Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތައް

2023ގެ ރިޔާސީ އިންތިޚާބު: އިދާރީ މަސައްކަތްތައް ކުރިއަށްދޭ، އޮންލައިންކޮށް ރީ-ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާނެ

ސޮފްޓްވެއަރގެ މަސައްކަތްތައް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 މާރިޗު 2022 | ހޮނިހިރު 18:37
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރެއިން

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އޮންލައިންކޮށް ރީ-ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، އިންތިޚާބުތަކަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހަސަން ވިދާޅުވީ, 2023ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާ ކަމަށާއި، އިދާރީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން ސޮފްޓްވެއަރއަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ހަސަން ވިދާޅުވިއެވެ. އިންތިޚާބުގެ މަސައްކަތްތައް އަމާންކަމާއެކު ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތްތައް ފަހިކުރާނެކަމަށެވެ.

Advertisement - newsAdvertisement

އޮންލައިންކޮށް ރީ-ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާނެކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ, އޮންލައިން ފްލެޓްފޯމް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިލެކްޝަން ކޮމިޝަން އޮފީހަށް ގިނަ ބަޔަކު އެއްފަހަރާ ޖަމާނުވެ ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަނީ އޮންލައިން ސިސްޓަމަށް ބަދަލުކުރުމަށް ކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ މޮނީޓަރުންނާއި އޮބްޒާވަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް, ވޯޓުލާ މަރުކަޒުގެ ތެރޭގައި މަސައްކަތް ކުރުމަށް ފަހި މާހައުލެއް ގާއިމްކޮށްދޭނެ ކަމަށެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ބައެއް ވަސީލަތްތައް ގެންގުޅުމުގެ ބައެއް މައްސަލަތައް ފެންމަތިވެފައިވާއިރު، ކުރިއަށް އޮތް އިންތިޚާބުތަކުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަކަށް އިންތިޒާމްތައް ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ކުރީގެ އިންތިޚާބުތަކަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ, ރިޔާސީ އިންތިޚާބުގައި އާއްމު ރައްޔިތުން ވަރަށް ހެނދުނާ ވޯޓުލާން ނުކުންނަ ކަމަށާއި، ގިނައިރު ކިޔުގައި މަޑު ކުރަންޖެހޭ ފަހަރު އަންނަ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ގިނައިރު ކިޔުގައި މަޑުކުރަން ނުޖެހި ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޮފިޝަލުންނާއި ވޯޓުލާ މަރުކަޒުތައް އިތުރުކޮށް، ނުވަތަ އެއް މަރުކަޒަކަށް ވޯޓުލާން ޖެހޭ މީހުންގެ އަދަދު މަދުކޮށްގެން ވިޔަސް ހައްލު ގެންނާނެ ކަމެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާތްގަނޑަކަށް ދެލައްކަ ފަސްދޮޅަސްހާސް މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު