Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަސްވެރިންނަށް ފުރުސަތު ހޯދައި ދިނުން

ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި ލިބޭ ފުރުސަތުތައް އިތުރުކުރަނީ

17 މާރިޗު 2022 | ބުރާސްފަތި 11:40

މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2022 | ބުރާސްފަތި 11:40
ފަރެސްމާތޮޑާގެ މަސްވެރިން

ފަރެސްމާތޮޑާގެ މަސްވެރިން

ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި ލިބޭ ފުރުސަތުތައް އިތުރުކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ބޮސްޓަންގައި މާރިޗް 13 އިން 15 އަށް ކުރިއަށް ގެންދިޔަ ސީފުޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްފަހު މިނިސްޓަރު ވިދާޅުވީ މި އެކްސްޕޯއިން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި އޮތް ފުރުސަތުތައް ދެނެގަނެވި ދިވެހި މަސް އެކްސްޕޯޓްކުރުމަށް އިތުރު ބާޒާރުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިފަދަ އެކްސްޕޯތަކުގައި ބައިވެރިވުމަކީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު މަގު ފަހިކަމެއް ލިބިގެންދާނެ ކަމެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރާއި ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ކެލިފޯނިޔާގެ ޔުނިވަރސިޓީ އޮފް ސެންޓަ ބަރބަރާގެ ސައިންޓިސްޓުންނާއި ބައްދަލުކޮށް، ހިމާޔަތްކުރެވިފައިވާ ތަންތަނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީ ކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި ލިބޭ ފުރުސަތުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ މިންވަރަށް މި ސަރުކާރުން މަސްވެރިކަމަށް އިންވެސްޓް ކޮށްފައިވެއެވެ. މިއަހަރުގެ މެދުތެރޭގައި އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، މުޅިން ވަކި ކުންފުންޏަކަށް ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއާއެކު، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ވެސް ނިންމާފައިވެއެވެ.

މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދާދިފަހުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމަށް ވީ ވައުދު ފުއްދަމުންގެންދާ ކަމަށާއި، އެ މަންޒަރުވެސް ފެންނަމުންދާކަމަށެވެ. ފާއިތުވި 3 އަހަރުވެސް 2.6 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ނިމޭއިރު މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ 13،000 އެއްހާ ޓަނަށް އިތުރުވާނެ ކަމަށެވެ.

މިފްކޯ ތަރައްގީކުރުމަށް، ސައޫދީ ފަންޑުގެ ދަށުން 1 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމާފައެވެ. 

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް