Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސަކު އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުން

ރައީސަކު އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަކީ އިޖުތިމާއީ، އިގްތިޞާދީ އަދި ސިޔާސީ އަދާލަތަށް ބޭނުންތެރިކަމެއް: ރައީސް ނަޝީދު

ރިޔާސީ އިންތިޚާބު ބާއްވާފައިވާއިރު އާންމު ހަމައެއްގެ ގޮތުގައި ފެނިފައިވަނީ ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާ ޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާތަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 މާރިޗު 2022 | ބުރާސްފަތި 03:14
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަކީ ރާއްޖޭގެ އިޖުތިމާއީ އިގްތިޞާދީ އަދި ސިޔާސީ އަދާލަތައް ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެމަނިކުފާނާ ވާހަކަދައްކަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާއިރު މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން ނަމުގައި ޓްވިޓަރ ގައި ވަނީ ލިޔުމެއް އާންމުކުރައްވާފައެވެ. އެލިޔުން ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމަލުކުރަމުން މިގެންދާ ގާނޫނު އަސާސީ ވަނީ ދިވެހި ވެރިކަމުގެ ސިފައަށް ކިތަންމެ ބަދަލެއް ގެނެސްފައިކަމަށެވެ. ގާނޫނު އަސާސީއަށް އަމަލުކުރާތާ 13 އަހަރު ވެފައިވާއިރު ގާނޫނު އަސާސީގައި ހުރި ބައެއް ކަންކަމާއި ގުޅޭގޮތުން ވިސްނަންޖެހޭކަމީ މިގައުމުގެ ކަންކަމާއި ވިސްނާ އެކަކުވެސް ދެބަސްވާނެ ހަގީގަތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލިޔުމުގައި ވަނީ ރައީސަކު އިންތިޚާބުކުރުމުގައި އެންމެ ގިނަ ވޯޓު ހޯދޭ ކެންޑިޑޭޓަކީ މޮޅުވާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން ބޭނުންތެރިކަމަށް ވިދާޅުވެފައެވެ. އެގޮތަށް އެމަނިކުފާނު ވިދާޅުވާ ސަބަބުތައް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން ގަނޫނު އަސާސީގެ ދަށުން 3 ފަހަރަށް ރިޔާސީ އިންތިޚާބު ބާއްވާފައިވާއިރު އާންމު ހަމައެއްގެ ގޮތުގައި ފެނިފައިވަނީ ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާ ޕާޓީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާތަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ރައީސް މައުމޫނަށްކަމަށެވެ. އެހެންނަމަވެސް ދެ ވަނަ ބުރުގައި އެހެން ހުރިހާ ޕާޓީއަކާއި ކެންޑިޑޭޓުން ރައީސް މައުމޫނާ ދެކޮޅަށް ނިކުމެ ރައީސް މައުމޫން ބަލިކުރެެއްވީ ކަމަށެވެ. ފުރަތަމަ ބުރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 25 އިންސައްތަ ކަމަށާއި ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދުގައި ކުއްލި ގޮތަކަށް އެތައް ރައްޔިތުންނެއް އެމަނިކުފާނާ ރުހި އެމަނިކުފާނަށް އަގްލަބިއްޔަތު ވޯޓު ދިނީކަމަށް ދެކޭކަމަށްވާނަމަ އެއީ ދޮގެއްގެ މައްޗަށް ދެކެވޭ ދެކެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ނޫނަސް މަޖިލިސް އިންތިޚާބުތަކުގައިވެސް އަދި ކައުންސިލް އިންތިޚާބުތަކުގައިވެސް އެއްވެސް ޕާޓީއަކަށް އަގްލަބިއްޔަތު ވޯޓު ހޯދިފައިނުވާކަމަށެވެ. އަގްލަބިއްޔަތު ވޯޓު ހޯދުމަކީ އެއްވެސް މިނިވަން މުޖުތަމައުއެއްގައި ފަސޭހަކަމެއްވެސް ނޫންކަމަށާއި ވަރަށް މަދުން ނޫނީ ނުވާކަމެއްކަމަށެވެ.

ރާއްޖޭގެ ސިޔާސީ ތޮބިއްޔަތަށް ބަލާއިރު ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް އަށްވެސް ތާއީދު އޮންނަނީ ދާދި އެއް މިންވަރެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ 35 އިންސައްތަ އާއި 45 އިންސައްތަ އާ ދެމެދުކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ. މި ދެޕާޓީވެސް އިންތިޚާބު ކާމިޔާބުކުރުމަށް އެހެން ކުދި ޕަޓީތަކާ ގުޅެންޖެހޭކަމަށާއި މިގުޅުމަކީ ވަރަށް އަގު ބޮޑު ގުޅުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މި 5 އިންސައްތަ ވޯޓު ހޯދުމަށްޓަކައި އެމްޑީޕީން ވަނީ އެމީހުންގެ ސަރުކާރުގެ ކެބިނެޓްގެ 60 އިންސައްތަ ދޫކޮށްލާފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 5 އިންސައްތަ ރައްޔިތުން އެދޭގޮތަށް ކަންކަން ގެންދިޔުމަށް 45 އިންސައްތަ ރައްޔިތުންގެ އުންމީދުތައް ފެންކޮށްލެވެނީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީނަމަ އެތައް ގޮންޖެހުމަކާ ކުރިމަތިލާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގިނަ ބަޔަކީ ބާކީވާ މީހުންކަމުގައި އެމީހުން ދެކޭނަމަ ނުކުންނާނެ ހިތި ނަތީޖާ ގައުމުތަކުގެ ހަޔާތުން ވަނީ ސާފުވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު