Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދު ކުޑަކުރުން

މުޅި ނިޒާމު ރިވިއުކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރަން އިސްލާހީ އެޖެންޑާއެއް ހުށައެޅުމަށް މެމްބަރު ސަލީމް ގޮވާލައްވައިފި

ދިވެހި ދައުލަތަކީ އިސްރާފު ބޮޑު، ހިންގުމުގެ ޚަރަދު ބޮޑު ދައުލަތެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 މާރިޗު 2022 | އަންގާރަ 06:51
އަހުމަދު ސަލީމް - ހޯރަފުށީ ދާއިރާގެ މެންބަރު

އަހުމަދު ސަލީމް - ހޯރަފުށީ ދާއިރާގެ މެންބަރު

މުޅި ނިޒާމު ރިވިއުކޮށް، ދައުލަތުގެ ޚަރަދު ކުޑަވާނެ ކަންތައްތައް ފާހަގަކޮށް އިސްލަހީ އެޖެންޑާއެއް ހުށައަޅަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި އަދި 18 އަހަރު ނުފުރޭ ދަރިންނަށް އެ މެމްބަރުން އަމިއްލަފުޅަށް ޕްރިމިއަމް ދައްކަވާ ގޮތަށް ހެލްތް އިންޝުއަރަންސް ސްކީމްގައި ބައިވެރިކޮށްދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، މުއައްސަސާތަކާއި، އިދަރާތަކުގެ ކަންކަން ރޭވިފައި އޮންނަނީ ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަމަށެވެ.

އެއް ކަމެއް ކުރުމަށް އެތައް އިދަރާއެއް ހުންނަކަމީވެސް ޚަރަދުތައް އެތައް ގޮތަކަށް ބޮޑުވާކަމެއް ކަމަށް ވިދާޅުވެ މީގެ ކުރިންވެސް ސަލީމްވަނީ ތަޅުމުގައި ކަންބޮޑުވުން ފާޅުކުރައްވަފައެވެ.

ސަލީމު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި މިނިވަން މުއައްސަސާތަކުގައި އެންމެ ކޮމިޝަނަރެއް ހުންނައިރު ރައްޖޭގައި ކޮންމެ ކޮމިޝަނެއްގައި ހަތަރު ފަސް މެމްބަރުން ތިއްބަވާކަމީ ޚަރަދު ބޮޑު ގޮތެއް ކަމަށެވެ.

ދިވެހި ދައުލަތަކީ އިސްރާފު ބޮޑު، ހިންގުމުގެ ޚަރަދު ބޮޑު ދައުލަތެއްކަން ފަހަގަކުރައްވާ ސަލީމް ވިދާޅުވީ، އިނާޔަތްތަކައި، މުސާރައާއި އެހެނިހެން ކަންކަން ފަހިވެފައި އޮންނަނީ އެމީހާ ވަޒީފާގައި ހުންނަ އިރާއި ވަކިވެގެން ދާއިރުވެސް ލިބޭ ގޮތަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

ހެލްތް އިންޝުއަރެންސް ސްކީމެއް ސަރުކާރުން ފޯރުކޮށްދޭއިރު، މިހާރު މި އޮންނަނީ ޑަބަލް އިންޝުއަރެންސް ލިބޭ ގޮތަށް ކަމަށާއި، މިއީވެސް ޚަރަދުގެ ގޮތުން ބަލާއިރު ބުރައެއް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، މެމްބަރުންނަށްވެސް އެ ސްކީމްގެ ދަށުން އިންޝުއަރެންސް ހަމަޖެހިގެން ދިޔުމުން އެ ނިމުނީ ކަމުގައެވެ. މިހާރު މެމްބަރުންނާއި، މެމްބަރުކަން ކުރައްވާފައިވާ ބެފުޅުންނަށް ޕްރައިވެޓް އިންޝުއަރެންސް ފޯރުކޮށްދިނުމަކީ އެނގި ތިބެ ދައުލަތަށް ބޮޑު ބުރައެއް ދިނުން ކަމުގައިވެސް ސަލީމް ވިދާޅުވިއެވެ.

ދުނިޔޭގެ ގައުމުތަކުގެ ކަން ހިނގާ އުސޫލަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ، ވަޒީފާއިން ރިޓަޔަރ ވުމުން އެމީހަކަށް ލިބެނީ ރިޓަޔަރމެންޓް ޕެންޝަނަކާއި އާންމު އުސޫލުން ހަމަޖެހިފައި އޮންނަ މެޑިކަލް އިންޝުއަރެންސެއް ކަމަށެވެ. ރާއްޖެގައި މި ނިޒާމު އޮތް އިރު އެންމެންވެސް އުޅެން ޖެހޭނީ ހަމަ މި ގޮތަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދަ ނިޒާމުގެ ތެރެއިން އުދަނގޫތަކެއް އެބަހުރިކަމަށާއި، މިކަންކަން ފަސޭހައިން ފަހިވާނެ ގޮތަށް އާސަންދަ ނިޒާމް އިސްލާހު ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.  

މެމްބަރު ސަލީމް ވިދާޅުވީ ހެލްތް އިންޝުއަރެންސް، އޮފިޝަލް ޕާސްޕޯޓް ފަދަ އިނާޔަތްތައް މެމްބަރުކަން ކުރުމުން ލިބޭއިރު، އެއް ދައުރު ފުރިހަމަ ކޮށްފައިވާ ބޭފުޅުންނަށް އުމުރުން 55 އަހަރު ވެއްޖެނަމަ މަޖިލިސް މެމަބަރަކަށް ދޭ މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު ފުރިހަަމަ ކޮށްފިނަމަ މުސާރައިގެ 45 އިންސައްތަ ދޭން ޖެހޭ ކަމަށް އޮންނަަ ކަމުގައެވެ. މިއީވެސް މިކަން އޮންނަން ވާނެ ގޮތެއް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ އެހެން މީހުންނަށް ފާޑު ކިޔައި އެހެން މުއައްސަސާތަކަށް ހަދަންވީ ގޮތް ބުނެދީ، ކޮރަޕްޝަންގެ ވާހަކަ ދައްކާ ބައެއް ކަމަށާއި އެހެން ނަމަވެސް މަޖިލީހުން މިހާތަނަށް އަމަލު ކުރަމުން އަންނަނީ އަމިއްލައަށް މުސާރަ ކަނޑައަޅައި، އަމިއްލައަށް މެޑިކަލް އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައްވެސް ކަނޑައަޅަމުން ކަމަށް ސަލީމް ވިދާޅުވިއެވެ. ހުރިހާ ކަމެއްގައި އެހެން ގައުމުތަކުން މިސާލު ނަގަމުން އަންނައިރު މިކަމުގައި އެހެން ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތް މިސާލަކަށް ނުނަންގަވަނީ ކީއްވެގެންތޯވެސް ސަލީމް ސުވާލު އުފެއްދެވިއެވެ. ޕާލިމެންޓްރީ ޑިމޮކްރެސީ އެންމެ ރަނގަޅު މިސާލުކަމަށް އިނގިރޭސިވިލާތް ނަގަމުން އަންނައިރު އެ ގައުމުގައިވެސް މިހާރު މިފަދަ ކަންކަން ކަނޑައަޅަނީ، މިނިވަން ކޮމިޝަނަކުން ކަމަށް ސަލީމް ވިދާޅުވިއެވެ. މަޖިލީހުގެ ކަންކަން ރަނގަޅުވެގެން ނޫނީ އެހެން ކަންކަން ރަނގަޅު ކުރުމުގެ ވާހަކަ ދައްކައިގެން ނުވާނެ ކަމުގައިވެސް ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ވަންނަންވީ އިނާޔަތްތައް ހޯދަން ނޫން ކަމަށާއި، ނަމަވެސް ގާނޫނު ހަދައި ކަންކަން އިސްލާހު ކުރަން ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އޮންނަނީ މަޖިލީހަށް ހާޒިރު ވިޔަސް ނުވިޔަސް ގޮނޑި ކާމިޔަބު ކުރެވޭ ހިސާބުން ފެށިގެން ދައުރު ހަމަވަންދެން ގޮނޑީގައި ހުރެވޭ ގޮތަށް ކަމަށެވެ. އަދި މިއީ މިކަން އޮންނަންވާނެ ގޮތް ނޫން ކަމަށާއި، ރައްޔިތުން އެ މެމްބަރަކު ހޮވި ބޭނުން ނުފުދޭނަމަ މެމްބަރު ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަންވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، މެމްބަރުން "ރިކޯލް" ކުރާ ގާނޫނެއް މިހާރު ރާއްޖެއަށް ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތުގައި މެމްބަރުން ބައިވެރި ނުވާނަމަ ޕެޓިޝަން ހުށައަޅައިގެންވިޔަސް މެމްބަރުން ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭ ކަމަށާއި އެނޫން ގޮތަކަށް މަޖިލިސް އިސްލާހު ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މަޖިލިސް އިސްލާހުވެގެން ނޫނީ ރާއްޖެ އިސްލާހު ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅަށް ތާއިދު ކުރައްވާ ދާންދޫ ދައިރާގެ މެމްބަރު ޔަގޫބް އަބްދުﷲ ވިދާޅުވީ، ބޮޑެތި މުސާރައާއި އިނާޔަތް ލިބޭއިރު މެމްބަރުންގެ އިންޝުއަރެންސް ކަންކަން އެގޮތަށް އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށާއި، މިހާރު މެމްބަރުންގެ ސަޔަށް އަހަރެއްގެ މައްޗަށް ހޭދަވާ ގާތްގަނޑަކަށް 3 މިލިއަނެއްހާ ރުފިޔާ އެހެން ކަމަކަށް ބޭނުން ކުރެވިދާނެ ކަމަށެވެ.

އަދި މަޖިލީހުގެ މެމްބަރުކަން ކުރީތީ ލިބެން ޖެހޭ އިނާޔަތްތައްވެސް އުނި ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝިއުރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބައެއް މެމްބަރުން އެ މެމްބަރުގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށްވެސް އެފަދަ އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާގެ ކަންތައް އެ މެމްބަރުން އަމިއްލަފުޅަށް ޕްރިމިއަމް ދައްކަވާ ގޮތަށް ހަމަޖައްސަވައިދެއްވުމާއި ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމަފައިވަނީ އެކަމާމެދު ތަޅުމުން ގޮތެއް ނިންމުމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު