Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން - ރަޝިޔާ ހަނގުރާމަ

ޒެލެންސްކީ، ރަޝިޔާއަށް – ސުލްހައިގެ ވާހަކަ މިހާރު ފަށާ! ނޫނީ ޒަމާންތަކަކަށް ގެއްލުން ދެމިގެންދާނެ!

ރަޝިޔާއިން ވަނީ ހައިޕަރ ސޮނިކް މިސައިލް ބޭނުންކޮށްފައިވާކަމަށް ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މާރިޗު 2022 | ހޮނިހިރު 14:18
ވޮލޮޑިމީރ ޒެލެންސްކީ - މަޝްވަރާ އަވަސްކުރުމަށް ވަނީ ގޮވާލައްވާފައި

ވޮލޮޑިމީރ ޒެލެންސްކީ - މަޝްވަރާ އަވަސްކުރުމަށް ވަނީ ގޮވާލައްވާފައި

މިހާރުން މިހާރަށް ސުލްހައިގެ ވާހަކަތައް ފެށުމަށާއި، އެހެން ނޫންނަމަ އެކަމުގެ ގެއްލުންތައް ޒަމާންތަކަކަށް ދެމިގެންދާނެކަމަށް ވިދާޅުވެ, ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރ ޒެލެންސްކީ ރަޝިޔާއަށް ވީޑިއޯ މެސެޖެއް ފޮނުއްވައިފިއެވެ.

ޒެލެންސްކީ ވިދާޅުވީ, ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ. ނޫންނަމަ ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރަޝިޔާ އެތައް ޒަމާންތަކެއް ހޭދަކުރަންޖެހިދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގެ އަސްކަރިއްޔާއަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އަދި ޔޫކްރެއިން ހިފަން ކުރަމުން އަންނަ މަސައްކަތަށް ކޮންމެވެސް ވަރަކަށް މަޑުޖެހުމެއް އައިސްފައިވާ އިރު، ދޭ ހަމަލާތައް މަދުވެފައިވާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.

އަދި ރަޝިޔާގެ އަސްކަރިއްޔާއިން ވަކިތަނެއް ބެލުމެއް ނެތި ހަމަލާ ދެމުން އަންނަ އިރު، ބައެއް މުހިންމު އިމާރާތްތަކަށް އަމާޒުކޮށް މިސައިލް ހަމަލާ ދެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ރަޝިޔައިން ބުނެފައިވަނީ އެގައުމުގެ ހައިޕަރ ސޮނިކް މިސައިލުން އިވަނޯ ފްރަންކިވްސްކްގެ ހުޅަނގުގެ ބިމުގެ އަޑީގައި ހަދާފައިވާ, މިސައިލާއި އަސްކަރީ މަތިންދާބޯޓުތައް ރައްކާކޮށްފައިވާ ތަނަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާއިން އަންނަނީ ހައިޕަރސޮނިކް މިސައިން ބޭނުންކުރަމުންނެވެ.

ޔޫކްރެއިންގެ އެއަރފޯސް ކޮމާންޑުގެ ސްޕޯކްސް ޕަރސަން ވަނީ ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ހައިޕަރ ސޮނިކް މިސައިލް ބޭނުންކުރިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވެއެވެ.

ޔޫކްރެއިންގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ފްރަންޓް ލައިނަށް ބަދަލުތަކެއް އައިސްފައިވާކަން ދެނެގަނެވިފައި ނުވާކަމަށެވެ. ނަމަވެސް މަރިއިޕޮލް، މައިކޮލައިވް, އަދި ޚާރަސަންގެ ދެކުނުގެ ސަރަހައްދުތަކުންނާއި، އިޒްޔުމްގެ އިރުމަތިން ބަދަލުކުރަމުންދިޔަ ހަމަލާތައް ވަރުގަދަކޮށްފައިވާކަމަށެވެ.

ހަނގުރާމައާ ގުޅިގެން މިހާތަނަށް 3.3 މިލިއަން ރެފިއުޖީން ވަނީ ޔޫކްރެއިން ދޫކޮށް ހުޅަނގު ބޯޑަރު ހުރަސްކޮށްފައެވެ. އަދި 2 މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އަދި އާންމުން ސަލާމަތްކުރުމަށް އިތުރު ދޮރުތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވެފައިވަނީ ރަޝިޔާއިން ހުރިހާ ޕްލޭނެއް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވެފައިވަނީ ދޫ ނުދެއްވާނަމަ ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށެވެ. ޒެލެންސްކީ ވަނީ ބައްދަލުވުމެއް ބާއްވަންވީ ވަގުތު އައިސް ޖެހިއްޖެކަމަށް ވިދާޅުވެފައެވެ. އަދި ސަރަހައްދީ މުސްތަގިއްލުކަން ކަށަވަރުކޮށް ޔޫކްރެއިނަށް އިންސާފުހޯދައިދޭންޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. ނޫން ނަމަ ރަޝިޔާއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެތައް އަހަރެއް ހޭދަކުރަން ޖެހޭނެ ކަމަށެވެ.

ރަޝިޔާއިން އެންމެ ފަހުން ބުނެފައިވަނީ އެގައުމުގެ 500 ސިފައިން މަރުވެފައިވާ ކަމަށެވެ. އެއީ މާޗް މަހުގެ 2 ވަނަ ދުވަހުއެވެ. ނަމަވެސް ޔޫކްރެއިނުން ބުނެފައިވަނީ, މަރުވި ރަޝިޔާގެ ސިފައިންގެ އަދަދު ހާހުން ގުނާލެވޭ ކަމަށެވެ. ނަމަވެސް ކަށަވަރު އަދަދެއް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު