Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުލޫފުގެ މައްސަލަ

މަހުލޫފުގެ ޝަރީއަތުގެ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފި

މަހްލޫފުގެ ޝަރީއަތުގެ އަޑުއެހުން އޮތީ އާދީއްތަ ދުވަހުގެ މެންދުރު 2:00ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 މާރިޗު 2022 | ހޮނިހިރު 18:43
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް މަހްލޫފް ކޯޓަށް ވަދެވަޑައިގަންނަވަނީ

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް މަހްލޫފް ކޯޓަށް ވަދެވަޑައިގަންނަވަނީ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލުކުރުމާއި ގުޅިގެން، ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި އަޑުއެހުމަށް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އާދީއްތަ ދުވަހަށް ހައިކޯޓުގައި މަހްލޫފުގެ މައްސަލަ ތާވަލުކޮށްފައިވަނީ މެންދުރު 2:00އަށެވެ.

Advertisement - newsAdvertisement

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލާގައި ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއްކަމަށް ކަނޑައެޅުމަށްފަހުގައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ 10 ފެބްރުއަރީ 2022ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުވާ ސާފުކޮށް، ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފައެވެ. މަހުލޫފު ދައުވާއަށް އިންކާރު ކުރެއްވުމާ ގުޅިގެން ދެފަރާތުގެ ވެސް އެދުމުގެ މަތިން, ހެކި ހާމަކުރުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދައުލަތުން ޝަފަހީ 6 ހެއްކަކާއި ކިތާބީ 24 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި ދިފާއުން ޝަފަހީ 1 ހެއްކަކާއި، ކިތާބީ 4 ހެއްކެއް ވަނީ ހުށަހަޅާފައެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި, އެސްއޯއެފްގެ ރިސިޓަކާ ގުޅިގެން ހުށައަޅާފައިވާ ސްރީލަންކާގެ ރައްޔިތަކާއި، މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފުލުސް އޮފިސަރަކާއި، އެ ރިޕޯޓު އެނަލައިޒްކުރި ބޭރުގެ ފަރާތަކާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ), އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީ ހިމެނެއެވެ.

ދިފާއުން ޝަފަހީ ހެކިންގެ ގޮތުގައި ހުށައަޅާފައިވަނީ މަހުލޫފުގެ އާއިލާ މެމްބަރެއްކަމަށްވާ އަލީ މުބީނެވެ.

އެ ދުވަހު ދެފަރާތުން ހެކި ހާމަކުރުމަށްފަހު ތަފްސީލީ ގޮތެއްގައި ހެއްކާ ގުޅޭގޮތުން ވާހަކަދައްކާފަައި ވެސް ވެއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައި ދައުވާ ބާތިލު ކުރައްވާފައެވެ.

އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާކޮށްފައިވާ ފައިސާ ކަމަށް, އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޓްވީޓަކާއެކު ނެރުއްވި ބަޔާނެއްގައި މަހުލޫފު ވިދާޅުވީ, އެމުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

"ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރިއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް މަހުލޫފުގެ ފަރާތުން ބުނެފައިވަނީ މިއީ ކަނޑައެޅިގެން ސައްހަ, ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބިފައިވާ ފައިސާ ކަމަށެވެ.

އަހުމަދު މަޚްލޫފްހައި ކޯޓުކްރިމިނަލް ކޯޓްޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު