Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުލޫފުގެ މައްޗަށް ކުރާ ދައުވާ

މަހުލޫފު މައްސަލަ ބޭރު ކުރީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި

ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު ހުށައެޅީ އެއް ނުކުތާގެ މައްޗަށް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2022 | ހޯމަ 09:23
މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހު

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލުކުރުމާއި ގުޅިގެން، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ހައިކޯޓުން ކުރި ޙުކުމުގައި ވަނީ މަހުލޫފުގެ މައްޗަށް ކުރާ ދައުވާ އަލުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ދަންނަވާފައެވެ. އެގޮތުން މި މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގައި ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހުއެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 6 މާރޗުގައެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންދިޔައީ 13 މާރޗު 2022 ގައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާ ހުށައަޅައި، އެ ނުކުތާއަށް ދެފަރާތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ދައުލަތުގެ އިސްތިއުނާފީ ނުކުތާއަކީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަށް ކްރިމިނަލް ކޯޓުން ނިންމުމެވެ. އެގޮތުން ދައުލަތުން ހުށައެޅި ވަކިވަކި ހެކިތައް ވަޒަން ކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އެ ހެކިތަކުން ނުކުންނާނެ ނަތީޖާ ބަޔާން ކުރައްވައި، މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވިކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި ދައުވާއެއް ކުރިއަށް ގެންދެވިދާނެ ގޮތަށް ބަލާއިރު، ދައުލަތުން ހުށައެޅި ވަކިވަކި ހެކިތައް ވަޒަން ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އެ ހެކިތަކުން ނުކުންނާނެ ނަތީޖާ ބަޔާން ކުރެއްވި ކުރެއްވުން ދައުލަތުން ފާހަގަކުރިއެވެ. އަދި މަދަނީ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑުކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ހެކި ވަޒަން ކުރުމަކީ މި މަރުޙަލާގައި ކުރަންޖެހޭ ކަމެއް ނޫންކަމަށް ހައިކޯޓުން މީގެ ކުރިން ނިންމި ގަޒިއްޔާއެއްގައި ބަޔާން ކޮށްފައިވާކަމަށެވެ.

ނަމަވެސް އެ އުސޫލާއި ޚިލާފަށް މައްސަލަ ބެއްލެވި ގާޒީ ހެކިތައް ވަޒަން ކުރައްވާފައިވާއިރު، ދައުލަތުން ހުށައެޅި ޝަފަހީ ހެކިން ހާޒިރުވެސް ނުކޮށް އެ ހެކިންގެ ހެކިބަހުން މައްސަލަ ސާބިތު ނުކުރެވޭނެކަމަށް ނިންމެވިކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

މިފަދައިން އިބްތިދާއީ މަރުޙަލާގައި ނިންމުމުގެ ނަތީޖާއަކަށްވަނީ ޝަރީއަތުގެ މަރުޙަލާގައި ހެއްކާ ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތުންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މަހުލޫފުގެ ފަރާތުން އިސްތިއުނާފަށް ޖަވާބުދެއްވަމުން އޭނާގެ ވަކީލާ ވިދާޅުވީ، މައްސަލަ ބެއްލެވި ގާޒީ ބެއްލެވީ ކުށުގެ އުންސުރުތަކާއި، އެ ހެކިތަކުން އުންސުރުތައް ސާބިތުވޭތޯކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި، މުޅި މައްސަލައިގައި ގާޒީގެ ވިސްނުންފުޅު ހުރި ގޮތުން ފެނިގެންދާ ކަމަށެވެ.

މި މައްސަލައި ހައިކޯޓުން ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި، ފަނޑިޔާރު އަލީ ސަމީރުއެވެ.

އަހުމަދު މަޚްލޫފްހައި ކޯޓުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު