Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް

ލާމަރުކަޒީ އުސޫލު ކާމިޔާބުވާނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ދިވެހިން އުފެދިގެން: މިނިސްޓަރ

10 ދާއިރާއަކުން ޑޮކްޓަރުން ތަމްރީނުކުރުމަށް ވަނީ ނިންމާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 މާރިޗު 2022 | ހޮނިހިރު 07:53
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން

ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ސުޕަރ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތައާރަފުކުރައްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމަކީ މީހުން ބިނާކުރުން ކަމަށާއި ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުން ތަމްރީނުކުރަން ނިންމީ, އެ ޑޮކްޓަރުންގެ ޚިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ސުޕަރ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއި 6 ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށެވެ. އެ 6 ރީޖަނަލް ހޮސްޕިޓަލަކީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުސަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ރީޖަނަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްތަކުން ސުޕަރ ސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން 10 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ދާއިރާތަކަކީ، ނެފްރޮލޮޖީ، ކާޑިއޯ ވެސްކިއުލަރ، ތޮރޭސިކް ސާރޖަރީ، އެންޑޯކްރައިނޮލިޖީ އެންޑް ޑައިބެޓިކް، ގޭސްޓްރޯއެންޓިރޯލޮޖީ އަދި ހެޕަޓޮލޮޖީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ، މެޑިކަލް އޮންކޮލޮޖީ، ޕީޑިއެޓްރިކް ނިއުރޯލޮޖީ، ރިއުމަޓޮލޮޖީ، ސަރޖިކަލް އޮންކޮލޮޖީއެވެ.

މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

އިތުރަށް ކިޔާލަން

01 ޖޫން 2023

ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު

01 ޖޫން 2023
ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު
06 އެޕްރީލު 2023

ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ

06 އެޕްރީލު 2023
ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ
21 ޑިސެމްބަރު 2022

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

21 ޑިސެމްބަރު 2022
މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
20 ނޮވެމްބަރު 2022

ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

20 ނޮވެމްބަރު 2022
ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
19 ނޮވެމްބަރު 2022

ޗަބީ އަށް ޗަބީ ކިޔުނީ ކީއްވެކަން އެނގޭތަ؟

19 ނޮވެމްބަރު 2022
 ޗަބީ އަށް ޗަބީ ކިޔުނީ ކީއްވެކަން އެނގޭތަ؟
19 ސެޕްޓެމްބަރު 2022

ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު

19 ސެޕްޓެމްބަރު 2022
ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު
01 ސެޕްޓެމްބަރު 2022

ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރި ޚަރަދު 440 މިލިއަނުން މައްޗަށް

01 ސެޕްޓެމްބަރު 2022
ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރި ޚަރަދު 440 މިލިއަނުން މައްޗަށް
31 އޯގަސްޓު 2022

ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުން: ރައީސް ޞާލިޙު

31 އޯގަސްޓު 2022
ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުން: ރައީސް ޞާލިޙު
17 އޯގަސްޓު 2022

އަދިވެސް ބޭނުންވާ މަގުބޫލުކަމާއި އިޙްތިރާމް ޕޮލިޓެކްނިކް އަކަށް ނުލިބޭ: މިނިސްޓަރ

17 އޯގަސްޓު 2022
އަދިވެސް ބޭނުންވާ މަގުބޫލުކަމާއި އިޙްތިރާމް ޕޮލިޓެކްނިކް އަކަށް ނުލިބޭ: މިނިސްޓަރ
25 ޖޫން 2022

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއާއިއެކު ދާއިރާތަކުގައި އަންހެނުންގެ ރޯލު ބޮޑުވާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

25 ޖޫން 2022
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއާއިއެކު ދާއިރާތަކުގައި އަންހެނުންގެ ރޯލު ބޮޑުވާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު