Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުންގެ ސައްލާ

އަންހެނުން އެކަކު އަނެކަކުގެ ކުރިއެރުމަށް އެހީތެރިވެދެއްވާ - އީވާ

13 މާރިޗު 2022 | އާދީއްތަ 11:37

މިޕްރޮގްރާމްގެ މަގްޞަދަކީ އަންހެނުންނާއިގުޅޭ ޤާނޫނުތަކާއި، ކުޑަކުދިންނާގުޅޭ ގޮތުން ހެދިފައިހުރި ޤާނޫނުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، ބާރުވެރިކުރުމަށް ބޭނުންވާ މަޢުލޫމާތު ވެސް ފޯރުކޮށްދިނުން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 13 މާރިޗު 2022 | އާދީއްތަ 11:37
"އަންހެނުންގެ ސައްލާ" ނިންމުމުގެ ރަސްމިއްޔާތު

"އަންހެނުންގެ ސައްލާ" ނިންމުމުގެ ރަސްމިއްޔާތު

އަންހެނުން އެކަކު އަނެކަކުގެ ކުރިއެރުމަށް ވީވަރަކުން އެހީތެރިވުމަށް  ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އިލްތިމާސް ކުރައްވައިފިއެެވެ.

އީވާ މިހެން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އަންހެނުން ބާރުވެރިކުރުވަން ބޭއްވި "އަންހެނުންގެ ސައްލާ" ނިންމުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ އެސިތީގައި ބޭއްވި ބައްދަލްވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އިވާ ވިދާޅުވީ އަނެއް މީހާއަށް ކުރިއަށް ބޯޅަ ޖަހާލަ ދޭ ބަޔަކަށް އަޅުގަނޑުމެން އަންހެނުން ވާންޖެހޭކަމަށާއި، އަންހެނުންނަށް ކުރިއެރުން ލިބޭނީ އެއް އަންހެނަކު އަނެއް އަންހެނެއްގެ ކުރިއެރުމަށް މަސައްކަތް ކޮށްގެންކަމަށެވެ. އެގޮތުން އެކި ދާއިރާތަކުގައި ފިރިހެނުންނާއި ވާދަކުރާއިރު އަންހެނުންނަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ، އަންހެނަކު ކަމަކާއި ކުރިމަތިލާނަމަ ގިނަ ހުރަސްތަކެއް ގިރާ ކުރަންޖެހޭކަމަށާއި، ފިރިހެނަކާއި އެއްހަމަޔަށް އާދެވެނީ އެމީހުންނަށްވުރެ 6 ގުނަ އަށް މަސައްކަތް ކޮށްގެންކަމަށެވެ. އެހެންނަމަވެސް ހިތްވަރު ދޫކޮށްނުލާ މަސައްކަތް ކުރާނަމަ ކާމިޔާބުވާނެކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އިވާ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ގޮނޑިއެއް ތަމްސީލުކުރަން އެ ސިޓީގެ އަންހެނަކު އެ މަޖީލީހުން ފެނުމަކީ ވަރަށްބޮޑު އުންމީދެއް ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އަންހެނުންގެ ސައްލާ" ސިލްސިލާގެ ފުރަތަމަ ހަރަކާތް ކާމިޔާބު ކަމަށާއި މިހަރަކާތުގައި 30 ފަރާތަކުން ބައިވެރިވިކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންދާ މަޤްޞަދުތަކުގެ ތެރޭގައި މި ހަރަކާތް މެދުވެރިކޮށް އެ ސިޓީގެ އަންހެނުންނަށް، އަންހެނުންނާއިގުޅޭ ޤާނޫނުތަކާއި، ކުޑަކުދިންނާގުޅޭ ގޮތުން ހެދިފައިހުރި ޤާނޫނުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އިޖުތިމާޢީ، އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ މަޢުލޫމާތު ވެސް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި  ސިޓީގެ ކަންކަން ނިންމުމުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ވެސް މި ހަރަކާތުގެ އެއް މަޤްޞަދެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިއީ ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެއްކަމަށާއި، ކުރިއަށް އޮތްތަނުގައި އަދި އިތުރު ދާއިރާތަކުން އަންހެނުންނަށް ހާއްޞަކޮށް މި ޕްރޮގްރާމްގައި ސައްލާކުރެވިގެންދާނެކަމަށެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް