Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީގެ މަރުގެ މައްސަލަ

ލަމްހާއަށް ކުރާ ދައުވާއަށް މިއަދުވެސް ޖަވާބުދާރީ ނުވެވުނު

އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ 21 ފެބްރުއަރީ ވީ ހޯމަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މާރިޗު 2022 | އަންގާރަ 06:57
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދެވިފައި ނުވަނީ ދިފާއަށް ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާތީއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުން- 21 ފެބްރުއަރީ 2022 ގައި:

މި މައްސަލައިގައި 21 ފެބްރުއަރީވީ ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ޙާދިސާ ހިނގި ގޭގައި ލަމްހާ 20 މިނެޓް ހޭދަކޮށްފައިވާކަމަށް ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅިގެން ހުށައަޅާފައިވާ ސީސީޓީވީ ފުޓޭޖް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުން ކޯޓަށް ހުށައަޅާފައިވާ ލިޔެކިޔުންތައް ލިބިފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ދައުލަތުން ބުނީ، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ނިމުމުން އެ ރިޕޯޓާއި، މޯބައިލް ފޮރެންސިކް ރިޕޯޓުވެސް ހުށައަޅުއްވާނެ ކަމަށެވެ. އޮޓޮޕްސީއާއެކު ތައްޔާރުކުރި ޓޮކްސިކޮލިޖީ ރިޕޯޓާއި، މޭރީގެ ލޭގެ ޓޮކްސިކޮލިޖީ ރިޕޯޓުވެސް ކޯޓަށް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

މޭރީގެ ލޭގެ ޓޮކްސިކޮލިޖީ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓު ތައްޔާރު ކުރަނީ ރާއްޖެއިން ބޭރުން ކަމަށާއި، މޭރީގެ ލޭގައި ކެމިކަލްއެއްގެ ބާވަތެއް ސަކްސިނައިލްކޮލިން (Succinylcholine) ހުރިކަމަށް ރިޕޯޓު ތައްޔާރުކުރި ފަރާތުން އަނގަ ބަހުން އަންގާފައިވާކަމަށް ވިދާޅުވިއެވެ. އެ ރިޕޯޓުވެސް ލިބުމާއެކު ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

ސަކްސިނައިލްކޮލިން އަކީ ހޭނައްތާ ޕްރޮސިޖަރުތަކަށް ބޭނުންކުރާ އަދި ވަކި މިންވަރަކަށް މީހާގެ ވާގި ނައްތާލުމުގެ ބާރުވެސް ލިބިފައިވާ ކެމިކަލްއެކެވެ.

ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން ފާހަގަކުރިއެވެ. މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާ ކަމުގެ ނިޝާން ފެންނަން ހުރިކަމުގައި ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މީގެއިތުރުން، މާވިންގެ ދަރިފުޅުގެ ސައިކޮލިޖިކަލް އެސެސްމަންޓުވެސް އަދި ލިބިފައިނުވާކަން ދައުލަތުން ފާހަގަކުރިއެވެ.

ދިފާއީ ވަކީލު ވަނީ އެ ރިޕޯޓުތައް ނުލިބޭއިރު، އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ދައުލަތުންވެސް އެ ދުވަހު ވަނީ އެ ރިޕޯޓުތައް ލިބުމުން އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދިއުމާމެދު އިއުތިރާޒެއް ނުކުރާކަން ފާހަގަކޮށްފައެވެ. ވުމާއެކު ގާޒީވެސް ވަނީ ލިޔެކިޔުންތައް ލިބުމުން، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުން:

އަންގާރަ ދުވަހުގެ އަޑުއެހުމުގައިވެސް ދައުވާއަށް ޖަވާބުދާރީވުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސަބަބަކީ މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓާއި، މި މައްސަލައިގައި ހުށައަޅާ މޯބައިލް ފޮރެންސިކް ރިޕޯޓު ފަދަ ބައެއް ލިޔުންތައް ދިފާއަށް ލިބިފައިނުވާތީއެވެ.

ދައުލަތުން ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު މުހިއްމުވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ މޭރީގެ މަރާއި ގުޅިގެން އެ ކުއްޖާއަށް މައުލޫމާތެއް އެނގިދާނެކަމަށް ބެލެވޭތީއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި މޯބައިލް ފޮރެންސިކް ރިޕޯޓުގައި މާވިންގެ ފޯނުން ފެނުނު ބަރަހަނާ ފޮޓޯތަކެއްވެސް ހިމެނެއެވެ. ވުމާއެކު އެ ރިޕޯޓާއި ގުޅިގެން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދެފައެވެ. ގާޒީވަނީ އެ އަމުރު ނެރެދެއްވުމަށް ނިންމަވާފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވަނީ ބާކީ ހުރި ލިޔެކިޔުންތައް ދިފާއަށް ހަމަވުމުން ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!

10 އެޕްރީލު 2017
ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!
10 އެޕްރީލު 2017

އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު

10 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު