Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރަނގި ހިމާޔަތް ކުރުމުގެ ދިރާސާ

ކުރަނގި ހިމާޔަތްކުރުމަށް އިހަވަންދިއްޕޮޅުގައި ދިރާސާއެއް ފަށައިފި

19 މާރިޗު 2022 | ހޮނިހިރު 05:28

މިދިރާސާގައި 8 ކުރަނގީގައި 5 ގްރާމްގެ ސެޓްލައިޓް ޓެގް ހަރުކޮށް، ހަތަރު މަސް ވަންދެން ކުރަނގީގެ ރާސްތާ ދެނެގަނެވޭނެ

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ | 19 މާރިޗު 2022 | ހޮނިހިރު 05:28
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - ކުރަނގި ހިމާޔަތްކުރުމަށް އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާއެއް ފަށާފައި

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - ކުރަނގި ހިމާޔަތްކުރުމަށް އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާއެއް ފަށާފައި

އައިންމަތީ ދޫންޏެއް ކަމަށްވާ ކުރަނގި ހިމާޔަތްކުރުމަށް ބޭނުންވާ ދިރާސާ ޕްރޮޖެކްޓެއް މިއަދު ހޯރަފުށީގައި އިފްތިތާހުކޮށްފިއެވެ.

ޔޫ.އެން.ޑީ.ޕީ އާއި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ މާލީ އެހީ ލިބިގެން ހޯރަފުށީގެ ޖަމިއްޔާއެއް ކަމަށްވާ އެފްސީ ފްރިގޭޓަރ ގެފަރާތުން އިވަހަންދިއްޕޮޅުގައި ކުރިއަށް ގެންދާ މިދިރާސާގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

މިދިރާސާ އިފްތިތާހުކޮށް ދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި އައިންމަތީ ދޫނި ބިސްއަޅާ އަލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ދިރާސާކޮށް، މުޖުތަމައުގެ ތަފާތު ފަންތީގެމެދުގައި ދިރާސާކުރުމުގެ އާދަ އާލާކޮށް އަށަގެންނެވުމުގެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުރަނގި، މާރަނގަ، ހޯރަ ފަދަ އައިންމަތީ ދޫނިތައް ދިވެހިންގެ ސަގާފަތާއި އާދަކާދައިގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ދިވެހިންގެ މައިގަނޑު މަސްވެރިކަން ކަމުގައިވާ ދޮށީގެ މަސްވެރިކަމުގައި، އައިން ހޯދުމަށް ކުރަނގިފަދަ އައިންމަތީ ދޫނީގެ މުހިއްމުކަން ބޮޑުކަން ފާހަގަކުރެއްވިއެވެ.  

މިބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވަނީ އިރުވައި މޫސުމުގައި ކުރަނގި އެންމެ ގިނައިން ވަޒަންވެރިވެގެން އުޅޭ މަންޒިލަކީ އިހަވަންދިއްޕޮޅު ކަން ފާހަގަކުރައްވައި، ދިރާސާގެ އަލީގައި އިވަހަންދިއްޕޮޅުގައި ކުރަނގި ދަތުރުކުރާ ރާސްތާ ދެނެގަނެ، ކުރަނގި ކާނާ ހޯދައި، ވަރުބަލި ފިލުވައި އަދި ނިދަންއަރާ ސަރަހައްދުތަކާއި ފިނޮޅުތައް ދެނެގަނެވުމަކީ، ކުރަނގި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ނިޒާމެއް އެކުލަވާލުމަށް އެންމެ މުހިންމު އެއް ކަންތައް ކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ހއ. ގައްލަންދޫއަކީ، ކުރަނގި އެންމެ ގިނައިން ނިދަން އަރާ ކަމަށް ރާއްޖެއިން ރިކޯޑުކުރެވިފައިވާ ރަށްކަން ފާހަގަކުރެއްވިއެވެ. އަދި މިދިރާސާގެ އަލީގައި އިހަވަންދިއްޕޮޅަކީ ދޫނި ބެލުން ނުވަތަ ބާޑް ވޮޗިން އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި މަގުބޫލު މަންޒިލަކަށް ވެގެން ދާނެކަމެއްކަމަށް ވިދާޅުވިއެވެ.

މިދިރާސާގައި 8 ކުރަނގީގައި 5 ގްރާމްގެ ސެޓްލައިޓް ޓެގް ހަރުކޮށް، ހަތަރު މަސް ވަންދެން ކުރަނގީގެ ރާސްތާ ދެނެގަނެވޭނެއެވެ. އަދި މިދިރާސާގެ ނަތީޖާ ސަރުކާރުގެ ސިޔާސަތު ކަނޑާއަޅާ ފަރާތްތަކާއި ހިއްސާކުރެވި، ކުރަނގިފަދަ އައިންމަތީ ދޫނީގެ މެނޭޖްމަންޓް ޕްލޭން ހެދުމަށާއި މިތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމަށް ވަރަށް މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް