަޒީފާއަށް ދާންޖެހެއެވެ. ނޫންނަމަ ގޭގައި އިނދެގެން ނަމަވެސް ބުރަ މަސައްކަތް ކުރަން ޖެހެއެވެ. އެހެންކަމުން އެއްކަލަ ކުދިންނަށް ވަގުތު އޮންނަނީ ދޭންވާވަރަށް ނުދެވިފައެވެ. ކޮށްދެވެނީ ހަމަ އެކަނި ޒަރޫރީ ކަންތައްތަކެވެ. ކައްކާފައި ކާން ދިނުމެވެ. ސްކޫލަށް ގެންގޮސް ގެނައުމެވެ. އެއްޗެތި ދޮވެ އިސްތިރި ކުރުމެވެ. އޭގެ އިތުރުން ކުދިނަށް އޮންނަނީ އަޅާ ނުލެވިފައެވެ. ކޮންމެ ފަދަ ގޮތަކަށް ކުދިންގެ އަޚްލާގު ބައްޓަންވަމުން އަންނަ ތަން ފެނުނަސް އޮންނަނީ އަޅާ ނުލެވިފައެވެ. ވަގުތު ނުވާތީ އެވެ.

ދެމީހުން އަބަދު މަސައްކަތުގައި އުޅެން ޖެހުމުން ދެމަފިރިންގެ ގުޅުމުގަވެސް އޮންނަނީ ގިނަފަހަރު މައްސަލަ ޖެހޭތަން އައިސްފައެވެ. ފިރިމީހާ އަންނަ އިރަށް ފެންވަރާ ރީތި ވެލައިގެން އިންނާނެ ވަގުތެއް އަންހެނުންނަކަށް ނުލިބެއެވެ. ނަތީޖާއަކަށް ވަނީ ޒުވާބު ގިނަވެ މައްސަލަތައް ގިނަވުމެވެ. ވަރި ގިނަވުމެވެ. ދެމަފިރިން ވަރިވުމުން އެއާއިލާއަކަށް ލިބިފައި ތިބޭ ކުދިން ބާކީވީއެވެ. މަގުމައްޗަށް ނިކުތަސް ކުދިން ފަހަތުން ދެވޭކަށް ނޯވެއެވެ. ވަގުތު ނުވާތީ އެވެ.

ޗުއްޓީއަކީވެސް އިންސާނުންނަށް ބޭނުންވާ އެއްޗެކެވެ. އަޅުގަޑުމެންގެ ރިސޯޓްތައްވެސް ފުރެންދެން މީހުން އަންނަނީ މިސަބަބަށްޓަކައެވެ. ނަމަވެސް މާލޭގެ ގިނަ އާއިލާތަކަށް ޗުއްޓީއަށް ތާކަށް ގޮސްލާނެ ފައިސާ ބާކީ ކުރެވޭ ވަރެއް ނުވެއެވެ.   

ހިޔާ ފްލެޓް ލިބުމާއެކު އެތަނަށް ބަދަލުވުމަށް އެންމެންވެސް ހިތްވަރުކުރީ މިސަބަބަށްޓަކައެވެ. ލާރި ފޮއްޗެއް ބާކީ ކޮށްލުމުގެ އުންމީދުގައެވެ. ނަމަވެސް ބާކީވި އެއްޗަކަށް ވުރެބޮޑު އެއްޗެއް އެތަނަށް ޚަރަދު ކުރަން ޖެހުނުކަމަށް އެތަނަށް ބަދަލުވި މީހުން ބުނެފައިވެއެވެ.

މިހުރިހާ ކަމެއްގެ އަޑީގައި ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ އަގު ބޮޑުކަމެވެ. އާދައިގެ އާއިލާއެއް އުޅުމަށް ދެކޮޓަރީގެ ތަނެއް އެންމެ ކުޑަވެގެންވެސް ބޭނުންވާއިރު، އެވަރު ތަނެއް ލިބެމުން އައީ 14 ހާސް ރުފިޔާއަށެވެ. އާންމު އެވްރެޖް މީހާގެ މުސާރަޔަށް ލިބެނީ ގިނަވެގެން ދިހަވަރަކަށް ހާސް ރުފިޔާއެވެ. ދެންޖެހެނީ އިތުރު ވަޒީފާއެއް ހޯދާށެވެ. އިތުރު ވަގުތު މަސައްކަތުގައި އުޅޭށެވެ. އެވަރުންވެސް ފެންބިލާއި ކަރަންޓް ބިލު ދައްކާފަ ކާނެ އެއްޗެއް ނޯވެއެވެ. މަސް ނިމޭއިރު އަތުގައި ބޮޑު ބައިރުފިޔާއެއްވެސް ނޯވެއެވެ. މިއީ ގިނަ އާއިލާތަކުގެ ހާލެވެ.  

މިހާރު ކުލި ނަގަން ފަށަން ތައްޔާރުވެފައިވާ 6700 އެއްހާ ހިޔާފްލެޓްތަކުގެ އަގު ތިރިކޮށްދީފި ނަމަ ވަރަށް ގިނަ އާއިލާތަކެއްގެ މިފަދަ މައްސަލަތަކާއި އާންމު އިޖްތިމާއީ މައްސަލަތައްވެސް ހައްލުވެގެން ދާނެއެވެ.

ފުރަތަމަ ފިޔަވަޅަކީ ހިޔާ ފްލެޓްތަކުގެ ކުލި ފައިނަލައިޒް ކުރާއިރު ކުރިން ކަޑައަޅާފައި އޮތް އަގަށް 6500 އަށް ތިރި ކޮށްލުމެވެ. އަދި މެއިންޓެނަންސް ކަމަށް ބުނެ ނަގާގޮތަށް އޮތް 1000 ރުފިޔާވެސް 500 އަށް ތިރިކޮށްލުމެވެ. ނަތީޖާއަކަށް ވެގެންދާނީ މާލޭގެ އެހެން އެޕާޓްމަންޓްތަކުގެ ކުލިތައްވެސް ކުޑަކުރަން މަޖްބޫރުވުމެވެ. އެންމެނަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭގޮތްވުމެވެ.

ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ރަސްމީކޮށް ކުލި ކުޑަ ނުކުރި ނަމަވެސް ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވާން ފެށިހަމައިން މިހާރުވެސް ވަނީ މާލޭގެ ކުލިތަކަށް އެނގުންވާން ފަށާފައެވެ.

މާލެ ސަރަހައްދުން އެޕާޓްމަންޓެއް ކުއްޔަށް ހޯދުމަކީ ކުރިން ވަރަށް އުނދަގޫ ކަމެކެވެ. އެޑްވާންސަށް ފައިސާ ނެގުމާއި ސެކިއުރިޓީ ޑިޕޮސިޓާއި އެނޫނަސް ނަންނަމުގައި ފީތައް ނަގަނީ އިންތިހާއަށެވެ. މިވަރަށް ފައިސާ ނަގާފަވެސް ބޭނުންވާކަހަލަ ތަނެއް އެކަށީގެންވާ އަގެއްގައި ލިބުމަކީ ނާދިރު ކަމެކެވެ.

ނަމަވެސް މިމައްސަލަޔަށް މިހާރުވަނީ ލުޔެއް ލިބެން ފަށާފައެވެ.

އެޕާޓްމަންޓް ކުއްޔަށް ދޭ ފަރާތްތަކުން ބުނަނީ ކުރިން އެޕާޓްމަންޓެއް ކުއްޔަށްދޭން އިޝްތިހާރު ޖަހާތާ ލަސްވެގެން ހަފްތާއެއްހާ ދުވަހުގެ ތެރޭ އެތަނެއް ކުއްޔަށް ދޫކޮށްލެވޭ ކަމަށެވެ. އެކަމަކު މިހާރު އެކަން ބަދަލުވެ، ތަން ހިފާނެ ބަޔަކު ނުވެގެން އެތައް މަހެއްވަންދެންވެސް އުޅެން ޖެހޭކަމަށް އެފަރާތްތަކުން ބުނެއެވެ. ދެކޮޓަރީގެ ތަނެއް ކުރިން 15 ހާހަށް ދެވުނު ނަމަވެސް މިހާރު އާންމު ގޮތެއްގައި 12 ހާހަށް ވުރެ ކުލި ބޮޑުނަމަ މީހުން ކުއްޔަށް ނުހިފާކަމަށް އެމީހުން ބުނެއެވެ.

ހުޅުމާލެ ފޭސް2 އިން ދޫކުރި ހަހާސް ހަތްސަތޭކައެއްހާ ފްލެޓަށްވެސް ގިނަ ބަޔަކު މިހާރު ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. ހަމައެއާއެކު އެތަނުންވެސް އެޕާޓްމަންޓް ކުއްޔަށް ދޭންވަނީ ފަށާފައެވެ. އެތަނުން ދެކޮޓަރީގެ އެޕާޓްމަންޓެއް އެވްރެޖްކޮށް 10 ހާސް ރުފިޔާއާއި 12 ހާސް ރުފިޔާއާއި ދެމެދުގެ އަގެއްގައި ލިބޭކަމަށްވެއެވެ. ވުމާއެކު މިހާރު ހުޅުމާލެއާއި މާލެއިންވެސް 2 ކޮޓަރީގެ އެޕާޓްމަންޓްގެ އަގުވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

މާލޭގެ ކުލިތަކުގެ އަގުތައް އިތުރަށް ދަށްވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ސަބަބަކީ ހުޅުމާލޭ ދެވަނަ ފޭސްގައި އަދިވެސް އިތުރު ތަންތަން އަޅަމުންދާތީއެވެ. ސަރުކާރުގެ ވިނަރެސް ފްލެޓްތަކާއި ކުންފުނިތަކުން އަޅަމުންދާ ފްލެޓްތަކެވެ. ސިފައިންގެ ފްލެޓްތަކެވެ. އެހެންކަމުން ކުލިތަކުގެ އަގުވެއްޓިގެން ދިޔުން ވެގެންދާނީ ތަބީއީ ގޮތުންވެސް އަންނާނެ ބަދަލަކަށެވެ. ނަމަވެސް ސަރުކާރުން ރަސްމީކޮށް ކަމެއް ކުރަން އެބަޖެހެއެވެ.

ކުރިންވެސް ބުނި ފަދައިން، މިހާރު ކުރަންވީ ކަމަކީ ހިޔާ ފްލެޓްގެ ކުލި ރަސްމީކޮށް ފައިނަލައިޒް ކުރާއިރު ކުރިންވެސް ކަނޑައެޅި 6500 ރުފިޔާއަށް ތިރި ކުރަންވީއެވެ. އަދި މެއިންޓެނަންސް ފީވެސް 500 ރުފިޔާއަށް ތިރި ކުރަންވީއެވެ.

ބޭނުންވަނީ އެންމެންވެސް ރިލެކްސް ވެލާށެވެ. ދާ ހިކިލާ ކޫލް ވެލާށެވެ. އޭރުން މަގުމައްޗަށް ގިނަވެގެން އުޅޭ ޒުވާން ދަރިންގެ ފަހަތުން ދާނެ ވަގުތު ބައްޕަޔަށް ލިބޭނެއެވެ. އާއިލާގެ އުފަލަށްޓަކައި ސުފުރާ މައްޗަށް އިތުރު ފޮނިކާއެއްޗެއް ހަދާލުމުގެ ޚިޔާލު އަދި ތަނަވަސްކަން މަންމަޔަށް ލިބޭނެއެވެ. އަދި ދެމީހުން މަސައްކަތް ކުރިނަމަވެސް ތަންކޮޅެއް ހަމަޖެހިގެން ތިބެ މަސައްކަތްކޮށް އަދި ރައްކާ ކުރެވޭ އެއްޗެއްވެސް އިތުރުވާނެއެވެ. އިޖްތިމާއީ މައްސަލަތައް މަދުވާނެއެވެ. އެންމެންނަށް ރީތި ދިރިއުޅުމެއް ލިބޭނެ މަގު ފަހިވާނެއެވެ.

ހިޔާ ފްލެޓްގެ ކުލި ތިރިކޮށްދެއްވާށެވެ. ހައްލަކީ އެއީ އެވެ.

ހިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު